Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުމޫން

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 6 ޖެނުއަރީ 2017 | ހުކުރު 21:32
އައްޑޫ ކޮންވެންޝަން ސެންޓަރު

އައްޑޫ ކޮންވެންޝަން ސެންޓަރު

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންނެވީ އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނޫން ކަމަށާއި އެމަނިކުފާންގެ ރިޔާސީ ވައުދަކީ އައްޑޫ ސިޓީގައި ހޮސްޕިޓަލެއް އެޅުން ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭއަރު އަބްދުﷲ ސޯދިގް ވިދާޅުވެއެވެ.

ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އެލިޔާ އިންވެސްޓްމެންޓުން ޖެނުއަރީ މަހުގެ ތެރޭގައި ފެށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނުމާ ގުޅިގެން ސިޓީ ކައުންސިލްގެ މޭއަރު ސޯދިގް ( ސޯބެ) ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާއިމްކުރި އެއިމާރަތް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެ ސިޓީގެ 90 ޕަސެންޓް ރައްޔިތުން ދެކޮޅު ކަމަށެވެ. އެ ސިޓީގައި މުޅިން އާ ހޮސްޕިޓަލެއް އަޅާނެ ކަމަށް ރައީސް ޔާމީން ރިޔާސީ އިންތިހާބްގައި ވައުދުވަޑައިގެންފައިވާއިރު މިއަދު ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަަކަށް ބަދަލުކުރުމުން ވައުދު ފުއްދެވާދެއްވީ ކަމަށް ގަބޫލުނުކުރޭ ކަމަށް ސޯދިގް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަނީ ކީއްވެގެންތޯ މިއަދު ސުވާލުއުފެދޭ ކަމަށާއި އެތަން ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ވުރެ އައްޑޫ ސިޓީ ހިތަދޫގައި މިހާރު ޙިދުމަތް ދެމުން އަންނަ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުން ވެސް މާ ރަނގަޅު ކަމަށް ސޯދިގް ވިދާޅުވިއެވެ. އަދި އެކަން ހައުސިން މިނިސްޓްރީގެ ބޭފުޅުންނަށާއި މި ސަރުކާރުގައި ތިއްބެވި އައްޑޫއަށް ނިސްބަތްވާ ބޭފުޅުން ގަބޫލްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު ވެސް އައްޑޫގައި ހޮސްޕަލެއް އެޅުމަށް ލޯން ވަނީ ހަމަޖެހިފައި ކަމަށެވެ. ހޮސްޕިޓަލް އެޅުމަށް 2011 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން 12 މިލިއަން ޑަލަރުގެ ލޯނެންގައި ސޮއިކޮށް 8 މިލިއަން ރުފިޔާގެ ލޯނެން ހަމަޖެހިފައި ވަނިކޮށް ސަރުކާރު ބަދަލުވުމާ ގުޅިގެން ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އޭރު ހަމަޖެހިފައިވާ 8 މިލިއަން ރުފިޔާގެ ލޯނުގައި ސޮއި ކުރިކަމަށް ވިދާޅުވިއެވެ.

20 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ ލޯން ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައި ވަނިކޮށް އީސީސީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ނިންމީ އާ ހޮސްޕިޓަލް ނޭޅުމުގެ ބަހަނާއެއް ދެއްކުމަށް ކަމަށް ސޯދިގް ކަމަށެވެ. އަދި ހޮސްޕިޓަލް އެޅުމުގެ މާބޮޑު ވިސްނުމެން ސަރުކާރުން ނުގެންގުޅޭ ކަމަށާއި އެންެމެ ފުރަތަމަ ބަހާނެންގެ ގޮތުން ދެއްކީ އެ ކައުންސިލުން ހޮސްޕިޓަލް އެޅުމަށް ބިން ހަމަނުޖައްސައި ނުދިން ކަމަށް ބުނެ ކަމަށް ސޯދިގް ވިދާޅުވިއެވެ.

ހޮސްޕިޓަލް އެޅުމަށްޓައި އިސްކޮށް ހަރަކާތެރި ވަނީ ސަރުކާރުންތޯ ނުވަތަ ރާއްޖެއިން ބޭރު ކުންފުންޏަކުންތޯ ނޭނގޭ ކަމަށާއި 2016 ވަނަ އަހަރުގެ ތެރޭގައި ހެލްތް މިނިސްޓްރީން ފޮނުވައިގެން ކޮރެއާގެ ކުންފުންޔަކުން ކޮންވެންޝަން ސެންޓަރު ބެލުމަށް އައިސްފައިވާ ކަމަށް ސޯބެ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުން ކޮންވެންޝަން ސެންޓަރު އިމާރާތް ކުރި އިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްލަމް ވިދާޅުވީ ސާކް ސަމިޓް ބޭއްވުމަށް ކޮންފަރެންޝް ރޫމްތަކާ އެކު އެފަދަ ބޮޑު އިމާރާތެއް އައްޑޫގައި ގާއިމް ކުރީ ސާކް ސަމިޓަށް ފަހު އެ ސަރަހައްދު ޓޫރިޒަމް ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރުމަށް ކަމަށެވެ.

އެމްޑީޕީ ސަރުކާރު 2012 ވަނަ އަހަރު ބަދަލުވުމަށް ފަހު ކޮންވެންޝަން ސެންޓަރު ބަލަަހައްޓަވަމުން ގެންދަވަނީ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ހައުސިން މިނިސްޓްރީ ބުނެފައި ވަނީ އައްޑޫ ހޮސްޕިޓަލުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ޚާއްސަ ސަމާލުކަމެއް ދޭ ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން ކޮންވެޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް 2018 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ އޭޕްރީލް މަހުގައި ނިމޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު