Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބޯހިޔާވަހިކަން

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޭނަން، ސިޔާސަތުވަނީ އެކުލަވާލާ ނިމިފައި: ރައީސް

މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި ހިޖުރަކޮށްގެން އުޅޭ އެންމެންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދޭނެކަމަށް ރައީސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 18:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މާލޭގެ ދަފްތަރުގައި ޖެހިފައިވާތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނާއި މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ އެންމެންނަށް ޚާއްސަކޮށް ގޯއްޗާއި ފްލެޓް ލިބޭނެ ހައުސިންގ ސްކީމެއް އެކުލަވާލާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މާލޭ ރަށްވެެހިންނަށް އެކަނި ގޯއްޗާއި ފްލެޓް ދިނުމަށް ކުރިޔަށްގެންދިޔަ ބިންވެރިޔާ ސްކީމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އަންގާރަ ދުވަހުގެ ރޭ ގަލޮޅު ކަންމަތީގައި ކުރިޔަށްގެންދިޔަ ކަންމަތީ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބޯހިޔާވަހިކަންކަމަށެވެ. މާލޭގައި އެތައް އަހަރަކު އުޅޭ މީހާއަށް އޭނާ އުފަން ބިމުން ބޯހިޔާވަހިކަން ނުލިބޭއިރު މާލެއިންވެސް ބޯހިޔާވަހިކަން ލިބޭނެ މަގެއްނެތްކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން މިސަރުކާރުން މިމައްސަލައަށް ހައްލު ގެނައުމަށް އެކަމާއި ގުޅުންހުރި ސިޔާސަތުތައް މިހާރު އެކުލަވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ކުރިންވެފައިވާ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން ކަސްޓަމްސް އާއި ޔުނިވަރސިޓީ އާއި ކަރެކްޝަންސްގެ މުވައްޒަފުންނަށް ފްލެޓް ދިނުމުގެ ކަންކަން މިހާރު ހިނގަމުންދާކަމަށެވެ. އެގޮތުން ކަސްޓަމްސްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން މިހާރު ހާމަކޮށްފައިވާއިރު ކުރިޔަށް އޮތްތަނުގައި ޔުނިވަރސިޓީތަކާއި ކަރެކްޝަންސްގެ މުވައްޒަފުންގެ ފްލެޓްތައްވެސް ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން އެމްޕީއެލްގެ މުވައްޒަފުން މީގެ ދެދުވަސްކުރިން ރައީސް އާ ބައްދަލުކުރައްވާ އެމްޕީއެލް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުކަމުގެ ޝަކުވާކޮށްފައިވާކަމަށާއި އެމްޕީއެލް ފްލެޓްތައް ލިބޭ ފަރާތްތަކުގެ ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ހެޔޮބަދަލެއް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެކަންވެސް ވަރަށް އަވަހަށް އިއުލާންކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގެ ގޭގެއަށް ކުރާ ޒިޔާރަތުގައި ގިނަ ބައެއްގެ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވުނު ވިނަރެސް ފްލެޓްގެ ޑައުންޕޭމަންޓާއި ކުލި ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން އެތަނުގެ ޑައުންޕޭމަންޓަށް ބަދަލު ތަކެއް ގެނެސް ކުލި ކުޑަކޮށް ހެޔޮ ބަދަލެއްގެންނަވާނެކަމަށާއި އެކަންވެސް އިއުލާންކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އުފާވެރި އަމާން ރާއްޖެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު