Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެއި 6ގެ ހަމަލާ

މެއި 6ގެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ވަރުގަދަ ތަހުޤީޤެއް ހިންގުމަށް ރައީސް ނަޝީދުގެ އާއިލާއިން އެދޭ

މެއި 6ގެ ޙަމަލާގެ އަޑުއެހުން އެންމެ ފަހުން ބާއްފާއިވަނީ 28 މާރޗުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 މެއި 2022 | ބުރާސްފަތި 06:40
ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ދިގުލައިގެންދާތީ ރައީސް ނަޝީދުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ދިގުލައިގެންދާތީ ރައީސް ނަޝީދުގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ދިގުލައިގެންދާތީ އެމަނިކުފާނުގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ޙަމަލާއަށް 1 އަހަރުވާއިރު، އެކަމާ ގުޅިގެން ރައީސް ނަޝީދުގެ އާއިލާގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ.

Advertisement - newsAdvertisement

ބަޔާނުގައި ބުނެފައިވަނީ، 1 އަހަރު ވެގެން ދިޔައިރުވެސް އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީޢަތްތައް ދިގުލައިގެން ގޮސްފައިވާ ކަމަށާއި، އެކަމާއި ރައީސް ނަޝީދުގެ މުޅި އާއިލާއިންވެސް ކަންބޮޑުވާ ކަމަށެވެ. އަދި އެ ޙަމަލާގެ ބައެއް ބައިވެރިން ހައްޔަރުކޮށް ދަޢުވާ ކޮށްފައިވީނަމަވެސް، އެ ޙަމަލާގެ ފަހަތުގައި ތިބި މީހުން ހޯދިފައިނުވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުންނާ މި މައްސަލައާ ގުޅޭގޮތް ތަނަވަސް ގޮތެއްގައި ތަހުޤީޤު ކުރެވިފައި ނެތްކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ އާއިލާއިން ވަނީ އެމަނިކުފާނު ޒަޚަމްވެފައި ވަނިކޮށް، ހޮސްޕިޓަލަށް ގެންދިޔަ ހަށިފާރަވެރިންނަށާއި، އެ މަނިކުފާނަށް ފަރުވާ ދެއްވި މެޑިކަލް ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން، ރައީސް ނަޝީދުގެ އާއިލާއިން އެދިފައިވަނީ މި ހަމަލާ ހިންގުމަށް ފައިސާ ޚަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި، ވަރުގަދަ ތަޙްޤީޤެއް އަދިވެސް ހިންގުމަށެވެ.

ރައީސް ނަޝީދުގެ އާއިލާއިން ބުނާ ގޮތުގައި އެ ތަހުޤީޤު ރަނގަޅަށް ހިންގިފައި ނެތުމުން، ރައީސް ނަޝީދުގެ ޖާނާއި އެ މަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކުގެ ވަށައިގެން ބިރުވެރިކަމުގެ މާހައުލެއް އުފެދިފައިވާކަމަށެވެ. އަދި އެކަމުގައި، އަދުލު އިންސާފު ޤާއިމުވެފައި ނެތުމުން، މުޅި މުޖްތަމަޢުގެ މައްޗަށް ބިރުވެރިކަމުގެ ހިޔަނި އެޅިފައިވާކަމުގައި ޤަބޫލުކުރާކަމަށް އާއިލާއިން ބުނެއެވެ.

މީގެ އިތުރުން، ސެކިއުރިޓީ ސަބަބުތަކާ ހުރެ، ރައީސް ނަޝީދު ހިންގަވާ ޙަރަކާތްތައް ހަނިވެފައިވާތީ، ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރަންޖެހޭ ކަންކަން ހުއްޓި، ސިޔާސީ ގޮތުންނާއި، އަދި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވާން އެދިވަޑައިގަންނަވާ މުޢާމަލާތްތަކަށް ހުރަސްއެޅިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

މެއި 6ގެ ހަމަލާގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައި މިހާރު ޝަރީއަތް ކުރިއަށް ދެއެވެ. އެގޮތުން މި މައްސަލައިގެ އެންމެ ފަހުންއަޑުއެހުމެއްބާއްވާފައިވަނީ 28 މާރޗު 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވަނީ މެއި 6ގެ ހަމަލާގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓްކުރީގެ ރައީސް، މުހައްމަދު ނަޝީދުނަޝީދު އާއިލާ

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު