Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ޓީސީ ބަލިކޮށް، އީގަލްސް އެއް ވަނައިގައި

އީގަލްސް އިން އެއް ވަނައިގައި އޮތީ ކުޅުނު 11 މެޗުން 29 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ނޮވެމްބަރު 2023 | ހޯމަ 00:24
މެޗުގައި ލަނޑު ޖެހުމަށްފަހު އީގަލްސްގެ ރިޒޭ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އީގަލްސްގެ ރިޒޭ އުފާ ފާޅު ކުރަނީ

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ކުލަބު އީގަލްސް އެއް ވަނައިގައި ދެމި އޮވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އީގަލްސް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އީގަލްސް އިންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އިބްރާހީމް މަހުދީ ޙުސެއިން (ފޭދޫ އިއްބެ) ނެވެ. ދެ ވަނަ ހާފަށް ނިކުމެ ޓީސީން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒަޔާން ނަސީރު އެވެ. ނަމަވެސް، އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ދެ ވަނަ ލަނޑެެއް ޖަހައި މެޗުން ތިން ޕޮއިންޓު ހޯދައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަޙުމަދު ރިޒުވާން (ރިޒޭ) އެވެ.

މޮޅާއެކު އީގަލްސް އިން ވަނީ ކުޅުނު 11 މެޗުން 29 ޕޮއިންޓު ހޯދައިފަ އެވެ. އެ ޓީމުގެ ފަހަތުން ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

ދިވެހި ޕްރިމިއާ ލީގު 2023ކުލަބު އީގަލްސްޓީސީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
09 ނޮވެމްބަރު 2025

ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް

09 ނޮވެމްބަރު 2025
ޔޫވީ ބަލިކޮށް އީގަލްސް އިން ގަދަ ހަތަރަކަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
28 އޮކްޓޯބަރު 2025

އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި

28 އޮކްޓޯބަރު 2025
އީގަލްސްއާ އެއްވަރުގެ ނިއު ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު