Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ގްރީން ޙާޟިރު ނުވުމުން ޓީސީ އަށް މެޗު ލިބިއްޖެ

9 އޯގަސްޓު 2023 | ބުދަ 02:01

ގްރީނުން މެޗަށް ޙާޟިރު ނުވީ މިހާރު މާލޭގައި ފަތުރެމުންދާ ރޯގާ ޖެހިގެން ގްރީންގެ ގިނަ ކުޅުންތެރިންތަކެއް ބަލިވެ އުޅޭތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޯގަސްޓު 2023 | ބުދަ 02:01
ލީގުގެ ފުރަތަމަ ބުރުގައި ޓީސީ އާއި ގްރީން ކުޅުނު މެޗުގެ ތެރެއިން

ލީގުގެ ފުރަތަމަ ބުރުގައި ޓީސީ އާއި ގްރީން ކުޅުނު މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ކުލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލު ކުރަން އޮތް މެޗު ޓީސީ އަށް ލިބިއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުމަށް ތާވަލްކޮށްފައިވާ މެޗު ޓީސީ އަށް ލިބުނީ ގްރީންގެ ކުޅުންތެރިން މެޗަށް ޙާޟިރުވެފައި ނުވާތީ އެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މީޑިއާ ގްރޫޕަށް ޢަބްދުﷲ ޝިބާއު (ޝިބާ) ފޮނުވި މެސެޖެއްގައި ބުނީ، މިހާރު މާލޭގައި ފަތުރެމުންދާ ރޯގާ ޖެހިގެން ގްރީންގެ ގިނަ ކުޅުންތެރިންތަކެއް ބަލިވެ އުޅޭ ކަމަށް އެ ކުލަބުން އަންގާފައިވާ ކަމަށެވެ. އެހެން ނަމަވެސް މެޗު ފަށަން އޮތް ގަޑިއަށް ގްރީންގެ ކުޅުންތެރިން ޙާޟިރުނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން އެ މެޗު ގްރީން އިން ފޯފިޓު ކޮށްފައިވާ ކަމަށް މުބާރާތުގެ ކޮމެޓީން ނިންމާފައިވާތީ، ޓީސީ އަށް މެޗު ލިބުނު ކަމަށް ވެސް ޝިބާ ވަނީ ބުނެފަ އެވެ.

މިއީ މިފަހަރުގެ ލީގުގައި ޓީމަކުން މެޗަށް ޙާޟިރުނުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ކުލަބު ވެލެންސިއާ އިން ވެސް ވަނީ އެ ކުލަބު ކުޅެން އޮތް މެޗަކަށް ޙާޟިރުނުވެފަ އެވެ. އެއީ ވެސް މާލޭގައި ފެތުރެމުންދިޔަ ރޯގާގެ ސަބަބުންނެވެ. ވެލެންސިއާ އިން ޙާޟިރުނުވީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެން އޮތް މެޗަށެވެ.

އެ މެޗުން ޓީސީ އަށް ލިބުނު ތިން ޕޮއިންޓާއެކު ފަސް ވަނަ މަގާމުގައި އޮތް ޓީސީ ވަނީ ހަތަރު ވަނަ އަށް ޖެހިލާފަ އެވެ. އެއީ އަށް މެޗުން 13 ޕޮއިންޓު ހޯދައިގެންނެވެ. ކުރިން ހަތަރު ވަނައިގައި ބުރު ސްޕޯޓްސް ކުލަބު އޮތީ ހަތް މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. އެހެން ނަމަވެސް ލީގުގައި ބުރުން ދެން ކުޅޭ މެޗު ކާމިޔާބުކޮށް، އެ ޓީމަށް އަލުން ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. މެޗަށް ޙާޟިރު ނުވި ގްރީން އޮތީ ހަތް މެޗުން ހަތަރު ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ.

ދިވެހި ޕްރިމިއާ ލީގު 2023ޓީސީ ސްޕޯޓްސް ކުލަބުކުލަބް ގްރީން ސްޓްރީޓްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
01 ނޮވެމްބަރު 2025

އޮޑިން ގްރީން ބަލިކޮށްފި

01 ނޮވެމްބަރު 2025
އޮޑިން ގްރީން ބަލިކޮށްފި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
02 އޮކްޓޯބަރު 2025

ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ

02 އޮކްޓޯބަރު 2025
ފަހު ވަގުތު ގްރީން އަތުން އީގަލްސް ބަލިވެއްޖެ
01 އޮކްޓޯބަރު 2025

ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި

01 އޮކްޓޯބަރު 2025
ފަހަތުން އަރައި ޔޫވީ އިން ޓީސީ ބަލިކުރިއިރު، ސުހާދު ހެޓްރިކް ހަދައިފި
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް