Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސޯސަން ޖަގަހަ ބައްދަލުވުން

ހާފް ޓައިމުގައި ރަނގަޅަށް ރާވާލައިފިން، ބަދަލުތަކެއް ގެނެސް ބުންވަރު ހުރި މީހުން ނެރެ މެޗް ކާމިޔާބުކުރާނަން: ރައީސް

ދެވަނަ ބުރު ކުޅޭނެ ގޮތް އިންތިޒާމު ކޮށްލައިފިކަމަށާއި ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުވެސް ކޮށްފިންކަމަށް ރައީސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 18:02
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ނިކުމެ މިތިބީ މެޗަކަށް ކަމަށާއި މިމެޗުގެ ފުރަތަމަ ހާފު ނިމުނުނަމަވެސް އެއީ މުޅި މެޗް ނިމުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސްގެ ވާހަކަފުޅު ފެއްޓެވީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު ފަރާތްތައް އެތަނުން ފެނިގެންދިޔުމަކީ ލިބިވަޑައިގަންނަވާ އުފާފުޅެއްކަމަށް ވިދާޅުވެއެވެ. އެއާއެކު އެމްޑީޕީގެ ރޫހާއި ޖޯޝާއި އަޒުމު އެތައް ގުނައަކަށް އިތުރުވެގެންގޮސްފިކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެން އެކަން ވެގެންދިޔައީ ފުރަތަމަ ބުރުގައި ނިކުތް ނަތީޖާ އާއެކު އަނެއްކާވެސް މާޒީގައި ފެނިގެންދިޔަ އަނިޔާވެރިކަމަށް ދާން ބޭނުންނުވާތީކަމަށް ރައީސް ވިދާޅުވިއެވެ.

ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވީ މެޗްގެ ފުރަތަމަ ހާފް ނިމިއްޖެކަމަށާއި ބައެއް ފަހަރު ފުރަތަމަ ހާފުގައި ތިން ލަނޑު އެއް ލަނޑުން، ހަތަރު ލަނޑު އެއް ލަނޑުން ބަލިވެ, އަނެއް ބަޔަކު މޮޅުވާކަމަށެވެ. އެގޮތުން މިހާރު އެމްޑީޕީގެ ކޯލިޝަން މިއޮތީ ތިނެއް އެކެއްގެ ތަފާތެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ދެވަނަ ހާފުގައި ނިކުމެ މޮޅުވާނެކަމަށާއި ހާފް ޓައިމުގައި ޗޭންޖިންގ ރޫމަށް ވަދެ ކަންކަން ރާވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮތް ފުރަތަމަ ބުރުގައި ގޯސްތަކެއް ހެދިފައިވާކަމަށެވެ. ވޯޓުލުމުގައި ފަރުވާކުޑަކުރެވިފައިވާކަމަށާއި ފުރަތަމަ ހާފް ގެއްލިގެންދިޔައީ އެކަމުގެ ސަބަބުންކަމަށެވެ. އެހެންކަމުން ފުރަތަމަ ކުރަންވީ ކަމަކީ ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ފުރުސަތުގައި އެކަން ރަނގަޅަށް ކުރުންކަމަށް ރައީސް ވިދަޅުވިއެވެ.

އެއަށްފަހު މީހުން ކައިރިއަށް ޑޯޓުޑޯއަށް ޓީމުތައް ހަދައިގެން ނިކުންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓް މިހާރުވަމުންދާ ވައުދުތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ގައުމު ބަނގުރޫޓްވެފައިވާކަމަށް ބުނެ މިހާރު ވައުދުވަމުންދަނީ ބައެއް މުއައްސަސާތަކުގެ މުސާރަ ދެގުނަ ކޮށް ކުލި ކުޑަކުރުމުގެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއީ އެއްވެސް ޕްލޭނެއް ރޭވުމެއްނެތި ވަމުންދާ ވައުދުތަކެއްކަމަށާއި މަގްސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން އަނެއްކާވެސް އިންތިޚާބު ކާމިޔާބުކޮށް ރާއްޖޭގައި ބިރުވެރިކަމާއި ނާމާންކަން ފެތުރުންކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު