Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއިލް ހަނގުރާމަ

ދަރިފުޅުގެ ކަންކަން ފުރިހަމަ ނުވެއޭ ކިޔައި ޝަކުވާކުރާއިރު، އެއް ފަހަރުވެސް ޣައްޒާއަށް ބަލައިލިން ހެއްޔެވެ؟

24 އޮކްޓޯބަރު 2023 | އަންގާރަ 11:06

ޑރ ބުލްބުލް ވިދާޅުވި ގޮތުގައި އަލް-ޝިފާ ހޮސްޕިޓަލުގެ ނިކޫގައި މިއަދު ބޭނުން ކުރެވޭ ޙާލަތުގައި ހުރީ އެންމެ 10 ވެންޓިލޭޓަރ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 އޮކްޓޯބަރު 2023 | އަންގާރަ 11:06
އިޒްރޭލުގެ ޢުދުވާންތަކުން ސަލާމަތްވުމަށް އަލް-ޝިފާ ހޮސްޕިޓަލުގައިވެސް އެތައް ހާސް ބަޔަކު ދަނީ ހިޔާވަހިކަން ހޯދަމުން

އިޒްރޭލުގެ ޢުދުވާންތަކުން ސަލާމަތްވުމަށް އަލް-ޝިފާ ހޮސްޕިޓަލުގައިވެސް އެތައް ހާސް ބަޔަކު ދަނީ ހިޔާވަހިކަން ހޯދަމުން

ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ ހުރިހާ ޤާނޫނުތަކާއި މުޢަހަދާތަކުގެ ރޫޙާ ޚިލާފަށް، ނުވިތާކަށް އިންސާނިއްޔަތު ކަމުގެ އެންމެ އަސާސީ ރޫޙާ ޚިލާފަށް ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ، ފަލަސްޠީނުގެ ބިންތަކުގައި ހިންގަމުންދާ ޖަރީމާތައް، ދުވަހަކަށް ވުރެ ދުވަހެއް ގަދަވުން ފިޔަވާ އިތުރު ކަމެއް ނުވެއެވެ. ސިލްސިލާއަށް އެންމެ ފަހުން އިތުރުވި ޙަމަލާތައް ފެށީ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ. ޣައްޒާއަށް ޢަމާޒުކޮށްގެން، އެޔެއް މިޔެއް ބެލުމެއް ނެތި އިޒްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތައް ހުއްޓިދާނެ ކަމުގެ ކޮޅުމަތިވެސް ފެންނާކަށް ނެތެވެ. ނަމަވެސް އިންސާނީ ދިރިއުޅުމަކީ ހަށީގައި ފުރާނަ ހުރިހާ ދުވަހަކު ހިނގަމުން ދާނެ ކަމެކެވެ. ޢުދުވާންތައް ފެށި ފަހުން އެކަނިވެސް ޣައްޒާއަށް އެތައް ކުދިންނެއް އުފަންވެއްޖެއެވެ. ޞިއްޙީ ފަރުވާ ބޭނުންވާ، ތުއްތު ތުއްތު އެތައް ފުރާނައެކެވެ.

އިނދަޖެހިފައި އޮތް ޞިއްޙީ ނިޒާމެއް އޮތް ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޚިދުމަތް ހޯދަމުން ދާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ ޙާލަތުވެސް ވަކި ރަނގަޅެއް ނޫނެވެ. އުފަންވާ ކުދިންގެ ތެރެއިން ޞިއްޙީ ފަރުވާ ބޭނުން ކުދިންނަށް ފަރުވާ ދިނުމާ ބެހޭ ޚާއްޞަ ޑިޕަރޓްމަންޓްގެ އިސްވެރިޔާ، ޑރ ނާޞިރު ބުލްބުލް ވިދާޅުވި ގޮތުގައި އަލް-ޝިފާ ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (ނިކޫ)އަށް ވަނީ ބޮޑު މުޞީބާތެއް ކުރިމަތިވެފައެވެ. އެގޮތުން، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކުރަމުންދާ އަސާސީ ބޭސް ލިބުމުގައި އިންތިހާ ދަތިތައް ކުރިމަތިވެފައި ވާ ކަމަށާ، ކަރަންޓު ކެނޑެމުން ދިއުމުގެ މައްސަލައަކީވެސް ބޮޑުވަމުން އަންނަ މައްސަލައެއް ކަން ޑރ ބުލްބުލް ފާހަގަ ކުރެއްވިއެވެ.

ޑރ ބުލްބުލް ވިދާޅުވި ގޮތުގައި އަލް-ޝިފާ ހޮސްޕިޓަލުގެ ނިކޫގައި މިއަދު ބޭނުން ކުރެވޭ ޙާލަތުގައި ހުރީ އެންމެ 10 ވެންޓިލޭޓަރެވެ. އެންޓިބައޮޓިކްސް ފަދަ އެންމެ އަސާސީ ބޭސްތައް ނުލިބުމުގެ ތަކުލީފުތައް އުފުލުމަށްވެސް ޑޮކްޓަރުންނަށް ވަނީ މަޖުބޫރުވެފައެވެ.

ޑރ ބުލްބުލްއާއެކު މަސައްކަތް ކުރަމުން ދިޔަ ޓީމުގެ ބައެއް މެންބަރުންނަށް މިއަދު ވަނީ، ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކުގައި ހުރި އެހެން ހޮސްޕިޓަލުގައި މަސައްކަތް ކުރަން މަޖުބޫރުވެފައެވެ. އެއީ އިޒްރޭލުގެ ޢުދުވާންތަކުގެ ސަބަބުންނެވެ. އަދި މަގުތައް ބެދިފައި އޮތުމުގެ ސަބަބުންނެވެ.

އިޒްރޭލުގެ ޢުދުވާންތަކުން ސަލާމަތްވުމަށް އަލް-ޝިފާ ހޮސްޕިޓަލުގައިވެސް އެތައް ހާސް ބަޔަކު ދަނީ ހިޔާވަހިކަން ހޯދަމުންނެވެ. 60000 އެއްހާ މީހުން މިހާރުވެސް ދަނީ އަލް-ޝިފާ ހޮސްޕިޓަލުގައި ހިމާޔަތް ހޯދަމުންނެވެ. ނިކޫގެ އިތުރުން، އެ ހޮސްޕިޓަލުގައި ހިމާޔަތް ހޯދަމުންދާ ރެފިއުޖީންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ތެރެއިންވެސް ބައެއް ކުދިންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ޑޮކްޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާއަށް އަމާޒުކޮށްގެން އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލުން ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން އެންމެ ދަތި ޙާލުގައި ދިރިއުޅެމުން ދާ އެއް ބަޔަކީ ކުށެއް ނެތް، މައުސޫމު ކުދިންނެވެ. ދުނިޔެއަށް އުފަންވާތާ ހިނދުކޮޅެއްވެސް ނުވަނީ އެތައް ކުދިންނެއް ވަނީ ޔަޠީމުވެފައެވެ. މައިންބަފައިންގެ އެހީތެރިކަމަށް އެންމެ ބޭނުން ވާ ދުވަހު، އަޅާލާނެ އެކަކުވެސް ނެތި، މަގުމަތިވެފައި ވަނީވެސް މަދު ޢަދަދެއްގެ ކުދިންނެއް ނޫނެވެ. އެތައް ދުވަހެއްގެ ފޮނި އިންތިޒާރަށް ފަހު ދުނިޔެއަށް ނޭވާލީ ދަރިފުޅު، އަމިއްލަ އަތުން ކަފުންކޮށް ވަޅުލަން ޖެހުމުގެ ހިތާމާގައި ދުވަސްތައް ގުނަމުން ދަނީ ޣައްޒާގެ މަދު ބައެއް ނޫނެވެ. ދަރިފުޅުގެ އެވެނި ކަމެއް ފުރިހަމަ ނުވެގެން، މިވެނި ޚަރަދެއް ނުލިބިގެން ޝަކުވާ ކުރަމުން ދާ އިރު، އަހަރަމެންނަށް ލިބިފައި ވާ އަގު ނުކުރެވޭ ފަދަ ނިޢުމަތްތަކާ މެދު ޝުކުރުވެރިވަމާތޯއެވެ؟

ފަލަސްތީނުފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި

21 އޯގަސްޓު 2026
ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި
17 އޯގަސްޓު 2026

ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި

17 އޯގަސްޓު 2026
ޣައްޒާގައި "30 އާއި 40 އާ ދެމެދުގެ" ފަލަސްތީނު ރައްޔިތުން ކޮންމެ ރެއަކު މަރާލުމަށް އިސްރާއީލުގެ މިނިސްޓަރު ބެން-ގްވީރު ގޮވާލައިފި
17 އޯގަސްޓު 2026

ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި

17 އޯގަސްޓު 2026
ޣައްޒާ ސުލްހައިގެ ރޯޑްމެޕަށް އިސްރާއީލުން ފާޅުގައި ދެކޮޅުހަދާތީ އިސްލާމީ 8 ގައުމަކުން އެކަން ކުށްވެރިކޮށްފި
11 އޯގަސްޓު 2026

އިސްރާއީލްގެ ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ ފަލަސްތީނުގެ ފުޓުބޯޅަ މުބާރާތްތައް ސެޕްޓެމްބަރުގައި އަލުން ފަށަނީ

11 އޯގަސްޓު 2026
އިސްރާއީލްގެ ހަނގުރާމައާ ގުޅިގެން މެދުކަނޑާލާފައިވާ ފަލަސްތީނުގެ ފުޓުބޯޅަ މުބާރާތްތައް ސެޕްޓެމްބަރުގައި އަލުން ފަށަނީ
03 އޯގަސްޓު 2026

ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި

03 އޯގަސްޓު 2026
ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި
03 އޯގަސްޓު 2026

ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި

03 އޯގަސްޓު 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލު ވަށައިގެން ކިނބޫ ގެންގުޅެން އިސްރާއީލްގެ ސެކިއުރިޓީ މިނިސްޓަރު ނިންމި ނިންމުން، ކޯޓުން ހުއްޓުވައިފި
01 އޯގަސްޓު 2026

ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟

01 އޯގަސްޓު 2026
ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟
19 ޖުލައި 2026

ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި

19 ޖުލައި 2026
ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި
18 ޖުލައި 2026

އިސްރާއީލް ސިފައިން ބެތުލެހެމްގައި ފަތިސް ނަމާދަށް ހުރަސްއަޅައި ނަމާދަށް ދިޔަ މީހުންނަށް ހަމަލާދީފި

18 ޖުލައި 2026
އިސްރާއީލް ސިފައިން ބެތުލެހެމްގައި ފަތިސް ނަމާދަށް ހުރަސްއަޅައި ނަމާދަށް ދިޔަ މީހުންނަށް ހަމަލާދީފި
08 ޖުލައި 2026

ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

08 ޖުލައި 2026
ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް