Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދިވެހި ޕްރިމިއާ ލީގު

ބުރާސްފަތި ދުވަހު ދިވެހި ލީގު އަލުން ފަށަނީ

ލީގުގެ ކުޅުން ނުފެށި ލަސް ވާން ޖެހުނީ، ފުލުހުން ބައެއް ސާމާނު ގެންގޮސްގެން ކަމަށް މީގެ ކުރިން އެފްއޭއެމުން ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 22:58
ދިވެހި ލީގުގައި މާޒިޔާ އަދި ސަސް ކުޅުނު މެޗެއްގެ ތެރެއިން

ދިވެހި ލީގުގައި މާޒިޔާ އަދި ސަސް ކުޅުނު މެޗެއްގެ ތެރެއިން

ހުއްޓިފަައިވާ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން، ބުރާސްފަތި ދުވަހު އަލުން ފަށަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

ދިވެހި ލީގުގެ ކުޅުން އެންމެ ފުރަތަމަ މެދު ކަނޑާލީ ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކާއި، އޭއެފްސީ ކަޕަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތައްޔާރުވުމަށެވެ. އޭގެ ފަހުން އަލުން ލީގު ފަށަން ތާވަލްކޮށްފައި އޮތީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަހު ވެސް ލީގުގެ ކުޅުން އަލުން ފެށިފައެއް ނުވެ އެވެ. އޭގެ ދުވަސްތަކެއް ކުރިން އެފްއޭއެމާ ދެކޮޅަށް ދިވެހި ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން އެ އިދާރާ ބަލައި ފާސް ކުރުމަށްފަހު، ތަހުގީގަށް ބޭނުންވާ ބައެއް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ މައްސަލައިގައި އެފްއޭއެމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުން، ފުލުހުން އެފްއޭއެމް ބަލައި ފާސް ކުރުމަށް ފަހު ގެންދިޔަ ސާމާނުގެ ތެރޭގައި، ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތަށް ބޭނުންވާ ސާމާނު ވެސް ހިމެނެ އެވެ. އެކަމުގެ ސަބަބުން ދިވެހި ލީގުގެ ކުޅުމާއި، ކުރިއަށް ރާވާފައިވާ އެހެނިހެން މުބާރާތްތައް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް އެފްއޭއެމްގެ އެ ވާހަކަތައް ފުލުހުން ދޮގު ކުރެ އެވެ. ފުލުހުން ބުނީ، އިދާރާ ބަލައި ފާސް ކުރުމަށްފަހު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެއްޗާއި ގުޅިގެން އެފްއޭއެމްގެ ހިންގުމަށް ނުވަތަ އެފްއޭއެމްގެ އެއްވެސް މުބާރާތެއް ހިންގުމަށް ހުރަހެއް ދިމާވާނެ ޙާލަތެއް ނޯންނާނެ ކަމަށެވެ. ފުލުހުން ބުނީ އެފްއޭއެމުން ނެރުނު ބަޔާނުގައި އެކަން އެގޮތަށް ދިމާވެފައިވާ ކަމަށް ބުނެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ފުލުހުން އިސްވެ އެފްއޭއެމާ ވާހަކަ ދައްކައި، އެފްއޭއެމުން އެދުނު ކޮމްޕިއުޓަރ ހާރޑްޑިސްކުގެ އިމޭޖް އެކްސްޓްރެކްޝަން ހެދުމަށްފަހު، ވަގުތުން ހަވާލު ކޮށްފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕުގައި އެ އިދާރާގެ ޖެނަރަލް ސެކްރެޓަރީ ޙުސެއިން ޖަވާން (ޖަވާ) ވިދާޅުވީ، ލީގުގެ ކުޅުން އަލުން ފަށާނީ ބުރާސްފަތި ދުވަހު ކަމަށެވެ. ނަމަވެސް ލީގުގެ ޝެޑިއުލް ހާމަ ކުރެވޭނީ، އެފްއޭއެމްގެ އެކްސްކޯއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ޖަވާ ވަނީ ވިދާޅުވެފަ އެވެ. ލީގުގައި ދެން އޮންނާނީ ކުލަބު އީގަލްސް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލު ކުރާ މެޗެވެ. އެއަށްފަހު އޮންނާނީ މާޒިޔާ އަދި ވެެލެންސިއާ ބައްދަލު ކުރާ މެޗެވެ.

ލީގުގެ ކުޅުން އަލުން ފަށަން ތައްޔާރުވަމުން އަންނައިރު، މި ވަގުތު އެއް ވަނައިގައި އޮތީ ކުލަބު އީގަލްސް އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ނުވަ މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެވެ. އެއީ އީގަލްސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން، 22 ޕޮއިންޓާއެކު އެވެ.

ދިވެހި ޕްރިމިއާ ލީގު 2023ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު