Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކަންމަތީ ޖަލްސާ

އެމްޑީޕީއާއެކު އެމްޑީއޭއިން ކޯލިޝަން ހެދީ ޖަޒީރާވަންތަކޮށް ރާއްޖެ ތަރައްޤީކުރަން އެހެން ބަޔަކަށް ނޭންގޭތީ: ސާލިމް

ރައީސް ޞާލިހާއެކު ކުރިޔަށްދާން އެމްޑީއޭއިން ބޭނުންވީ ރައްޔިތުންގެ ދިރިއުޅުން މިހާބޮޑަށް ތަނަވަސްކޮށްދިން ވެރިއެއް ރައީސް ޞާލިހު ނޫނީ ނެތުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 02:20
އެމްޑީއޭގެ ކައުންސިލު މެންބަރު ހުސައިން ސާލިމް މުހައްމަދު

އެމްޑީއޭގެ ކައުންސިލު މެންބަރު ހުސައިން ސާލިމް މުހައްމަދު

އެމްޑީޕީއާއެކު އެމްޑީއޭއިން ކޯލިޝަން ހެދުމުގެ މައިގަނޑު އެއް ސަބަބަކީ ޖަޒީރާ ވަންތަކޮށް ރާއްޖެ ތަރައްޤީކޮށްދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނޫން ވެރިއަކަށް ނޭންގުންކަމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ކައުންސިލު މެންބަރު ހުސައިން ސާލިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހުގެ ރޭ ސޯސަން ޖަގަހަ ކުރިމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ސާލިމް ވިދާޅުވީ އެމްޑީއޭއިން ވަނީ މީގެކުރިންވެސް އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދައިގެން ރައްޔިތުންނަށް ތަރައްޤީ ހޯދައިދިނުމަށް މަސައްކަތްކޮށްފައިކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ހޯދައިދޭން ކުރި މަސައްކަތުގައި ޖެހުނީ ފަހަތަށް ޖެހެންކަމަށް ސާލިމް ވިދާޅުވިއެވެ.

ފަހަތަށް ޖެހި ރައީސް ޞާލިހާއެކު ކުރިޔަށްދާން އެމްޑީއޭއިން ބޭނުންވީ ރައްޔިތުންގެ ދިރިއުޅުން މިހާބޮޑަށް ތަނަވަސްކޮށްދިން ވެރިއެއް ރައީސް ޞާލިހު ނޫނީ ނެތީމަކަމަށް ސާލިމް ވިދާޅުވިއެވެ. ރައްޔިތުންނަށް މިހާބޮޑަށް ޚިދުމަތްކޮށްދިން ވެރިއެއް ރައީސް ޞާލިހު ނޫނީ ނެތްކަމަށާއި ދެވަނަ ދައުރެއް ރައީސަށް ދޭންޖެހެނީވެސް އެސަބަބަށްޓަކައި ކަމަށް ސާލިމް ވިދާޅުވިއެވެ.

މީގެއިތުރުން މީގެ ފަސް އަހަރު ކުރީގެ ހަނދާންތައް މިއަދު އައުކޮށްލަންޖެހޭކަމަށް ސާލިމް ވިދާޅުވިއެވެ.

ސާލިމް ވިދާޅުވީ މީގެ ފަސް އަހަރުކުރިން ކަންކަން ވެފައިވާ ގޮތް ހަނދާން ނައްތާލައިގެން ނުވާނެކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އޮންނަ ދެވަނަ ބުރެއްގައި އެންމެންގޮސް ވޯޓުލާން ޖެހޭކަމަށާއި އެކަމަށް ފަރުވާކުޑަކޮށްގެންނުވާނެކަމަށް ސާލިމް ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އުފާވެރި އަމާން ރާއްޖެރިޔާސީ އިންތިޚާބު 2023

އިތުރަށް ކިޔާލަން

04 މެއި 2025

މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ

04 މެއި 2025
މައްސަލަ ތަކެއް ޖެހި، ސަރުކާރު ކޯލިޝަނުން އެމްޑީއޭ ވަކިވެއްޖެ
01 ފެބުރުއަރީ 2025

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

01 ފެބުރުއަރީ 2025
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
01 ފެބުރުއަރީ 2025

ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭއިން ބުނެފި

01 ފެބުރުއަރީ 2025
ސަރުކާރުގެ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް އެމްޑީއޭއިން ބުނެފި
05 އޮކްޓޯބަރު 2023

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި
05 އޮކްޓޯބަރު 2023

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

05 އޮކްޓޯބަރު 2023
ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު