Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު 2023

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

މި ވަގުތަކީ އެންމެން އެއްކޮށް އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އިމްރާން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 02:44
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއްމުންނާއެކު ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއްމުންނާއެކު ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައިކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއްމުންނާއެކު ސޯސަން ޖަގަހައިގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިމްރާން ވިދާޅުވީ އިދިކޮޅު ފަރާތްތައް ވެރިކަމަށް އައިސްފިނަމަ ފުރަތަމަ މަހުން ފެށިގެން ދައުރު ތެރޭގައި ޖަލަށް ލާނެ މީހުންގެ ލިސްޓު މިހާރުވެސް އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން އެއީ ވިސްނަން ޖެހޭ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ރައްޔިތުން ޖަލަށްލާ އަނިޔާވެރިވާން ރައްޔިތުން ފުރުސަތު ނުދޭނެ ކަަމަށެވެ. ލޯކަލް ކައުންސިލްތައް އުވާލަން ދޫކޮށްލައިގެން ތިބެގެން ނުވާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެނަމަ ވާނެ ގޮތް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެންނަށް މިހާރުވެސް ސިފަކުރެވޭ ކަމަށް އިމްރާން ވިދާޅުވިއެވެ. ރާއްޖެ ދަނީ ވަރަށް ބޮޑު ފިތުނަވެރިކަމެއްގެ ތެރެއަށް ކަމަށާއި ބިރުވެރިކަމެއްގެ ތެރޭގައި ދިވެހިން ތިބެން ދޫކޮށްލައިގެން ނުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ވަގުތަކީ އެންމެން އެއްކޮށް އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން މީގެ 20 އަހަރު ކުރިން ގައުމުގެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރި މީހުންނަށް މި ވަގުތު ގައުމާ މެދު އަޅާނުލައިފިނަމަ ދެން ޤައުމަށް ވާނެ ގޮތް ވަރަށް ރީތިކޮށް ފެންނާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. މި ޤައުމު ހަރާބުގެ ތެރެއަށް ދޫކޮށްލަން އާއްމުން ނުތިބޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވަނީ 2000ގެ ކުރީކޮޅު ރާއްޖެ އޮތް ހާލަތުން 2023 އަށް އައި އިރު ސިޔާސީ ގޮތުން އައި ބަދަލުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމްޑީޕީގެ މި ވެރިކަމުގައި ރައްޔިތުންނަށް ހަމަޖެހުމާއި ހިތްފަސޭހަކަން ލިބުނު ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ އެކަމުގެ ސަބަބުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އައި އިރު ބައެއް މީހުން ކުދިކުދި ކަންކަމާއި ބޮޑާ ހާކައިގެން ތިބި ކަމަށެވެ. ކުދިކުދި ކަންކަން ނުވާ ކަމަށް ބުނެ އަދި އެއްބުރުން އެ މީހުން ވޯޓު ނުދިނަސް ހޮވޭނެ ކަަމަށް ގަބޫލުކު ކުރެވުމުން ވޯޓުލާން ނުނިކުންނަ މީހުންވެސް ތިބި ކަމަށް އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

05 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

04 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު