Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ކޯޗު ޕްރެސްދޫކޮށް ދިޔުން

ކޯޗު ޕްރެސް ދޫކޮށް ދިޔުން: ޝާހުގެ ހިޔާލު ތަފާތު، ގޯހީ މެނޭޖަރު ޕްރެސް ކުރިއަށް ގެންދިޔުން

ނޫސްވެރިންގެ ސުވާލުތަކަށް ކޯޗު ފުރުޞަތެއް ނުދޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 26 ޖޫން 2023 | ހޯމަ 03:51
ޝާހު އިސްމާއީލް

ޝާހު އިސްމާއީލް

އާދިއްތަ ދުވަހު ސާފް ޗެމްޕިއަންޝިޕްގައި ބަނގްލަދޭޝް އަތުން ރާއްޖެ ބަލިވި މެޗަށްފަހު ރާއްޖޭގެ ޤައުމީ ޓީމްގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަމަލުކުރިގޮތާ މެދު ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކެޓްރީ ޝާހު އިސްމާއީލް ތަފާތު ހިޔާލެއް ފާޅުކޮށްފިއެވެ.

ކޯޗު ދިވެހި ކުޅުންތެރިންނަށް ފާޑުކިޔައި, ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދި, ނޫސްވެރިންގެ ސުވާލުތަކަށް ފުރުޞަތު ނުދީ ޕްރެސް ދޫކޮށް ދިއުމުން ގިނަ ބައެއްގެ ފާޑުކިއުން އަންނަނީ އަމާޒުވަމުންނެވެ. އެއީ ކޯޗުގެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭނެކަމެއްކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި އަންނަނީ ބުނަމުންނެވެ. މީޑިޔާތަކާ ކޯޗު ފިލައިގެން އުޅޭވާހަކަ ދެކެވޭ މިންވަރު ބޮޑުވެ, ކޯޗަށް ވަނީ ޕްރެޝަރު ވަރަށް ބޮޑުވެފައެވެ. އެގޮތަށް ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ކޯޗަށް ނުދެވޭނެކަމަށް ގިނަބަޔަކު ބުނި ނަމަވެސް އޭއެފްސީގެ މެޗު ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ޝާހު އިސްމާއީލްގެ ހިޔާލު ތަފާތެވެ.

ހޯމަ ދުވަހު ހެނދުނު އޭނާ ސޯޝަލް މީޑިޔާއަށް ދޫކޮށްލި މެސެޖްގައި އެހެން އެންމެންނާ އެއްބަސްވެފައިވަނީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ޕޯސްޓް މެޗު ޕްރެސްކޮންފަރެންސަށް ޓީމްގެ ހެޑްކޯޗު ހާޒިރުވެ މެޗާއި ބެހޭގޮތުން ވާހަކަދެއްކުން މަޖުބޫރުކަމަށެވެ. އޭނާގެ ހިޔާލު ތަފާތީ ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތުދީ, ޖަވާބުދޭން މަޑުކުރުން ލާޒިމްކަމާމެދުގައެވެ.

ޝާހު އިތުރަށް ވިދާޅުވީ ޕްރެސްކޮންފަރެންސްގައި ކޯޗު ބުނަން ބޭނުންވާވަރަށް ބުނެ, އިތުރު ފުރުޞަތު ނުދީ ޕްރެސްކޮންފަރެންސް ދޫކޮށް ދިއުމަކީ ޑިސިޕްލިނަރީ ފިޔަވަޅު އަޅަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރަން ދަތިކަމަށެވެ. ކުރީގެ އެއްވަނަ ފޯވާޑް އިތުރަށް ފާހަގަކުރެއްވީ ބައެއް އިމޯޝަނަލް ވަގުތުތަކުގައި ގިނަ ކޯޗުން ވަޒީފާގެ ވަގުތު ހަމަވެއްޖެކަމަށް އިހުސާކުރެވޭ ހިސާބުން އިތުރަށް ބަސްބުނެ ނުހަދާ ޕްރެސް ބްރީފިންގ ކުރުކޮށް ނުކުމެފައިހުރި މަދެއްކޮށެއްނޫންކަމެވެ.

ކުޅުންތެރިއެއްގެ އިތުރުން ކުޅިވަރުގެ އިދާރީ ހިންގުމުގައިވެސް ތަޖުރިބާ ބޮޑު ޝާހުގެ ނަޒަރުގައި ގޯހީ ގައުމީ ޓީމްގެ ކޯޗް ޕްރެސްބްރީފިންގ އެއް ނިންމާލާ ހިސާބުން، ޓީމް މެނޭޖަރު އަލުން ޕްރެސްބްރީންފިންގެ ކުރިއަށް ގެންގޮސް އިތުރު ވާހަކަ ދައްކާ ހެދުމެވެ. އަދި ކޯޗުގެ މައްސަލަތައް ބަލާނެ ވާހަކަ މީޑިއާއި ހިއްސާކުރުމަކީ، މުބާރާތު ގަވައިދާއި ބީރައްޓެހި އަދި ޕޯސްޓްމެޗް ޕްރެސް ބްރީޕިންގެ ޑިއު ޕްރޮޓަކޯލްއާއި ޚިލާފު ސިފައެއްކަންވެސް ޝާހު ފާހަގަކުރައްވާފައިވެއެވެ. ޝާހުގެ ވާހަކަތަކާއި ތަޖުރިބާ ކާރު ކޯޗު މައުރޫފްް އަހުމަދު (މާއްޓޭ) ވެސް ވަނީ އެއްބަސްވެފައެވެ.

ޤައުމީ ކޯޗު މޮރިއެރޯ ނޫސްވެރިންގެ ސުވާލުތަކަށް ފުރުޞަތު ނުދިން މިއީ ފުރަތަމަ ފަހަރެއްވެސް ނޫނެވެ. މުބާރާތުގެ ކުރިން ޖަޕާން ކޭމްޕަށް ފުރިއިރުވެސް ކޯޗު ނޫސްވެރިންނާ ވާހަކައެއް ނުދެއްކިއެވެ.

ޝާހް އިސްމާޢީލް (ސާޔާ)ސާފް ޗެމްޕިއަންޝިޕް 2023

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

އޭއެފްސީގެ ޕޯޓަލަކީ ކެންޑިޑެންސީ ބާތިލުކުރުމަށް އޮތް ހުއްޖަތެއް ނޫން: ސާޔާ

11 ޖެނުއަރީ 2024
އޭއެފްސީގެ ޕޯޓަލަކީ ކެންޑިޑެންސީ ބާތިލުކުރުމަށް އޮތް ހުއްޖަތެއް ނޫން: ސާޔާ
31 އޯގަސްޓު 2023

ކީޕަރު މަބޫ އާއި ޝާހުގެ ޗާލު ފޮޓޯއެއް!

31 އޯގަސްޓު 2023
ކީޕަރު މަބޫ އާއި ޝާހުގެ ޗާލު ފޮޓޯއެއް!
28 ޖޫން 2023

ދިވެހި ފުޓުބޯޅަ ފަހަތަށް "ސޮއްސާލައިފި"، ހިންގަން ތިބި ވެރިން "ނިދާފައި"!

28 ޖޫން 2023
ދިވެހި ފުޓުބޯޅަ ފަހަތަށް "ސޮއްސާލައިފި"، ހިންގަން ތިބި ވެރިން "ނިދާފައި"!
27 ޖޫން 2023

މުބާރާތުގެ ފަހު މެޗުން ނޭޕާލަށް މޮޅެއް

27 ޖޫން 2023
މުބާރާތުގެ ފަހު މެޗުން ނޭޕާލަށް މޮޅެއް
27 ޖޫން 2023

ސިމާއޯ ކޮސްޓާ ދެކޭ ގޮތުގައި ޤައުމީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަކީ މެޗު ނުކުޅުމުގެ މައްސަލަ

27 ޖޫން 2023
ސިމާއޯ ކޮސްޓާ ދެކޭ ގޮތުގައި ޤައުމީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަކީ މެޗު ނުކުޅުމުގެ މައްސަލަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު