Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލްއިން މޮރޮކޯ ކީޕަރު ޔާސީން ބޫނޫ ގަންނަނީ

ޑެހެޔާ، ނަވާސް، ލޮރިސް އަދި ކެޕާ ވެސް ލިސްޓުގައި ހިމެނޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 11 އޯގަސްޓު 2023 | ހުކުރު 07:47
ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔާސިން ބޫނޫ

ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔާސިން ބޫނޫ | ގޫގުލް

އެއްވަނަ ކީޕަރު ތިބައޫ ކޯޓުއާ އަށް ފަހުވަގުތު އަނިޔާވުމުން އެތަން ފޫބައްދަން ސެވިއްޔާގެ މޮރޮކޯ ކީޕަރު ޔާސީން ބޫނޫ ގަތުމަށް ރެއާލް މެޑްރިޑް މަސައްކަތް ފަށައިފި އެވެ.

ނަމަވެސް 32 އަހަރުގެ ބޫނޫ ގަނެވޭގޮތް ނުވެއްޖެނަމަ ރެއާލްގެ ލިސްޓުގައި އިތުރު ކީޕަރުންތަކެއް ވެސް އެބަތިއްބެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލުމުން މިވަގުތު ވަކި ކުލަބެއްނެތި ހުރި ސްޕޭންގެ ކީޕަރު ޑޭވިޑް ޑެހެޔާ އާއި ޗެލްސީގެ ސްޕޭން ކީޕަރު ކެޕާ އަރިޒަބަލަގާ އާއި ފްރާންސާއި ޓޮޓެމްހަމުގެ ކުރީގެ ކެޕްޓަން ހޫގޯ ލޮރިސް އާއި ރެއާލް މެޑްރިޑްގެ ކުރީގެ ކީޕަރު ކޮސްޓަރިކާގެ ކޭލާ ނަވާސް އެވެ.

ނަމަވެސް ރެއާލްއިން އެންމެ ބޭނުންވަނީ ބޫނޫ އެވެ. އެކަމަކު އޭނާ ގަތުމަށް ދަތިތަކެއް ވެސް އެބަހުއްޓެވެ. ސެވިއްޔާއާއެކު ބޫނޫ ހަދާފައިވާ ކޮންޓްރެކްޓްގައިވާގޮތުން އޭނާ ވިއްކާލަން ހަމަޖައްސާފައިވާ އަގަކީ 50 މިލިއަން ޔޫރޯ އެވެ. ރެއާލްއިން މިވަގުތު ހުށަހަޅަނީ 20 މިލިއަން ޔޫރޯ އެވެ. އެކަމަކު މަދުވެގެން 25 އާއި 30 މިލިއަން އަދަދެއް ސެވިއްޔާ ބޭނުންވެ އެވެ. އަނެއްކޮޅުން ކޯޓުއާ ފަދަ މޮޅު ކީޕަރަކު މިވަގުތު ކުލަބުގައި ނެތުމުންނާއި ސީޒަން ފަށަން ކުޑަތަންވެފައި އޮތުމުން "ކުއްލި ހާލަތުގައި" މޮޅު ކީޕަރަކު ގަތުމަށް އަގުކުޑަކުރަން މަޝްވަރާކުރަން ރެއާލް މެޑްރިޑަށް ވަގުތެއް ވެސް ނެތެވެ.  

އަގުކުޑަކޮށް ސެވިއްޔާއިން ބޫނޫ ދޫކޮށްލަން ބޭނުނުންނުވަނީ ތިން ސަބަބަކާހެދި އެވެ. ފުރަތަމަ ސަބަބަކީ ބޫނީ އަކީ މިދިޔަ އަހަރުގެ ވޯލްޑްކަޕުގައި އެންމެ ވިދާލި އެއް ކީޕަރަށްވުމުންނެވެ. ދެވަނަ ކަމަކީ ބޫނީ ގަތުމަށް ސައޫދީ އަރަބިއާގެ ކުލަބުތަކުން ބޮޑު އަގެއް ހުށަހަޅަން ތައްޔާރަށް ތިބުމުންނެވެ. ތިންވަނަ ސަބަބަކީ ސެވިއްޔާގެ މާލީހާލަތު ރަނގަޅު ކުރުމަށް ކުލަބުގެ ތަރިއަކު ހެޔޮއަގެއްގައި ވިއްކާލަން ބޭނުންނުވާތީ އެވެ.

ނަމަވެސް ސައުދީ ކުލަބުތަކުގެ ހުށަހެޅުން ލިބިފައިވަނިކޮށް އެކަން މަޑުޖައްސާލަން ބޫނޫ މިހާރުވަނީ ކުލަބަށް އަންގައިފަ އެވެ. އޭނާ ބޭނުންވަނީ ރެއާލް މެޑްރިޑަށް ކުޅެން ކަމަށް ވެސް ސެވިއްޔާގެ އިސް ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.

ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު އެއް ކީޕަރު ކޯޓުއާގެ ކަކުލަށް އަނިޔާވީ ރެއާލްގެ ފަރިތަކުރުންތަކުގަ އެވެ. އަލުން ކުޅެން ނުކުމެވޭނީ ކަކޫ އޮޕަރޭޝަންކޮށްގެން، މުޅިން ރަނގަޅުވުމުންނެވެ. މިފަރުވާ ކުރަންޖެހުމުން، އަންނަ ހަފުތާގައި ފަށާ ސީޒަނުގެ ބޮޑުބައެއްގައި ކޯޓުއާ އަށް ނުކުޅެވޭނެކަން ޔަގީންވުމުން ރެއާލް ވަނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. ސަބަބަކީ ކޯޓުއާ ފަދަ ދެ ވަނަ ކީޕަރަކު ނެތުމުންނާއި ސީޒަން ފަށަން ކައިރިވުމުން ފަސޭހަ އަގެއްގައި މޮޅު ކީޕަރަކު ގަނެވެން ނެތުމުންނެވެ.

އެތްލެޓިކޯ މެޑްރިޑާއި ޗެލްސީ އަށް ކުޅުމަށްފަހު 2018 ވަނަ އަހަރު ރެއާލް އަށް ބަދަލުވުމަށްފަހު ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ ފާއިތުވެދިޔަ ފަސް ސީޒަނުގައި ރެއާލްގައި މޮޅަށް ކުޅެފަ އެވެ. މިހާތަނަށް އޭނާ ވަނީ 230 މެޗު ކުޅެދީފަ އެވެ.

ސެވިއްޔާރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
15 ޖޫން 2026

ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ

15 ޖޫން 2026
ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ
08 ޖޫން 2026

ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި

08 ޖޫން 2026
ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި
06 ޖޫން 2026

ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

06 ޖޫން 2026
ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
04 ޖޫން 2026

ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ

04 ޖޫން 2026
ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު