Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުފާވެރި އަމާން ރާއްޖެ ކެމްޕޭން

ގިނަ ބަޔަކާއެކު މަސައްކަތްކުރެވިއްޖެ، ރައީސްއަށްވުރެ ކުފޫ ހަމަވާ ކެންޑިޑޭޓެއް ނެތް: އިމްރާން

ރައީސް މަޝްރޫއުތައް ހިންގަވަނީ ތަފާތުކުރުމެއް ނެތި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 ޖުލައި 2023 | ހޯމަ 03:15
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްވުރެ ބޮޑަށް ކުފޫ ހަމަވާ ކެންޑިޑޭޓެއް ނެތް ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ މ. ދިއްގަރުގައި ކުރިއަށްދިޔަ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އިމްރާން ވިދާޅުވީ މިހާތަނަށް ގިނަ ބަޔަކާއެކު އެމަނިކުފާނަށް މަސައްކަތްކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ރައީސުން ވެސް ހިމެނިވަޑައިގަންނަވާއިރު، ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށްވުރެ ބޮޑަށް ރައްޔިތުންނަށްޓަކައި ހެޔޮ އެދިވަޑައިގެން އިޚްލާސްތެރިކަމާއި އޯގާތެރިކަމާއެކު ވެރިކަން ކުރެއްވި ބޭފުޅެއް ފެނިވަޑައިނުގަންނަވާކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ހިންގާއިރު އެއްވެސް ރަށެއް ތަފާތު ނުކުރާ ކަމަށެވެ. މިހާތަނަށް ހަމައެކަނި މ. އަތޮޅަށް ބަލާލިޔަސް 3 އަހަރުތެރޭ 84 ޕްރޮޖެކްޓު ހިންގާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.

އަދި ކުރިއަށް މަސައްކަތްތައް ހުރީ ކަމަށާއި، އެ މަސައްކަތްތައް ނިންމަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ފުރުސަތެއް ދިނުމަށް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲއުފާވެރި އަމާން ރާއްޖެ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2023

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން
06 އޮކްޓޯބަރު 2023

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ
20 ސެޕްޓެމްބަރު 2023

ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް

20 ސެޕްޓެމްބަރު 2023
ދެވަނަ ބުރެއް އަތުވެދާނެކަމަށް ބަލާ ތިބީ އެކަމަށް ތައްޔާރުވެގެން: ރައީސް
19 ސެޕްޓެމްބަރު 2023

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް

19 ސެޕްޓެމްބަރު 2023
މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް
19 ސެޕްޓެމްބަރު 2023

ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި

19 ސެޕްޓެމްބަރު 2023
ރައީސް މެދު ހެންވޭރާއި ހެންވޭރު ހުޅަނގުގެ ގެތަކަށް "ދޮރުން ދޮރަށް" ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު