Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިސްރާއީލް

ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި

ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުމުގެ ގާނޫނީ ހުއްދަ އިސްރާއީލް ސަރުކާރުން މިހާރު ވަނީ ދީފައި. މި ނިންމުމާ ގުޅިގެން ކިނބޫ ވަނީ "ބަންދުކޮށްގެން ގެންގުޅޭ ދިރުންތަކުގެ" ގޮތުގައި އަލުން ގިންތިކޮށް، އެ ތަކެތި ބެލެހެއްޓުމުގެ ޒިންމާ ސަލާމަތީ އިދާރާތަކާ ހަވާލުކޮށްފައެވެ. މި މަޝްރޫއު އެންމެ ފުރަތަމަ އަމާޒުކުރަނީ ފަލަސްތީނުގެ ގިނަ އަދަދެއްގެ ގައިދީން ބަންދުކޮށްފައި ތިބޭ ކެޓްޒިއޮޓް ޖަލަށް.

ރާއްޖެ އެމްވީ | 19 ޖުލައި 2026 | އާދީއްތަ 13:14
ކިނބޫ

ކިނބޫ | ގެޓީ އިމޭޖަސް

ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި، ގައިދީން ފިލުން ހުއްޓުވުމަށްޓަކައި ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި އެވެ.

އިސްރާއީލުގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މިނިސްޓަރު އިދިތު ސިލްމަން ވަނީ، ވަލު ޖަނަވާރުގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ ކިނބޫ، "ބަންދުކޮށްގެން ގެންގުޅޭ ދިރުންތަކުގެ" ގޮތުގައި އަލުން ގިންތިކުރައްވާފަ އެވެ. މި ނިންމުމާއެކު، ޖަލުތަކުން ގައިދީން ފިލުން ހުއްޓުވުމަށްޓަކައި ސަލާމަތީ ވަސީލަތެއްގެ ގޮތުގައި ކިނބޫ ބޭނުންކުރުމުގެ ގާނޫނީ މަގު މިވަނީ ހުޅުވިފަ އެވެ.

އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ. ފަލަސްތީނުގެ ކުށްވެރިން ބައިތިއްބާފައި ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ލުމަށް ބެން ގްވީރު ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މިއީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ "އެލިގޭޓަރ އަލްކަޓްރާޒް" އިމިގްރޭޝަން ޑިޓެންޝަން ފެސިލިޓީގައި ކަންކުރާ އުސޫލަށް ތާއީދުކޮށް އޭނާ ހުށަހެޅި ހުށަހެޅުމެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބެން ގްވީރު ވަނީ، "ފިލަން އުޅެން ހިތަށް އަރާ ހެއްޔެވެ؟ އަލުން ވިސްނާށެވެ،" މިހެން ލިޔެފަ އެވެ. މި ޕޯސްޓާއެކު އޭނާ ވަނީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ، ކިނބުލެއްގެ ކަރުގައި ވާޖަހައިގެން ހިފަހައްޓައިގެން ހުންނަ ފޮޓޯއެއްވެސް އާންމުކޮށްފައެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ، "މިނިސްޓަރު ބެން ގްވީރު އާއި ސިލްމަން ގުޅިގެން މަސައްކަތް ކުރަނީ ޖަލުތަކުގެ ވަށައިގެން ކިނބޫ ލުމަށެވެ!" މިފަދައިންނެވެ.

އިސްރާއީލުގެ ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ބެން ގްވީރުގެ މި ހުށަހެޅުން ފުރަތަމަ ހުށަހެޅުމުން، އިސްރާއީލް ނޭޗަރ އެންޑް ޕާކްސް އޮތޯރިޓީން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ.

ނަމަވެސް، މި ޖަނަވާރުތައް އަލުން ގިންތިކުރުމާ ގުޅިގެން، އެ ތަކެތި ބެލެހެއްޓުމުގެ ޒިންމާ ނޭޗަރ އެންޑް ޕާކްސް އޮތޯރިޓީގެ އަތުން ވަނީ "ސަލާމަތީ އިދާރާއަކަށް" ބަދަލުވެފަ އެވެ. ބެން ގްވީރުގެ ބެލުމުގެ ދަށުން ހިންގާ އިސްރާއީލް ޕްރިޒަން ސަރވިސްއަކީ މިފަދަ ސަލާމަތީ އިދާރާއެކެވެ.

ވޭތުވެދިޔަ ބުދަ ދުވަހު ތަސްދީގުކުރި ގަވާއިދުގައިވާ ގޮތުން، ނައިލް ކިނބޫ ގެންގުޅެވޭނީ ސަލާމަތީ އިދާރާއަކުން އެ ތަކެތި ބަލަހައްޓާ ނަމައެވެ. އަދި އެ ތަކެތި ވަލުތެރެއަށް ދޫނުވާނެ ފަދަ ގޮތަކަށް، ނޭޗަރ އެންޑް ޕާކްސް އޮތޯރިޓީގެ ޑިރެކްޓަރު ކަނޑައަޅާ އުސޫލުތަކުގެ ދަށުން ބެލެހެއްޓުމަށާއި، ސަލާމަތީ ބޭނުމަކަށްޓަކައި އެ ތަކެތި ގެންގުޅުން މުހިންމު ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މިނިސްޓަރު ނިންމަން ޖެހޭނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ބެން ގްވީރު ގަސްދުކުރަނީ އިސްރާއީލުގެ ދެކުނުގައި ހުންނަ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ދޫކުރުމަށެވެ. މި ޖަލަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށްފަހު ހައްޔަރުކޮށްފައިވާ ހަމާސްގެ ގިނަ އަދަދެއްގެ މުޖާހިދުން ބަންދުކޮށްފައި ތިބި ޖަލެކެވެ. އެ ހަމަލާއާ ގުޅިގެން ފެށުނު ޣައްޒާ ހަނގުރާމައަށް މިހާރު ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފަ އެވެ.

ޗެނަލް 13 އިން ބުނި ގޮތުގައި، މިދިޔަ އަހަރު ބެން ގްވީރު މި ހުށަހެޅުން ފުރަތަމަ ހުށަހެޅުމުން، އިސްރާއީލް ޕްރިޒަން ސަރވިސްގެ ބައެއް އޮފިސަރުން ވަނީ އެކަމަށް މަލާމާތްކޮށް ހަޖޫވެސް ޖަހާފަ އެވެ.

އިސްރާއީލްއިޓަމާރ ބެން-ގްވިރްފަލަސްތީނުހަމާސްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

19 ޖުލައި 2026

ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން

19 ޖުލައި 2026
ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
18 ޖުލައި 2026

އިސްރާއީލް ސިފައިން ބެތުލެހެމްގައި ފަތިސް ނަމާދަށް ހުރަސްއަޅައި ނަމާދަށް ދިޔަ މީހުންނަށް ހަމަލާދީފި

18 ޖުލައި 2026
އިސްރާއީލް ސިފައިން ބެތުލެހެމްގައި ފަތިސް ނަމާދަށް ހުރަސްއަޅައި ނަމާދަށް ދިޔަ މީހުންނަށް ހަމަލާދީފި
16 ޖުލައި 2026

އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ

16 ޖުލައި 2026
އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

12 ޖުލައި 2026

ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ

12 ޖުލައި 2026
ޣައްޒާ އަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި 5 މީހުން ޝަހީދު ވެއްޖެ
12 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

12 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި
10 ޖުލައި 2026

ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!

10 ޖުލައި 2026
ހުރްމުޒްގެ މައްސަލަ އިންޝުއަރެންސް ކުންފުނިތަކަށް ބޮޑު ނުރައްކަލަކަށްވެ، ކުއްލި ކުއްލި އަށް އިންސުއަރެންސް ޕޮލިސީ ބަދަލު ކުރަނީ!
10 ޖުލައި 2026

އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން

10 ޖުލައި 2026
އީރާނުން ދޭ ރައްދު ހަމަލާތަކުން އިސްރާއީލަށް ސަލާމަތް ނުވެވޭނެ: އީރާން
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
08 ޖުލައި 2026

ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

08 ޖުލައި 2026
ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު