Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާ

ނަޝީދުގެ ހާލު ރަނގަޅު، މަސައްކަތުގެ ޕްލޭންތައް ހައްދަވަނީ!

10 މެއި 2021 | ހޯމަ 06:19

މިހާރުން ފެށިގެން މަސައްކަތުގެ ޕްލޭންތައް ހައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 މެއި 2021 | ހޯމަ 06:19
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއާ ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންދާއިރު އެމަނިކުފާނުގެ ހާލު ރަނގަޅުވަމުން އަންނަ ކަަމަށް އާއިލާ އިން ބުނެފިއެވެ.

ރައީސް ނަޝީދުގެ އާއިލާގެ މެމްބަރަކު ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށާއި ލިބުނު ޒަޚަމްތައް ރަނގަޅުވެ، ހާލުކޮޅު ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނު މިހާރުން ފެށިގެން މަސައްކަތުގެ ޕްލޭންތައް ހައްދަވަމުން ގެންދަވާ ކަމަށެވެ. މި ޓުވީޓުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޓެގް ކުރައްވާ، ވިދާޅުވެފައިވަނީ ރައީސް ނަޝީދު ވަރަށް ގިނަ ރައްޔިތުންނަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްދެއްވަން ބޭނުންފުޅު ވެވަޑައިގަންނަވާ ކަމަށެވެ.

އާއިލާގެ ފަރާތުން މިހެން ބުނެފައިވާއިރު ރައީސް ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަަމަށް އާއިލާއިން ވަނީ މީގެ ކުރިން ބުނެފައެވެ. ރައީސް ނަޝީދު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދަނީ ޖަރުމަންވިލާތަށް ކަމަށާއި އެހެންނަމަވެސް އަދި ފަރުވާ ދިނުމަށް ގެންދާނެ ސީދާ ވަކި ގައުމެއް ކަނޑަނާޅާ ކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ރައީސް ނަޝީދުގެ މޭކަށިގަނޑުގެ އެންމެ ތިރިއަށް ރޭޒަރ ފުކެއް ވަދެފައިވާ ކަމަށާއި އެންމެ ސެންޓިމީޓަރެއް ތިރިން ދިޔަނަމަވެސް މެއަށް އަރައި ފުރާނައަށް ގެއްލުންވީސް ކަމަށް އޭޑީކޭއިން ވަނީ ހާމަކޮށްފައެވެ. ރައީސް ނަޝީދަށް ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވިދާޅުވީ ސީޓީ ސްކޭނަށް އެންމެ ފަސޭހައިން ފާހަގަކުރެވުނީ މައުދަނުގެ އެތިކޮޅުތައް ކަމަށާއި ނަޝީދުގެ ހަށިކޮޅުގެ ތެރޭގައި އެކި ކަހަލަ ވަރަށް ގިނަ އެތިކޮޅުތައް ހުރި ކަމަށެވެ.

ޑޮކްޓަރުން ވިދާޅުވީ ރޭޒާފުކެއްގެ އެތިކޮޅެއް ފުއްޕާމެއިން ނަގަން ޖެހުނު ކަމަށާއި އެ އެތިކޮޅު ވަދެގެން ދިޔައިރު ހިތަށް އަމާޒުނުވެ ސަލާމަތްވީ ކަށިގަނޑެއްގައި ޖެހި ފުނޑިގެން ދިއުމުން ކަމަށެވެ. އަދި ބަނޑާއި ގޮހޮރުގެ އެކި ތަންތަން ވެސް ފޫއަޅުވާފައި އެތިކޮޅުތައް ހަށިގަނޑުގެ ތެރެއަށް ވަދެފައިވާ ކަމަށާއި ފުރަމޭގެ ތެރެއަށް ވެސް އެތިކޮޅެއް ވަދެފައިވާ ކަމަށެވެ. ހަށިގަނޑުގެ އެހިސާބުތަކުގައި ގާތްގަނޑަކަށް 7 ޒަޚަމެއް ހުރި ކަމަށް ވެސް ޑޮކްޓަރުން ވިދާޅުވިއެވެ.

ރައީސް ނަޝީދުނަޝީދު އާއިލާ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
12 އޯގަސްޓު 2023

ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ

12 އޯގަސްޓު 2023
ވައްކަމާއި ޚިޔާނާތުގެ ސަބަބުން ޔާމީނުގެ ސިޔާސީ ހަޔާތްޕުޅުގައި ސިއްކަ ޖެހިއްޖެކަމަށް ވިދާޅުވި ނަޝީދުގެ ރާގު ބަދަލުވެއްޖެ
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
08 މެއި 2023

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

08 މެއި 2023
ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
07 އެޕްރީލު 2023

މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

07 އެޕްރީލު 2023
މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
17 މާރިޗު 2023

މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު

17 މާރިޗު 2023
މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު
15 މާރިޗު 2023

ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް

15 މާރިޗު 2023
ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް