Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެއި 6ގެ ހަމަލާ

މެއި 6ގެ ހަމަލާ: ޝަރީއަތް ފަށާނެ ދުވަހަކާއި، ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމަށް އެދިއްޖެ

މެއި 6ގެ ހަމަލާގެ އަޑުއެހުން އެންމެ ފަހުން ބާއްވާފައިވަނީ 28 މާރޗުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2022 | ހުކުރު 07:49
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއަށް މިވަނީ 1 އަހަރު ފުރިފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއަށް މިވަނީ 1 އަހަރު ފުރިފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ ޝަރީއަތް ފަށާނެ ދުވަހަކާއި، ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލެއްވުމަށް އެމަނިކުފާނުގެ ކިބައިން އެދިވަޑައިގެންފިއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ދިން މި ހަމަލާއަށް 1 އަހަރުވެފައިވާއިރު، ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ މި މައްސަލަ ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރިފައެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ފާހަގަކުރާ ގޮތުގައި މި މައްސަލައިގެ ޝަރީއަތް ފަށާނެ ދުވަހަކާއި، ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ. އެއީ ދައުލަތާއި ދިފާއުއަށްވެސް މުހިއްމު ކަމެއްކަން ވަކީލުންގެ ޓީމުން ފާހަގަކުރެއެވެ.

މީގެ އިތުރުން، އެއީ މި މައްސަލައިގައި ހެކިބަސް ދޭން ތިބި ފަރާތްތަކަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ވަކީލުން ބުނެއެވެ. އެގޮތުން ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، ރާއްޖެއިން ތަސްދީޤުކޮށްފައިވާ "އިންޓަރނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" ގެ މަޤްސަދުތައްވެސް ޙާސިލު ކުރުމަށް އެއީ ކޮންމެހެން މުހިއްމު ކަމެއްކަން ވަކީލުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ސަބަބަކީ އެކަށީގެންވާ މުއްދަތެއްގައި ޝަރީއަތް ކުރިއަށްދާން ޖެހޭނެކަމަށް ބަޔާންކޮށްފައިވާތީއެވެ.

ވަކީލުންގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު ގެންދަވަނީ މި މައްސަލަ ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެއްވަމުންނެވެ. އަދި އެމަނިކުފާނަކީ ޓެރަރިޒަމާއި ދެކޮޅު ބޭފުޅެއްކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، މި މުޅި މައްސަލައިގެ ސީރިއަސްކަން ކޯޓުތަކުންނާއި، ދައުވާކުރާ ފަރާތްތަކުންވެސް ބަލައިގަނެ، މި މައްސަލައިގެ ޝަރީއަތް ފެށޭނެ ދުވަހެއް އެންގުމަށް ރައީސް ނަޝީދުގެ ފަރާތުން އެދިވަޑައިގަންނަވައެވެ. އަދި މައްސަލައިގައި ދެން ހިމެނޭ ފަރާތްތަކަށް ދައުވާ އުފުލުން ފަދަ ކަންކަން ކުރިއަށް ގެންދަންޖެހޭކަމަށް ރައީސް ނަޝީދާއި ހަވާލަދީ އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެއެވެ.

މެއި 6ގެ ހަމަލާގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައި މިހާރު ޝަރީއަތް ކުރިއަށް ދެއެވެ. އެގޮތުން މި މައްސަލައިގެ އެންމެ ފަހުންއަޑުއެހުމެއްބާއްވާފައިވަނީ 28 މާރޗު 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވަނީ މެއި 6ގެ ހަމަލާގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅާފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާކްރިމިނަލް ކޯޓްނަޝީދު އާއިލާކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު