Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ބުރު އަތުން މާޒިޔާ އަށް 6 ލަނޑުގެ މޮޅެއް

މޮޅާއެކު މާޒިޔާ އޮތީ ލީގު ތާވަލްގެ ދެ ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2023 | ބުދަ 05:35
ލީގުގައި މާޒިޔާ އަދި ބުރު ކުޅުނު މެޗުގެ ތެރެއިން

ލީގުގައި މާޒިޔާ އަދި ބުރު ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.

ލީގުގައި އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު މާޒިޔާ އިންް ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ޙަމްޒާ މުޙައްމަދު (ޙަމްޕު) އެވެ. އެއީ މާޒިޔާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ހަމްޕު ޖަހައިދިން ލަނޑެކެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 25 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ކުޅުންތެރިޔާ ސާބިއާގެ ފޯވާޑް ވޮޖިސްލާވް ބަލަބަނޮވިޗް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ބިދޭސީ ކުޅުންތެރިޔާ ޓޮމޯކީ ވާޑާ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ވަނީ ދަނޑުގެ ލައިޓުތައް ނިވިފަ އެވެ. އެއާއެކު މެޗު ވަގުތު ކޮޅަކަށް މެދު ކަނޑާލަން ވެސް ޖެހުނެވެ. މެޗުގެ ބާކީ ބައި ކުރިއަށް ގެންދިޔައީ ލައިޓަށް ދިމާވި މައްސަލަ ޙައްލު ކުރުމަށްފަހު އެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު 51 ވަނަ މިނެޓުގައި ޖެހީ ބަލަބަނޮވިޗް އެވެ. އޭގެ މިނެޓެއް ފަހުން އެ ޓީމުގެ ފަސް ވަނަަ ލަނޑު ކެހީ ނާއިޒް ޙަސަން (ދާދު) އެވެ. މާޒިޔާގެ ހަ ވަނަ ލަނޑު، 64 ވަނަ މިނެޓުގައ ޖަހާ ބަލަބަނޮވިޗް ވަނީ އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ.

މޮޅާއެކު މާޒިޔާ އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 12 މެޗުން 34 ޕޮއިންޓާއެކު އެވެ. މާޒިޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެއް ވަނައިގައި ކުލަބު އީގަލްސް އޮތީ 35 ޕޮއިންޓާއެކު އެވެ.

ދިވެހި ޕްރިމިއާ ލީގު 2023ބުރު ސްޕޯޓްސް ކްލަބްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި

02 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު