Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް-އެމްޑީޕީ ގުޅުން

ޕީޕީއެމް އާއި ގުޅިގެން އެމްޑީޕީ އިން މަސައްކަތް ކުރަން ތާއިދު ނުކުރަން – ރައީސް

16 އޯގަސްޓު 2022 | އަންގާރަ 11:29

ދެ ޕާޓީ ދެފަޅީގައި ތިބެގެން ސިޔާސީ މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އޯގަސްޓު 2022 | އަންގާރަ 11:29
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (ވ) ރައްޔިތުންގެ މަޖިލީހުގައި

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (ވ) ރައްޔިތުންގެ މަޖިލީހުގައި

މި ގައުމަށް އޮތް އެންމެ ރަނގަޅުގޮތަކީ އެމްޑީޕީއާއި ޕީޕީއެމް ދެފަޅީގައި ތިބެގެން ސިޔާސީ މަސައްކަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދް އާއި، ދެބޭފުޅުން އެކުގައި މަސައްކަތް ކުރެއްވުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅާއި ގުޅިގެން، "ރާއްޖެ ޓީވީ" އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސާލިޙު ވިދާޅުވީ ދެ ޕާޓީ ދެފަޅީގައި ތިބެގެން ސިޔާސީ މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ސާލިހު ވިދާޅުވީ އެއްބަޔަކު ވެރިކަމުގައި އޮންނަ އިރުގައި އަނެއްބަޔަކު ތިބޭނީ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރުކުރުމުގައި ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު މި ފެންނަ ގޮތުން އެމްޑީޕީއަށާއި، ޕީޕިއެމް އަށް ރާއްޖޭގައި އެންމެ ބޮޑު އަގުލަބިއްޔަތެއް އޮތް ކަމަށާއި، އަދިވެސް ކުރިއަށް މިއޮތްތަނުގައި ވެރިކަމަށް އަތުވެދާނެކަމަށް ބޮޑަށް ގަބޫލުކުރެވެނީ މި ދެ ޕާޓީންކުރެ ޕާޓީއެއްގެ ކެންޑިޑޭޓެއް ނުވަތަ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ.

ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހަޅުއްވާ ގަރާރާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް ބޭއްވި ބައްދަލުވުމުގައި، ރައީސް ޔާމީންއާއި އެކުގައި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ގެންގުޅުއްވަންތޯ "ރާއްޖެ އެމްވީ" އިން ސުވާލުކުރުމުން ރައީސް ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

އޭގެ ކުރިން ރައީސް ޔާމީން ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި، ރައީސް ނަޝީދްއާއި އެކުގައި މަސައްކަތް ކުރައްވަފާނަންތޯ ނޫސްވެރިން ވަނީ ރައީސް ޔާމީންއާއި ސުވާލުކޮށްފައެވެ. ޖަވާބުގައި ރައީސް ޔާމީން ވަނީ އެ ދެ ބޭފުޅުންނަކީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ދެ ބޭފުޅުންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި ރައީސް ނަޝީދްއާއި ވެސް އެކުގައި ފެނުނު ނޫންތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާ ވާހަކަފުޅު ދައްކަވާފައެވެ. އެހެންކަމުން އެ ދެބޭފުޅުން އެކުގައި މަސައްކަތް ކުރުރެއްވުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ވަނީ ބެލެވިފައެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރެއްވި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އޮންނަ ގޮތުން ބަރުލަމާނީ ނިޒާމް އެންމެ އެކަށީގެންވާ ގޮތަށް ތަންފީޒުކުރެވިދާނެތޯ ވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. އެގޮތުން މަޖިލީހަށް ހޮވޭ ޕާޓީ ނޫން އެހެން ޕާޓީތަކަށް މެމްބަރުން ބަދަލުވެ ފްލޯ ކްރޮސް ކުރުމަކީ ބަރުލަމާނީ ނިޒާމަކަށް ދިމާވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އަދި ފައިސާވެރި ނުފޫޒު ގަދަ ފަރާތްތަކުގެ ނުފޫޒު ސިޔާސީ މީހުންނަށް ފޯރާ ނަމަ އެ ނިޒާމް ރަނގަޅަށް ނުހިނގާނެ ކަަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް ޢަބްދުﷲ ޔާމީންކުރީގެ ރައީސް، މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް