Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2023

ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ

މިހާރު ނަޝީދު ވިދާޅުވަނީ، ދެން މާގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2023 | ހޮނިހިރު 10:14
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު، ދެއްކެވި ވާހަކަފުޅެކެވެ. ވާހަކަފުޅުދައްކަވަމުން ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަންނަވަން ޖެހިވަޑައިގަތުމުން، އެ މައުޟޫއަށެވެ.

ވިދާޅުވަމުން ގެންދެވީ، ޔާމީން މާބޮޑަށް ވެސް ނާކާމިޔާބު ވެވަޑައިގެންފައި ވާކަމަށާއި, ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރައީސް ޔާމީން ދެން ހަރަކާތްތެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ. ސަބަބުތައްވެސް ކިޔައިދެއްވިއެވެ.

ނަޝީދު އެ ދުވަހު ވިދާޅުވީ، އަނިޔާވެރިކަމާއި، ވައްކަމާއި، ބޭފަވާތެރިކަމާއި، ޚިޔާނާތްތެރިކަމަކީ އިންސާނާ ފަހަތަށް ޖައްސާލާ ޒާތުގެ ކަންކަން ކަމަށެވެ. ޔާމީނަށް އިންތިޚާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީގެ ސަބަބަކީވެސް ނަޝީދު ސިފަކުރެއްވި ގޮތުގައި، އަނިޔާވެރިކަމާއި ވައްކަމާއި ޚިޔާނާތެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން، އަމިއްލަފުޅު ޕާޓީ ދޫކުރައްވައި ވަޑައިގެން ނަޝީދު މިހާރު އުޅުއްވަނީ އައު ޕާޓީއެއް އުފައްދަވައިގެންނެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭނު ޖަލްސާއެއްގައި ނަޝީދު މިވަނީ އަނެއްކާވެސް ޔާމީނުގެ ވާހަކަ ދައްކަވާފައެވެ.

ނަމަވެސް މިއަދު، ފެންނަނީ ތަފާތު މަންޒަރެކެވެ. އިވެނީ ތަފާތު ލަވައެކެވެ. ޖަހަނީ ތަފާތު ރާގެކެވެ.

މިއަދު ވިދާޅުވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރަން ޖެހޭނެ ކަމަށެވެ.

ހަރުއަޑުފުޅުން ގޮވާލައްވަމުން ގެންދެވީ ޔާމީނު ދޫކޮށްލުމަށެވެ. ފެނުނު މަންޒަރު ބޮޑަށް ސިފަކުރެވުނީ އެމަނިކުފާނުގެ ރިޔާސީ ކެނޑިޑޭޓުގެ ކެމްޕޭނު ޖަލްސާއަކަށްވުރެ ބޮޑަށް، ޔާމީނު މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ފޯރިގަދަ ޖަލްސާއެއް ގޮތުގައެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ދެން މާގިނަ ދުވަހަކު ރައީސް ޔާމީން ޖަލުގައި ނުހުންނަވާނެ ކަމަށެވެ.

ޔާމީން މިނިވަން ކުރެއްވުމަށް ބައިނަލް އަގުވާމީ ފަރާތްތަކާއެކު އެމަނިކުފާނު ވާހަކަދައްކަވާނެ ކަމަށެވެ. އަދި އެކިއެކި ބައިނަލް އަގުވާމީ ވަކީލުން ރާއްޖެއަށް ގެންނަވައިގެން ވަކާލާތުވެސް ކުރައްވާނެ ކަމަށް ވިދާޅުވެ، އެރޭ ޕީޕީއެމްގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ރައީސް ޔާމީން ޖަލުން ނެރުއްވާނެކަމެވެ.

އެހެންނަމަވެސް، ޕީޕީއެމްގެ ރައްޔިތުން މިއަދު އުފައްދަނީ ސުވާލެކެވެ. މި ވީހާ ދުވަހު ޔާމީނު ދޫކޮށްލުމަށް ގޮވައިނުލެއްވީ ކީއްވެތޯއެވެ؟ ބޭރު ގައުމުތަކުގެ ވަކީލުން ގެންނަވައި، ޔާމީނު ޖަލުން ނެރުއްވަން ފޫނުގެޅުއްވީ ކީއްވެތޯއެވެ؟ ޔާމީނުގެ ހައްގުގައި ޕީޕީއެމްގެ މެމްބަރުން މަގުމަތީގައި އިހުތިޖާޖު ކުރަމުންދިޔައިރު، އެކަމުގައި ބައިވެރިވެވަޑައިނުގަތީ ކީއްވެތޯއެވެ؟

ދެން އޮތީ އެންމެ މުހިއްމު ސުވާލެވެ. ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަން ޔަގީންވެ، ކެންޑިޑެސީ މައްސަލަވެސް ނިހާއީ ކޯޓުން ނިންމި ހިސާބުން އަމުދަކުން ތިޔަ ވާހަކަފުޅެއް ތިޔަ ފެއްޓެވީ ކީއްވެތޯއެވެ؟ އެހާތަނަށް ހަނު ހުންނަވައި މަޑުކުރެއްވީ ކޮން ސަބަބެއް އޮވެގެންތޯއެވެ؟

ޕީޕީއެމްނަޝީދު އާއިލާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީޕީއެމް އާއި ގުޅިގެން އެމްޑީޕީ އިން މަސައްކަތް ކުރަން ތާއިދު ނުކުރަން – ރައީސް

ޕީޕީއެމް އާއި ގުޅިގެން އެމްޑީޕީ އިން މަސައްކަތް ކުރަން ތާއިދު ނުކުރަން – ރައީސް

16 އޯގަސްޓު 2022
މެއި 6ގެ ހަމަލާ: ޝަރީއަތް ފަށާނެ ދުވަހަކާއި، ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް އެދިއްޖެ

މެއި 6ގެ ހަމަލާ: ޝަރީއަތް ފަށާނެ ދުވަހަކާއި، ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް އެދިއްޖެ

06 މެއި 2022
މެއި 6ގެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ވަރުގަދަ ތަހުޤީޤެއް ހިންގުމަށް ރައީސް ނަޝީދުގެ އާއިލާއިން އެދޭ

މެއި 6ގެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ވަރުގަދަ ތަހުޤީޤެއް ހިންގުމަށް ރައީސް ނަޝީދުގެ އާއިލާއިން އެދޭ

05 މެއި 2022
"އަނެއްދިވެހިރާއްޖެ" އަކީ އަޅުގަނޑުގެ ޓްވިޓަރ އެކައުންޓެއް: ރައީސް ނަޝީދު

"އަނެއްދިވެހިރާއްޖެ" އަކީ އަޅުގަނޑުގެ ޓްވިޓަރ އެކައުންޓެއް: ރައީސް ނަޝީދު

13 އޮކްޓޯބަރު 2021
އަދުހަމަށް ޓްރިމަރު ގެނެސްދީ، ސިފަ ބަދަލުކުރަން އެހީވިކަމަށް ބުނާ މުޖާޒް: "އެކަން ނުދެނަހުރިން"

އަދުހަމަށް ޓްރިމަރު ގެނެސްދީ، ސިފަ ބަދަލުކުރަން އެހީވިކަމަށް ބުނާ މުޖާޒް: "އެކަން ނުދެނަހުރިން"

21 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު