Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް ދިން ހަމަލާ

ބޮމުގެ ހަމަލާގައި ހިމެނޭ އިސްހާގާއި ފަހުމީގެ ބަންދަށް އިތުރު 14 ދުވަސް

ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 10:24
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ޙަމަލައާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ޙަމަލައާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މ. ކުދެހިގޭ އިސްހާގާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 14 ދުވަސް ޖަހައިފިއެވެ.

އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. އެގޮތުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތަކުގެ ބަންދު މުރާޖައާ އަޑުއެހުން ކޮންމެ 30 ދުވަހުން ބާއްވަން ޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެކަމަށް އެދި ޕީޖީ އޮފީހުން ފޯމް ހުށަހަޅަން ޖެހޭނެކަމަށް ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާން ކޮށްފައިވެއެވެ. އެއާއެކު އަންގާރަ ދުވަހު ބޭއްވުނު އަޑުއެހުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެ ދެމީހުންގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.

Advertisement - newsAdvertisement

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހަމަލާ ދިނުމުގައި އިސްކޮށް އުޅުނީ އިސްހާގުގެ އިތުރުން، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމެވެ.

ފުލުހުން ބުނެފައިވަނީ މި ހަމަލާދިނުމަށް 3 ފަހަރު މަތިން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އެގޮތުން ޖާނުންފިދާވެގެން ހަމަލާދިނުމަށް މަސައްކަތް ކުރި ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. އެންމެ ފުރަތަމަ ހަމަލާދިނުމަށް ރާވާފައިވަނީ ޔާގޫތުގެ ހުންނަ ސަރަހައްދުގައެވެ.

ދެވަނަ ފަހަރަށް ހަމަލާ ދިނުމަށް ރޭވީ ރައީސް ނަޝީދު ކަސްރަތަށް ނުކުންނަވާއިރު، މޭރީ ބްރައުން ރެސްޓޯރަންޓު ސަރަޙައްދުގައެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް ހުރުމުން 3 ވަނަ ފަހަރަށް ހަމަލާ ރޭވީކަން އޭސީޕީ މުޙައްމަދު ރިޔާޒު ފާހަގަ ކުރެއްވިއެވެ. ރިޔާޒް ވިދާޅުވީ، ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލަކީ 2019 ވަނަ އަހަރު ގަނެފައިވާ ސައިކަލެއް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުން ކަމަށްވާ އަހުމަދު އަދުހަމާއި މުޖާޒް އަހްމަދު އަދި ތަހުމީން އަހްމަދުގެ މައްޗަށާއި ބޮން ގޮއްވާލި ސައިކަލްގައި އެ ބޮން ހަރުކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި ކަމަށް ތުހުމަތުވާ އަލީ ހައިޝަމްގެ މައްޗަށެވެ.

ނަޝީދު އާއިލާރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާނަޝީދަށް ދިން ޓެރަރިސްތް ހަމަލާ

ކޮމެންޓް

އިތުރަށް ކިޔާލަން

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

މެއި 6 ޙަމަލާ: ސީނުން މާއްދީ ހެކި ނެގި ފަރާތުގެ ހެކިބަސް ނަގައިފި

13 މާރިޗު 2024
މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

މެއި 6 ޙަމަލާ: ނަޝީދުގެ ހަށިކޮޅުން ނެގުނު ތަކެތީގެ ފޮޓޯ ނެގި ފަރާތުގެ ހެކިބަސް ނަގައިފި

29 ނޮވެމްބަރު 2023
މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން

މޭ6 ގެ ހަމަލާ: ކޮމިޓީން ނިންމީ މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ނުދޭން

23 އޮކްޓޯބަރު 2023
ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

ތަސްލީމާއި އަލީ މަނިކަށް ކުރާ ދައުވާ: ޚުލާސާ ބަޔާން އިއްވައިފި، ދެން އޮތީ ހުކުމް

29 އޯގަސްޓު 2023
ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ

ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ

12 އޯގަސްޓު 2023

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު