Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ

މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ސިފައިން ޙަރަކާތްތެރިވަނީ

ޙަމަލާއާ ގުޅިގެން ސިފައިން ހަތިޔާރާއެކު މާލެ ސަރަޙައްދުގެ ކަންކަން ބަލަމުންދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 މެއި 2021 | ހުކުރު 03:09
ރައީސް ނަޝީދު ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލި ރޭ ސިފައިން މަގުމަތީގައި ޙަރަކާތްތެރިވި މަންޒަރެއް

ރައީސް ނަޝީދު ގެކޮޅު ކައިރީ އެއްޗެއް ގޮއްވާލި ރޭ ސިފައިން މަގުމަތީގައި ޙަރަކާތްތެރިވި މަންޒަރެއް

ކުރީގެ ރަޢީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން، މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ސިފައިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނީ، އެ ޙަމަލާއާ ގުޅިގެން ސިފައިން ހަތިޔާރާއެކު މާލެ ސަރަޙައްދުގެ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި މުޅި ރާއްޖޭގައި ވެސް ސިފައިންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް، ސިފައިން ޙަރަކާތްތެރިވަމުންދާކަމަށް ބުނެފައިވެއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި އައިއީޑީއެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒާ ފުއް ވަދެ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލާފައިވެއެވެ. އެތަކެތި ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއެވެ. 

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ހަމަލާއަށްފަހު މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ. މި ތިން މީހުން ވެސް މިނިވަން ތަހުގީގަކަށް ފަހު އިންސާފުގެ ކުރިމަށްޗަށް ގެނެވޭނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި އެހެން މީހުން ވެސް ހޯއްދަވާނެ ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން، އަރިހުގައި އެވަގުތު ތިބި ސިފައިންނާއި އާންމުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާނަޝީދު އާއިލާ

އިތުރަށް ކިޔާލަން

13 މާރިޗު 2024

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

13 މާރިޗު 2024
މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި
29 ނޮވެމްބަރު 2023

މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

29 ނޮވެމްބަރު 2023
މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި
23 އޮކްޓޯބަރު 2023

މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން

23 އޮކްޓޯބަރު 2023
މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން
29 އޯގަސްޓު 2023

ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

29 އޯގަސްޓު 2023
ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް
12 އޯގަސްޓު 2023

ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ

12 އޯގަސްޓު 2023
ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު