Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް ދިން ޙަމަލާ

ބޮމުގެ ޙަމަލާ: އިސްޙާޤު އެދުނީ ޝަރީޢަތް ސިއްރުކޮށްދޭން

ވަކި ހިސާބަކުން އަދުހަމުގެ އަޑުއެހުން ވަނީ ސިއްރުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 14:29
ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މ. ކުދެހިގެ އިސްޙާޤު

ބޮމުގެ ޙަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ މ. ކުދެހިގެ އިސްޙާޤު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މ. ކުދެހިގޭ އިސްޙާޤުގެ ފަރާތުން, އެ މައްސަލަ ސިއްރުކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

އޭނާގެ ފަރާތުން އެގޮތަށް އެދިފައިވަނީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ. އެގޮތުން މި އަޑުއެހުމުގައި އިސްޙާޤުގެ އިތުރުން މި މައްސަލައިގެ ދަޢުވާލިބޭ ފަހުމީ ޢަލީއާއި، މުޙައްމަދު ނާޒިމްގެ ބައިވެސް ވަނީ އެކީގައި ކުރިއަށް ގެންގޮސްފައެވެ. އެ 3 މީހުންގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ. މި 2 ދަޢުވާގެ އިތުރުން ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ކުށުގެ ދަޢުވާވެސް އިސްޙާޤުގެ މައްޗަށް އުފުލާފައިވެއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އިސްޙާޤުގެ ވަކީލު ވަނީ މި މައްސަލައިގެ ދަޢުވާލިބޭ އަދުހަމްގެ ބައި ކުރިއަށް ގެންދިޔައިރު, ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައިވާތީ އިސްޙާޤުގެ ބައިވެސް ސިއްރުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތުން އަންގާރަ ދުވަހު ހެނދުނު ބޭއްވި އަޑުއެހުމެއްގައި މި މައްސަލައިގެ ދަޢުވާ ލިބޭއަދުހަމްގެ ޝަރީއަތްވެސް ކުރިއަށް ގެންގޮސްފައިވާއިރު، ޤައުމީ ސަލާމަތާގުޅޭ ވާހަކަތައް ހުރުމުގެ ސަބަބުން ވަކި ހިސާބަކުން އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިސްޙާޤުގެ ވަކީލު ވިދާޅުވީ، އޭނާއަށްވެސް ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރިއަށް ދިއުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި، ހާމަކޮށްގެން ކުރިއަށް ގެންގޮސްފިނަމަ މި މައްސަލައިގައި އިސްޙާޤުގެ ބައިގައި ޝަރީޢަތަށް ނޭދެވޭ އަސަރެއް ކުރުމުގެ އިޙްތިމާލު ބޮޑު ކަމަށެވެ. ވުމާއެކު ޝަރީޢަތް ސިއްރުން ކުރިއަށް ގެންދިއުމަށް ވަކީލު އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން އިސްޙާޤުގެ ބަންދު މުރާޖަޢާ ބައިވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިހާރު އޭނާގެ މައްޗަށް ކޮށްފައިވާ ބަންދު އަމުރުގެ މުއްދަތު ހަމަވަނީ 24 ސެޕްޓެމްބަރަށްކަން ފާހަގަ ކުރައްވައި އޭނާގެ ވަކީލު ވަނީ ދައުލަތުން އެދިފައިވާ ގޮތަށް ޝަރީއަތް ނިމެންދެން ބަންދު ކުރުމާމެދު ގޮތެއް ނިންމެވުން އަދި ފަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ވަކީލު ވިދާޅުވީ، އިސްޙާޤު ބަންދު ކުރުމާ ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ ކަންކަންވެސް ކުރިއަށްދާ ކަމަށާއި، މި މައްސަލައިގެ ލިއެކިއުންތައް ދިރާސާ ކުރުމަށްވެސް ވަގުތު ބޭނުންވާ ކަމަށެވެ.

މި ހުށައެޅުންތަކާ ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ބަންދާމެދު ގޮތެއް ނިންމުމަށް ވާހަކަ ދައްކަވާއިރު ލިއެކިއުންތައް ދިރާސާ ކުރެވުމުގެ ފުރުސަތު ލިބިދޭންޖެހޭނެކަން ފާހަގަ ކުރައްވައި އެ ފުރުސަތު ދެއްވުމަށް ނިންމަވާފައެވެ. ނަމަވެސް ޝަރީޢަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ހުށައެޅުއްވި ހުށައެޅުމާއި ގުޅިގެން ވަކި ގޮތެއް އަދި ނުނިންމަވާކަން ބެންޗުން ފާހަގަ ކުރެއްވިއެވެ.

މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާދަމް މުޙައްމަދު، މުޙައްމަދު މިސްބާޙު އަދި ޞަފްވަތު ޙަބީބެވެ.

އޭގެ އިތުރުން، ފަހުމީ ޢަލީއާއި މުޙައްމަދު ނާޒިމް ވަކީލެއް ބޭނުންވާކަން ފާހަގަ ކުރެއްވުމުން, ވަކީލަކު އައްޔަނު ކުރެއްވުމަށް ބެންޗުން ވަނީ 15 ދުވަހުގެ މުއްދަތެއްވެސް ދީފައެވެ.

ނަޝީދު އާއިލާކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު