Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދުގެ ޓްވިޓަރ އެކައުންޓު

"އަނެއްދިވެހިރާއްޖެ" އަކީ އަޅުގަނޑުގެ ޓްވިޓަރ އެކައުންޓެއް: ރައީސް ނަޝީދު

13 އޮކްޓޯބަރު 2021 | ބުދަ 09:43

އެ އެކައުންޓަކީ އެމަނިކުފާނު ގެންގުޅުއްވާ އެކައުންޓެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 އޮކްޓޯބަރު 2021 | ބުދަ 09:43
ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި

ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތުގައި

"އަނެއްދިވެހިރާއްޖެ" އަކީ އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވަނީ އެ އެކައުންޓަކީ އެމަނިކުފާނު ގެންގުޅުއްވާ އެކައުންޓެއްކަމަށް ވިދާޅުވެފައެވެ.

27.5 ހާސް މީހުން ފޮލޯކުރާ މި އެކައުންޓުގެ ނަމަކަށް ކުރިން ލިޔެފައި އޮންނަނީ "އެލެކްސް އަހުމަދު" އެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ރަސްމީ ޓްވިޓަރ އެކައުންޓުގެ އިތުރުން އެހެން ޓްވިޓަރ އެކައުންޓެއް ގެންގުޅުއްވަންތޯ ރާއްޖެޓީވީން މީގެ ކުރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވަނީ "ރައީސް ނަޝީދަކީ ރައީސް ނަޝީދު، އެލެކްސް އަކީ އެލެކްސް" ކަމަށް ވިދާޅުވެފައެވެ.

އޭރު އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، ސިޔާސީ މަސައްކަތާއި ލިއުމުގެ މަސައްކަތް އެއީ ތަފާތު ކަމެއް ކަމަށެވެ. އެގޮތުން އެލެކްސް އަކީ އެމަނިކުފާނު ލިޔުއްވި ފޮތުގައި އުޅޭ "ހަސަން ކުރުސީގެ" ހަގު ކޮއްކޮ ކަމަށް ވެދާނެ ކަމަށް ވެސް ސަމާސާ ރާގެއްގައި އެމަނިކުފާނު އޭރު ވިދާޅުވެފައިވެއެވެ. 

މިހާރު އެ އެކައުންޓުގެ ނަން ވަނީ "އެލެކްސް އަހުމަދު" އިން "އެމްއެން އޮފިޝަލް" އަށް ބަދަލުކޮށްފައެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ނަޝީދު ވަނީ ތާރީޚީ ވާހަކަތައް އެ އެކައުންޓުން ހިއްސާ ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު "އަނެއްދިވެހިރާއްޖެ" ނަމުގައި ވެސް އެހެން ފަރާތްތަކުން އެކައުންޓުތައް ހަދައިގެން އުޅޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު އާއިލާރައީސް މުހައްމަދު ނަޝީދު / ޓްވިޓަރ

އިތުރަށް ކިޔާލަން

12 އޯގަސްޓު 2023

ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ

12 އޯގަސްޓު 2023
ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ
09 ޖެނުއަރީ 2023

ކޯލިޝަން އަކީ އެމްޑީޕީއަށް ވެވޭ ބޭއިންސާފެއް، އެތައް ބަޔަކު ބާކީވޭ: ރައީސް ނަޝީދު

09 ޖެނުއަރީ 2023
ކޯލިޝަން އަކީ އެމްޑީޕީއަށް ވެވޭ ބޭއިންސާފެއް، އެތައް ބަޔަކު ބާކީވޭ: ރައީސް ނަޝީދު
15 އޯގަސްޓު 2022

ވީޑިއޯ ކުރުމަށް ފަހު ބަޔަކު ރާވައިގެން، ރަހީނުކޮށް ފައިސާ ހޯދާފައިވޭ: ރައީސް ނަޝީދު

15 އޯގަސްޓު 2022
ވީޑިއޯ ކުރުމަށް ފަހު ބަޔަކު ރާވައިގެން، ރަހީނުކޮށް ފައިސާ ހޯދާފައިވޭ: ރައީސް ނަޝީދު
06 މެއި 2022

މެއި 6ގެ ހަމަލާ: ޝަރީއަތް ފަށާނެ ދުވަހަކާއި، ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް އެދިއްޖެ

06 މެއި 2022
މެއި 6ގެ ހަމަލާ: ޝަރީއަތް ފަށާނެ ދުވަހަކާއި، ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް އެދިއްޖެ
05 މެއި 2022

މެއި 6ގެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ވަރުގަދަ ތަހުޤީޤެއް ހިންގުމަށް ރައީސް ނަޝީދުގެ އާއިލާއިން އެދޭ

05 މެއި 2022
މެއި 6ގެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަށް ވަރުގަދަ ތަހުޤީޤެއް ހިންގުމަށް ރައީސް ނަޝީދުގެ އާއިލާއިން އެދޭ
21 ޑިސެމްބަރު 2021

ރައީސް ނަޝީދަށް އިންޒާރުދިން މީހާގެ މައްސަލަ ދެން ކުރިއަށްދާނީ އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްފަހު

21 ޑިސެމްބަރު 2021
ރައީސް ނަޝީދަށް އިންޒާރުދިން މީހާގެ މައްސަލަ ދެން ކުރިއަށްދާނީ އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްފަހު
23 ނޮވެމްބަރު 2021

ލިމިޓް ކަނޑައެޅުމާއި ބޮންޑަކަށް ބަދަލުކުރުމުގެ ބާރު މަޖިލީހަކަށް ނެތް - ރައީސް ނަޝީދު

23 ނޮވެމްބަރު 2021
ލިމިޓް ކަނޑައެޅުމާއި ބޮންޑަކަށް ބަދަލުކުރުމުގެ ބާރު މަޖިލީހަކަށް ނެތް - ރައީސް ނަޝީދު
21 ނޮވެމްބަރު 2021

މުރައިދޫގެ މަރާމާތުކޮށް ނިމި ރައީސް ނަޝީދު ހުންނެވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި

21 ނޮވެމްބަރު 2021
މުރައިދޫގެ މަރާމާތުކޮށް ނިމި ރައީސް ނަޝީދު ހުންނެވުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިފި
21 ސެޕްޓެމްބަރު 2021

އަދުހަމަށް ޓްރިމަރު ގެނެސްދީ، ސިފަ ބަދަލުކުރަން އެހީވިކަމަށް ބުނާ މުޖާޒް: "އެކަން ނުދެނަހުރިން"

21 ސެޕްޓެމްބަރު 2021
އަދުހަމަށް ޓްރިމަރު ގެނެސްދީ، ސިފަ ބަދަލުކުރަން އެހީވިކަމަށް ބުނާ މުޖާޒް: "އެކަން ނުދެނަހުރިން"
21 ސެޕްޓެމްބަރު 2021

ބޮމުގެ ޙަމަލާ: އިސްޙާޤު އެދުނީ ޝަރީޢަތް ސިއްރުކޮށްދޭން

21 ސެޕްޓެމްބަރު 2021
ބޮމުގެ ޙަމަލާ: އިސްޙާޤު އެދުނީ ޝަރީޢަތް ސިއްރުކޮށްދޭން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް