Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް

ހަނގުރާމަ ހުއްޓާލުމާބެހޭ އާ ގޮތްތަކެއް މިސްރުން އަނެއްކާވެސް ހުށަހަޅައިފި

ހުށަހެޅުމުގައި ވަނީ އިސްރާއީލުން ޣައްޒާ މުޅިން ދޫކޮށްލުމަށާއި، އެކަމުގެ ބަދަލެއްގެ ގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން ދޫކުރުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2023 | އަންގާރަ 20:07
މިސްރުގެ ޚާރިޖީ ވަޒީރު، ސާމިހް ޝުކުރީ

މިސްރުގެ ޚާރިޖީ ވަޒީރު، ސާމިހް ޝުކުރީ | ރޮއިޓާސް

އިސްރާއީލުގެ ނިރުބަވެރި ފައުޖުތަކާ ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލާނެ އާ ގޮތްތަކެއް މިސްރުން އަނެއްކާވެސް ހުށަހަޅައިފިއެވެ.

އިސްރާއީލާއި ހަމާސް، އެމެރިކާ އަދި ވިލާތުގެ ގައުމުތަކަށް ހުށަހެޅި އެ ހުށަހެޅުމުގައި ވާގޮތުން، އިސްރާއީލުން ޣައްޒާ މުޅިން ދޫކޮށްލުމަށާއި، އެކަމުގެ ބަދަލެއްގެ ގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން ދޫކުރަން ވަނީ ހުށަހަޅާފައެވެ.

އަދި އިސްރާއީލުގެ ޖަލުތަކުގައި ބަންދުގައި ތިބި ފަލަސްތީނު ރައްޔިތުން މިނިވަން ކުރުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި، އަދި ޣައްޒާގެ ވެރިކަން ހަމާސްއިން ދޫކޮށްލުމަށްވެސް އެ ހުށަހެޅުމުގައި ވެއެވެ.

ގަތަރާއެކު އެކުލަވާލާފައިވާ އެ ހުށަހެޅުމުގައި، އަސީރުންނާއި ގައިދީން ބަދަލުކުރުމުގެ އެތައް ބުރެއް ހިމެނެއެވެ.

ފުރަތަމަ މަރުހަލާގައި 7 ދުވަހާ 10 ދުވަހާ ދެމެދުގެ މުއްދަތަކަށް ހަމަލަތައް މެދުކަނޑާލައި، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ހުރިހާ އަސީރުން މިނިވަންކުރާނެއެވެ. ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު ގައިދީން މިނިވަންކުރާނެއެވެ.

ދެވަނަ މަރުހަލާގައި ހަމާސްގެ ބެލުމުގެދަށުގައި ތިބި އިސްރާއީލުގެ ހުރިހާ އަންހެން ސިފައިން ދޫކޮށްލާނެއެވެ. ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި އިތުރު ފަލަސްތީނުގެ ގައިދީން މިނިވަން ކުރާނެއެވެ.

މި މަރުހަލާވެސް ކުރިއަށްގެންދާނީ ހަފުތާއެއްހައި ދުވަހުގެ މުއްދަތަކަށް ހަމަލަތައް މެދުކަނޑާލައިގެންނެވެ.

އެންމެ ފަހު މަރުހަލާގައި، ހަމާސްގެ ބެލުމުގެދަށުގައި ތިބި ހުރިހާ އަސްކަރީ މުވައްޒަފުން ދޫކޮށްލުމާ ބެހޭގޮތުން މަހެއްހާ ދުވަހުގެ މުއްދަތަށް މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.

ސަލާމަތީ ކަންކަމާ ގުޅުންހުރިކަމަށް ބުނެ ގާތްގަނޑަކަށް 8،000އްހާ ފަލަސްތީނު މީހުން އިސްރާއީލުގެ އަސްކަރިއްޔާއިން ހިފަހައްޓާފައި ވާކަމަށް ފަލަސްތީނުގެ ރަސްމީ ހިސާބުތަކުން ދައްކައެވެ.

އިސްރާއީލު ހަނގުރާމައިގެ ކެބިނެޓުން މިހާރު ދަނީ މިސްރުގެ ހުށަހެޅުން ދިރާސާކުރަމުންނެވެ.

މިސްރުގެ ހުށަހެޅުމާ އެއްގޮތަށް ޣައްޒާގެ ވެރިކަން ދޫކޮށްލަން ހަމާސްއާއި އިސްލާމިކް ޖިހާދުން ދެކޮޅުހަދައެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޢިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލަތަކުގައި މިހާތަނަށް 20،000ށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލަތަކުގައި ޒަޚަމްވި މީހުންގެ އަދަދު 54،000ށްވުރެ އިތުރުވެފައިވާކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ހާމަކުރެއެވެ.

ދުނިޔެޣައްޒާއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

ޣައްޒާ އަދި ހުޅަނގު އައްސޭރީގައި އެހީ ފޯރުކޮށްދޭ ބައިނަލްއަޤްވާމީ 37 ޖަމްއިއްޔާ ގެ ހުއްދަ ބާތިލު ކުރަން އިޒްރޭލުން ނިންމައިފި

31 ޑިސެމްބަރު 2025
ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

ވިއްސާރަ އާއި ފިނީގެ ސަބަބުން ޣައްޒާގެ އެތައް ހާސް ބަޔަކަށް އުނދަގޫކަން ކުރިމަތިވެފައި

28 ޑިސެމްބަރު 2025
ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

ސޯމާލީލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ބަަލައިގަތް ފުރަތަމަ ގައުމަކަށް އިޒްރޭލް

27 ޑިސެމްބަރު 2025
ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

ތެޔޮ ހުސްވުމުގެ ސަބަބުން ޣައްޒާގެ މުހިންމު ހޮސްޕިޓަލްތައް ހުއްޓުމަކަށް

27 ޑިސެމްބަރު 2025
ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

ޣައްޒާ އަށާއި ޢަރަބި ތިން ޤައުމަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލުގެ ހަނގުރާމަ އާ ބެހޭ ވަޒީރު ވަޢުދުވެއްޖެ

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު