Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުފާވެރި އަމާން ރާއްޖެ

މުއިއްޒުއަކީ ރާއްޖޭގެ އިޤްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން: އިއާދު

ޕެންޝަން ފަންޑަކީ އަމިއްލަ އެކައުންޓެއް ގޮތަށް މެނޭޖް ކުރާ އެއްޗެއް ނޫން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 01:00
އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިއާދު ހަމީދު

އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިއާދު ހަމީދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުއަކީ ރާއްޖޭގެ އިގްތިސާދު މެނޭޖްކުރުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ މާފަންނުގައި ބޭއްވި "ކަންމަތީ" ޖަލްސާގައި ވާހަކަދައްކަވަމުން އިއާދު ވިދާޅުވީ ވޯޓުލިބޭނެހެން ހީވާ ކޮންމެ ވާހަކައެއް، ހިސާބުކުރުމެއް އަދި ދިރާސާ ކުރުމެއް ނެތި އިދިކޮޅު ކެންޑިޑޭޓް މުއިއްޒު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަވައްޓެރި ސްރީލަންކާއަށް ޖެހުނު ހާލަތު ހާމަކުރައްވައި ވިދާޅުވީ އެ ޤައުމުވެސް ބަނގުރޫޓުވެފައިވަނީ ދެކޮޅު ނުޖެހޭ ސިޔާސަތުތަކެއް ގެންގުޅެ، އެ ކަންކަން ކުރުމަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި މުއިއްޒުވެސް ކަންތައްތައް ކުރައްވަނީ އެގޮތަށް ކަމަށާއި އޭނާ ވެރިކަމާ ހަވާލުވެވަޑައިގެން، މިހާރު ކުރައްވަމުންގެންދަވާ ވައުދުތައް ފުއްދަވައިފިނަމަ ރާއްޖެ ބަނގުރޫޓުވުމަކީ ގާތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕެންޝަން ފަންޑާ ގުޅޭގޮތުން މުއިއްޒު ގެންގުޅުއްވާ ސިޔާސަތަށް އިޝާރާތް ކުރައްވައި އިއާދު ވިދާޅުވީ ކޮންމެ މީހަކުވެސް ފަންޑަށް ފައިސާ ޖަމާކުރާތާ 10 އަހަރު ތެރޭގައި ފައިސާ ނެގޭގޮތަށް ހަދާނެ ކަމަށް މުއިއްޒު ވިދާޅުވާއިރު، ޕެންޝަން ފަންޑަކީ އެގޮތަށް މެނޭޖު ކުރާ އެއްޗެއް ނޫންކަން ކިރިޔާވެސް އިގްތިސާދީ ހޭލުންތެރިކަމެއް ހުރި މީހަކަށް އެނގޭނެ ކަމަށެވެ. އަމިއްލަ އެކައުންޓެއް ގޮތަށް ފައިސާ ނަގަން ޖެހިއްޖެ ނަމަ ޕެންޝަން ފަންޑު ބަނގުރޫޓުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިގްތިސާދީ ލީޑަރޝިޕްގެ ދަށުން މިއަދު ރާއްޖެއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް އިގްތިސާދު ކަމަށެވެ. އެކަން އެމަނިކުފާނު ޖެހިޖެހިގެން ތިން އަހަރު ދިފާއު ކުރައްވާފައިވާ ކަމަށާއި ރާއްޖޭގެ އިގްތިސާދުގެ ހުންގާނު ދޫކޮށްލާނީ ކޮން ބޭފުޅަކަށްތޯ ދިވެހިން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ވެސް އިއާދު އަލިއަޅުވާލެއްވިއެވެ. އެގޮތުން، އެ ދައްކަވަނީ އަނެއްކާވެސް އެޓޯލްސް މިނިސްޓްރީ އުފެއްދުމުގެ ވާހަކަ ކަމަށާއި އެގޮތް ދިވެހިން ބޭނުން ނުވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

2023 ރިޔާސީ އިންތިޚާބުއުފާވެރި އަމާން ރާއްޖެޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު