Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

އޭއެފްސީގެ ޕޯޓަލަކީ ކެންޑިޑެންސީ ބާތިލުކުރުމަށް އޮތް ހުއްޖަތެއް ނޫން: ސާޔާ

ހިންގާ ކޮމިޓީއަށް ބަދަލެއް ގެނައުމަކީ އެކްލަބަކަށް ލިބިގެންވާ ފުރިހަމަ ހައްގެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 07:46
އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް

އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް

ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަޙުމަދު ޠާރިޤް (ޓޮމް)ގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިލެކްޓޯރިއަލް ކޮމެޓީން ނިންމި ނިންމުމަކީ، ހަރުދަނާ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ނޫން ކަމަށް އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ޝާހު އިސްމާއީލް (ސާޔާ) ވިދާޅުވެއްޖެއެވެ.

ސާޔާ މިހެން ވިދާޅުވީ، ޓޮމްގެ ކެންޑިޑެންސީ ބަލައި ނުގަތުމަށް އިލެކްޓޯރިއަލް ކޮމެޓީން ނިންމި ނިންމުމާ ގުޅޭ ގޮތުން، "ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ސާޔާ ފާހަގަ ކުރެއްވި ގޮތުގައި އިލެކްޓޯރިއަލް ކޮމެޓީގެ ނިންމުމަކީ އިންސާފުން އެއްކިބައިވެ ތިބެ ފުޓްބޯޅާއިގައި ޤައިމްވެފައިވާ އޮންނަ ޖޫރިސްޕުރުޑެންސް ފަހުމުނުވެ ތިބެ ނިންމި ނިންމުމެއްކަން ޤަބޫލް ކުރުމުގެ ފުރުސަތުއޮތް ކަމަށެވެ. އަދި ވަކި ފަރާތަކަށް ބުރަވެ، ނުވަތަ ކޮންމެވެސް ނުފޫޒެއްގައި ޖެހި އިލެކްޓޮރަލް ކޮމިޓީގެ މިނިވަންކަން މުޅިން ގެއްލިފައިއޮތް މަންޒަރު އެނިންމުމުން އިހްސާސް ކުރުމުގެ ފުރުސަތުއޮތްކަމަށް ވެސް ސާޔާ ވަނީ ވިދާޅުވެފަ އެވެ.

ކުލަބު ވެލެންސިއާގެ ބޯޑަށް އައިސްފައިވާ ބަދަލާ ގުޅޭ ގޮތުން ސާޔާ ވިދާޅުވީ، ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ)ގެ ކްލަބް ލައިސަންސް ޕޯޓަލަކީ އޭ.އެފް.ސީ މުބަރާތްތަކުގައި ވާދަކުރާ ކްލަބްތަކުން، އޭއޭފްސީ ކަލްބް ލައިސަންސްގެ ރެގިއުލޭޝަންގެ ބަޔާންކުރާ މިންގަނޑާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކްރައިޓީރިއާތައް އޭއެފްސީއާއި ހިއްސާކުރުމަށް ބޭނުން ކުރަމުންދާ ޕޯޓަލްއެއްކަމަށެވެ. އަދި އެފްއޭއެމް އިން އެޕޯޓަލްއަށް އެކްސަސް ދީފައި އޮންނަނީ އެފްއޭއެމްގެ ކްލަބް ލައިސަންސް އޮފިސަރު މަގާމްގައި ހުރި ޢަބްދުﷲ ޝިބާއު (ޝިބާ) އަށްކަމަށެވެ.

މިގޮތުން ޕޯޓަލްއަށް ކްލަބްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިވާ އޮންނަކަމަށާއި އަދި މުއްދަތުގެ ފަހުން އިތުރު މައުލޫމާތެއް ޕޯޓަލްގައި ހިއްސާކުރާނަމަ، އެކަން ކުރެވެން އޮންނަ މަގަކީ ކްލަބް ލައިސަން އޮފިސަރު ޝިބާގެ އެހީތެރިކަމާއި އެކުގައިކަން ވެސް ސާޔާ ފާހަގަކުރެއްވި އެވެ. ކްލަބް ލައިސަންސް ޕޯޓަލްގައި ހިމަނަން ޖެހޭ ކްލަބްތަކުގެ ހިންގާ ކޮމިޓީގެ މަޢުލޫމާތު ވާންޖެހޭނީ ޤާނުނީ ހައިސިއްޔަތުން ލިބިދީފައިވާ ހިންގާ ކޮމިޓީއެއް ކަމަށާއި، ކްލަބްތަކުގެ ހިންގާ ކޮމިޓީއަށް ޤާނޫނީ ހައިސިއްޔަތު ހޯދަން ކަނޑައެޅިފައިވާ މަގަކީ ކޮމިޝަނަރ އޮފް ސްޕޯރޓްގެ އެންޑޯސްމަންޓްކަން ފާހަގަކުރެއްވި އެވެ.

އެފްއޭއެމްގެ އިލެކްޓޮރަލް ކޮމިޓީންގެ މި ނިންމުން ފާހަގަވެގެން ދަނީ ކޮމިޝަނަރ އޮފް ސްޕޯރޓްސް އަކީ އެއްވެސް ބާރެއް އަދި މަސްއޫލިއްޔަތެއް އޮންނަ މީހެއްގެ ގޮތުގައި ނޫން ކަމަށް ސާޔާ ވަނީ ވިދާޅުވެފަ އެވެ. ކޮމިޝަނަރ އޮފް ސްޕޯރޓްސް، ކުރިން ރަޖިސްޓްރީ ކޮށްދީފައިވާ ކްލަބެއްގެ ހިންގާ ކޮމިޓީގެ މެންބަރުން އަލުން ބަދަލުވެގެން އައި ނަމަވެސް، އޭއެފްސީ ޕޯޓަލްއަށް އެ ހިންގާ ކޮމިޓީގެ މައުލޫމާތު އަޕްލޯޑް ނުކޮށް އޮތް އޮތުމުގެ މައްޗަށް ބިނާކޮށް، އެފްއޭއެމްގެ އިލެކްޓޮރަލް ކޮމިޓީން ނިންމި އެނިންމުމަކީ ބުއްދި ޤަބޫލް ކުރަންދަތި ނިންމުއް ކަމަށް ސާޔާ ވިދާޅުވި އެވެ.

އޭއެފްސީގެ ކްލަބް ލައިސަންސް ޕޯޓަލްއެއީ ކްލަބްތަކުގެ ހިންގާ ކޮމިޓީގެ ސައްޙަކަމާއި އަދި ޤާނޫނީ ހައިސިއްޔަތު ބަލައިގަންނަން ބޭނުކުރާ ޕޯޓަލްއެއްކަން އެފްއޭއެމްގެ އިލެކްޓޮރަލް ކޮމިޓީއަށް އިހްސާސްވުމަކީ މަޖުބޫރީ ހާލަތެއްގެ ތެރެއިން ނިންމި ނިންމުމެއްކަން ވެސް ސިފަވާކަމަށް ސާޔާ ޤަބޫލު ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގައި ކުލަބު ޖަމުއިއްޔާއެއް ރަޖިސްޓްރީކޮށްގެން ކުރިއަށް ދާން ޖެހެނީ، ކުޅިވަރު ޤާނޫނުގެ ތެރެއިންނެވެ. އެ ޤާނޫނުގައި ބުނެފައިވާ ގޮތުން އެފަދަ ޖަމުއިއްޔާއެއްގެ ބެލެނިވެރި ފަރާތަކީ، ކޮމިޝަނަރ އޮފް ސްޕޯރޓްސް އެވެ. އެބަޔަކު ކަނޑައަޅާ ހިންގާ ކޮމެޓީއެއް ނުވަތަ ބޯޑެއް ކޮމިޝަންގައި ރަޖިސްޓްރީކުރުމުން، އެ ބަޔަކަށް ޤާނޫނީ ހައިސިއްޔަތު ލިބޭނެކަން ސާޔާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އަދި އެފަދަ ބަދަލެއް ގެންނަން އެއްވެސް ހާލެއްގައި އޭއެފްސީ ނުވަތަ އެފްއޭއެމްގެ ރައުޔަތް ހޯދަން ނުޖެހޭނެކަން ވެސް އެނާ ފާހަގަ ކުރެއްވިއެވެ. އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމެޓީގެ ނިންމުމަށް އަލި އަޅުވާލައި ސާޔާ ވިދާޅުވީ، ކޮމެޓީން ގޮތް ނިންމަން ޖެހޭނީ ދިވެހިރާއްޖޭގެ ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ އެންޑޯޒްމަންޓާ އެކު ޤާނޫނީ ހައިސިއްޔަތު އޮތް ބައެއްތޯ ބެލުމަށްފަހު ކަމަށެވެ. އެއީ ކުލަބަކަށް ލިބިގެންވާ ޙައްގެއް ކަމަށާއި، އޭއެފްސީގެ ޕޯޓަލަކީ ކެންޑިޑެސީއެއް ބާތިލްކޮށްލަން ގެންގުޅެވޭނެ ހަމައެއް ނޫން ކަމަށް ސާޔާ ވިދާޅުވި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ޝާހް އިސްމާޢީލް (ސާޔާ)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު