Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ

އަދުހަމަށް ޓްރިމަރު ގެނެސްދީ، ސިފަ ބަދަލުކުރަން އެހީވިކަމަށް ބުނާ މުޖާޒް: "އެކަން ނުދެނަހުރިން"

މުޖާޒް ދައުވާއަށް އިންކާރު ކޮށްފައިވަނީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 15:12
ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ތިން މީހުން

ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރެވުނު ތިން މީހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް, ދިން ޓެރަރިސްޓު ހަމަލާގައި ދައުވާ އުފުލާފައިވާ އަދުހަމް އެކަންކޮށް ނިމުމުން އޭނާ ފިލުމަށް އެހީވެ، ސިފަ ބަދަލުކުރުމަށް އެހީވިކަމުގެ ތުހުމަތުކޮށް އެކަމުގެ ދައުވާ އުފުލާފައިވާ މުޖާޒް މުޙައްމަދުގެ ފަރާތުން ދައުވާއަށް އިންކާރުކޮށްފިއެވެ.

މުޖާޒް ދައުވާއަށް އިންކާރު ކޮށްފައިވަނީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ. މި އަޑުއެހުމުގައި މުޖާޒްގެ އިތުރުން ތަހުމީން އަޙުމަދުއާއި ޢަލީ ހައިޝަމްގެ ބައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

މުޖާޒް އަޙުމަދު:

މި ހަމަލާއާއި ގުޅިގެން މުޖާޒްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ކުށެއް ކޮށްފައިވާ މީހަކު ފިލުމަށް އެހީވުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން އަދުހަމް ހަމަލާ ދިނުމަށްފަހު ގޮސް "ބުރު ޕާކުގައި" ހުއްޓައި އޭނާއަށް ފިލުމަށް އެހީވެ އަންނައުނު ހޯދައިދީ، ޓްރިމަރެއް ހޯދައިގެން ސިފަ ބަދަލު ކުރުމަށް އެހީވެ، ގެސްޓުހައުސްއަކަށް ގޮސް ފިލުމަށްޓަކައި ޓެކްސީ ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ދައުލަތުން ދައުވާ އިއްވަމުން ބުނެފައިވެއެވެ.

ދައުވާތަކަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި މުޖާޒް ބުނީ، ހުރިހާ ދައުވާއެއްވެސް ސާފުވެއްޖެ ކަމަށާއި، ދައުވާތަކަށް ކަނޑައެޅިގެން އިންކާރު ކުރާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ނުވެސް ދެނަހުރި ވާހަކަތަކެއްކަމަށް މުޖާޒް ބުނެއެވެ.

ތަހުމީނު އަޙުމަދު:

މި މައްސަލައިގައި ދައުވާލިބޭ ތަހުމީނުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ކުށުގެ ދައުވާގެ އިތުރުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން އޭނާއަކީ 2019 ވަނަ އަހަރުން ފެށިގެން އައިސިސްއަށް ތާއީދުކޮށް އެ ފިކުރު ޕްރޮމޯޓު ކުރަމުން އައިސްފައިވާ މީހެއްކަން ދައުލަތުން ދައުވާ އިއްވަމުން ފާހަގަކޮށްފައިވެއެވެ.

ދައުވާއަށް ޖަވާބުދެމުން ތަހުމީނުވެސް ވަނީ ދައުވާތައް ސާފުވެއްޖެކަމަށްބުނެ ދައުވާތަކަށް އިންކާރު ކޮށްފައެވެ.

" ދައުވާތަކަށް އިންކާރު ކުރަން. ނުކުރާ ކަންކަމަށް ދައުވާކުރީމަ އިންކާރު ކުރާނެ ނޫންތޯ. އެގޮތުން އަޅުގަނޑު އިންކާރު މި ކުރަނީ"

މުޖާޒާއި ތަހުމީނުގެ ދައުވާގެ ހެކި ހާމަކުރުންވެސް ކުރިއަށް ދިޔަ:

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މުޖާޒާއި ތަހުމީނުގެ މައްޗަށް ހެކިވެސް ހުށައަޅާފައެވެ. އެގޮތުން ގިނަ ޝަފަވީ އަދި ކިތާބީ ހެކިތަކެއް ހުށައަޅާފައިވާއިރު، އެ ދެމީހުންގެ ދިފާއީ ވަކީލުން ވަނީ ލިއުމުން ހެކި ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ. ޝަރީއަތުން ވަނީ ދިފާއުން ހެކި ހުށައެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ޢަލީ ހައިޝަމް:

މި މައްސަލައިގައި ޢަލީ ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތަކަށް ޖަވާބު ދިނުމަށް ފުރުސަތު ދެއްވުމުން ހައިޝަމް ވަނީ ވަކީލަކު ހަމަޖެއްސުމަށް އިތުރު ވަގުތު ބޭނުންވާކަން ފާހަގަކޮށްފައެވެ. އެގޮތުން ވަކީލަކު އައްޔަނު ކުރުމަށް ކުރިން ދިން މުއްދަތުގައި ވަކީލަކު ހަމަޖެއްސިފައި ނުވާކަމަށް ހައިޝަމް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ޝަރީއަތުން ވަނީ ދެން މި މައްސަލައިގައި ބާއްވާ އަޑުއެހުމެއްގައި ވަކީލަކު ހަމަނުޖެއްސުނު ނަމަވެސް ދައުވާތަކަށް ޖަވާބުދާރީވާން ޖެހޭނެކަން ފާހަގަ ކުރައްވައި، ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ނަޝީދު އާއިލާރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

13 މާރިޗު 2024
މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

29 ނޮވެމްބަރު 2023
މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން

މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން

23 އޮކްޓޯބަރު 2023
ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

29 އޯގަސްޓު 2023
ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ

ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ

12 އޯގަސްޓު 2023

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު