Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއަރ ލީގު

ކައިރި މުސްތަގުބަލެއްގައި އަޝްފާގަށް ކުޅެވޭނެކަމަށް ލަފައެއް ނުކުރެވޭ: އިންމަ

އަޝްފާގުގެ މެނިސްކަސް އޭސީއެލް ވަނީ ޑެމޭޖްވެފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 19 ޖުލައި 2023 | ބުދަ 05:37
ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި ސަސްގެ ކޯޗު އިންމަ

ޕްރީ މެޗު ޕްރެސް ކޮންފަރެސްގައި ސަސްގެ ކޯޗު އިންމަ

މިވަގުތު އިންޖަރީގައި ހުރި، އަލީ އަޝްފާގަށް ކައިރި މުސްތަގުބަލެއްގައި ކުޅެވޭނެކަމަށް ލަފާ ނުކުރެވޭ ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) ބުނެފިއެވެ.

ސަސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޝްފާގުގެ އިންޖަރީ އާ ގުޅޭގޮތުން ސުވާލުކުރުމުން އިންމަ ބުނީ އަދި ރިކަވާ ނުވާކަމަށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާގެ މެނިސްކަސް އޭސީއެލް ވަނީ ޑެމޭޖްވެފައެވެ. އިންމަ ބުނީ، އަޝްފާގުގެ ރިކަވަރީއަށް ވަގުތު ނަގާނެ ކަމަށާއި، ރިހެބިލިޓޭޝަން ޕްރޮސެސް އާއި ސްޓްރެންތެނިންގ ޕްރޮގްރާމް ހިންގާފަ ނޫނީ ދަނޑަށް ނުކުމެވޭވަރު ނުވާނެ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ، އުމުރުގެ ގޮތުން އެފަދަ އިންޖަރީތަކަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެކަމަށާއި، ރަނގަޅަށް ރިކަވާ ވެގެން އަދިވެސް ދިވެހި ޕްރިމިއަރ ލީގުގެ ލެވެލްގައި ކުޅެވޭނެ ކަމަށެވެ.

އަޝްފާގް ވަނީ އެންމެ ފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕުގައި ސަސްއަށް ކުޅެފައެވެ. ދެ މެޗުން ލަނޑު ޖަހާ، އޭނާ ވަނީ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އިންމަ ގަބޫލުކުރާ ގޮތުގައި އަޝްފާގުގެ ލީޑަރޝިޕް ޓީމަށް މުހިންމެވެ. އަދި އޭނާ ޓީމުގައި ހުރުމުން ޓިމުގެ މޯޓިވޭޝަން ރަނގަޅުވާކަމަށް ދެކެއެވެ. މި ސަބަބުތަކަށްޓަކައި، އަޝްފާގު ޓީމުގައި ބެހެއްޓުން މުހިންމު ކަމަށް އިންމަ ބުންޏެވެ. އޭނާ އިތުރަށް ބުނީ، ސީޒަނުގެ ވަކިހިސާބަކުން އަޝްފާގު ފެންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ޔަގީންކަމެއް ދެވެން ނެތްކަމަށެވެ.

މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން އިންމަ ބުނީ ކުލަބު މޯލްޑިވްސް ކުރިޔަށް ދާތީ ކޮންމެވެސް ވަރަކަށް ދަތިތަކާ ކުތިމަތިލާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް، އެކަންކަން މެނޭޖްކޮށް މެޗަށް ރަނގަޅު ޓީމެއް ނެރެ ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާނެކަމަށް އިންމަ ބުންޏެވެ. މީގެއިތުރުން އޭނާ ވަނީ ޓީމުގެ އެޓޭކިން ކުޅުންތެރިންގެ ކުޅުމަށް ތައުރީފްކޮށް ވާހަކަދައްކާފައެވެ. އޭނާ އިތުރަށް ބުނީ، އިދިކޮޅު ޓީމު ތާވަލުގައި އޮތް ހިސާބަކަށް ނުވިސްނާ، އަބަދުވެސް ވިސްނަނީ އަމިއްލަ ޓީމުގެ ގޭމް އެންމެ ރަނގަޅަށް ޖެއްސުމަށް ކަމަށެވެ.

ސަސް އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ. ބްރޭކަށްފަހު ކުޅުނު ފުރަތަމަ މެޗުން ދެ ޓީމުވެސް ވަނީ ބަލިވެފައެވެ.

ދިވެހި ޕްރިމިއާ ލީގު 2023އިސްމާއީލް މަހްފޫޒް (އިންމަ)

ކޮމެންޓް

އިތުރަށް ކިޔާލަން

ބުރު އަތުން މާޒިޔާ އަށް 6 ލަނޑުގެ މޮޅެއް

ބުރު އަތުން މާޒިޔާ އަށް 6 ލަނޑުގެ މޮޅެއް

06 ޑިސެމްބަރު 2023
ފަހަތުން އަރައި ޔޫވީ އިން ބުރު ބަލިކޮށްފި

ފަހަތުން އަރައި ޔޫވީ އިން ބުރު ބަލިކޮށްފި

02 ޑިސެމްބަރު 2023
ވާދަވެރި ކަމެއް ނެތް، މާޒިޔާ އަށް 11 ލަނޑުގެ މޮޅެއް

ވާދަވެރި ކަމެއް ނެތް، މާޒިޔާ އަށް 11 ލަނޑުގެ މޮޅެއް

20 ނޮވެމްބަރު 2023
ޓީސީ ބަލިކޮށް، އީގަލްސް އެއް ވަނައިގައި

ޓީސީ ބަލިކޮށް، އީގަލްސް އެއް ވަނައިގައި

20 ނޮވެމްބަރު 2023
ދިވެހި ލީގުން ކުލަބު ވެލެންސިއާ ވަކިވެއްޖެ

ދިވެހި ލީގުން ކުލަބު ވެލެންސިއާ ވަކިވެއްޖެ

15 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު