Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ރަޝީދު (މަބޫ)

ކީޕަރު މަބޫ އާއި ޝާހުގެ ޗާލު ފޮޓޯއެއް!

ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ދިމާވީ ކެމްޕޭން ދަތުރެއްގައި އއ. ހިމަންދޫއިން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 31 އޯގަސްޓު 2023 | ބުރާސްފަތި 06:23
ކީޕަރު މަބޫ (ކ) އާއި ޝާހު އިސްމާއީލް

ކީޕަރު މަބޫ (ކ) އާއި ޝާހު އިސްމާއީލް

ފޭސްބުކް ހާވަމުންދަނިކޮށް ކުރީގެ ގައުމީ ކެޕްޓަން ޝާހު އިސްމާއީލް (ސާޔާ) އޭނާގެ ޕޭޖަށް ލާފައި ފޮޓޯއެއް ފެނިފައި ޝައުގުވެރިކަމާއެކު ބަލައިލެވުނެވެ. ފޮޓޯ ނަގާފައިވަނީ އއ. ހިމަންދޫގަ އެވެ. ފޮޓޯއިން ފެންނަނީ ޝާހު އާއި އޭނާގެ އެކުވެރިޔާ މުހައްމަދު ރަޝީދު ނުވަތަ މަބޫ އެވެ.

މަބޫ އަކީ ކާކު ހެއްޔެވެ؟ އެއީ ރާއްޖޭގެ ކުރީގެ އެއްވަނަ ގޯލްކީޕަރެވެ. ނުވަދިހައިގެ ތެރޭގައި ދިވެހި ގައުމީ ޓީމަށް ސާފް ގޭމްސްގައި މޮޅަށް އޭނާ ކުޅުނެވެ. ކްލަބް ލެގޫންސާއި ޔޫތު އަދި ވިކްޓަރީ އާއި އައިއެފްސީގެ ގޯލު ހުށިޔާރު ކަމާއެކު ބަލަހައްޓައިދިނެވެ. އޭގެ ފަހުން އަތޮޅުތެރޭގެ ގިނަ ޓީމުތަކަކުންވެސް މަބޫ ފެނިގެންދިޔަ އެވެ. އޭނާ އަކީ ރާއްޖެ ދުށް ކުޅަދާނަ ކީޕަރެކެވެ. ރާއްޖޭގެ އެންމެ މޮޅު ކީޕަރުގެ މަގާމު ދެ ފަހަރު ހޯދި އެވެ.

މަބޫ މިހާރު ދިރިއުޅެނީ އއ. ހިމަންދޫގަ އެވެ. އޭނާ އަކީ ވެރިކަންކުރާ އެމްޑީޕީގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. ކެމްޕޭނުގެ މުހިންމު ވަގުތުތަކުގައި އަބަދުވެސް ހުންނަނީ ރީނދުލާއި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ކުލައިން ފަހާފައިވާ ގަމީހާއި ފަޓުލޫގަ އެވެ. މިކަން މީގެ ކުރިން ފެނިފައިވެ އެވެ. ފުޓްބޯޅައިގެ ހަރަކާތަކުން އޭނާ އެންމެ ފަހުން ފެނިގެންދިޔައީ 2012 ވަނަ އަހަރުގެ ވެޓަރަންސް މުބާރާތުގައި ވިކްޓަރީއަށް ކުޅެނިކޮށެވެ.

އޭނާއާއެކު ބައެއް ޓީމުތަކަށް ކުޅުނު ކުރީގެ އެއްވަނަ ފޯވަޑް އަދި އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އަކީ މިހާރު އެމްޑީއޭގެ ސެކްރެޓަރީ ޖެނަރަލް އެވެ. މި އެކުވެރިން ބައްދަލުވިއިރު މަބޫ ރައީސްގެ އިސްތިގްބާލަށް ގޮސްހުރީ ރީނދުލާއި ފެއްސާއި އޮރެންޖް ކުލަ ގުޅުވައިގެން ފަހާފައިވާ ގަމީހަކާއި ހަރުވާޅަކާއި ތާކިހާއެއް އަޅައިގެން ރީނދޫ ކުޑައެއް ހިފައިގެންނެވެ. ޝާހު ފޭސްބުކަށްލި މި ފޮޓޯ ޝައުގުވެރި އެއްޗަކަށްވި އެއް ސަބަބަކީ ވެސް އެއީ އެވެ.

ޝާހު ބުނީ މަބޫއާ ދިމާވުމުން ވަރަށް އުފާވި ކަމަށާއި އެމީހުންގެ ރަންޒަމާނުގެ ވާހަކަ ހިއްސާކޮށް ވަރަށް އެކުވެރި، އުފާވެރި ވަގުތުކޮޅެއް މަބޫއާއެކު ހޭދަކޮށްލެވުނު ކަމަށެވެ.

މުހައްމަދު ރަޝީދު (މަބޫ)ޝާހް އިސްމާޢީލް (ސާޔާ)

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

އޭއެފްސީގެ ޕޯޓަލަކީ ކެންޑިޑެންސީ ބާތިލުކުރުމަށް އޮތް ހުއްޖަތެއް ނޫން: ސާޔާ

11 ޖެނުއަރީ 2024
އޭއެފްސީގެ ޕޯޓަލަކީ ކެންޑިޑެންސީ ބާތިލުކުރުމަށް އޮތް ހުއްޖަތެއް ނޫން: ސާޔާ
26 ޖޫން 2023

ކޯޗު ޕްރެސް ދޫކޮށް ދިޔުން: ޝާހުގެ ހިޔާލު ތަފާތު، ގޯހީ މެނޭޖަރު ޕްރެސް ކުރިއަށް ގެންދިޔުން

26 ޖޫން 2023
ކޯޗު ޕްރެސް ދޫކޮށް ދިޔުން: ޝާހުގެ ހިޔާލު ތަފާތު، ގޯހީ މެނޭޖަރު ޕްރެސް ކުރިއަށް ގެންދިޔުން
13 އޮކްޓޯބަރު 2022

ޝާހު، ކުޅުމާއި ހިންގުންތެރިކަމުގައި ވެސް ފިޔަޖަހާލި ފޯވަޑެއް

13 އޮކްޓޯބަރު 2022
ޝާހު، ކުޅުމާއި ހިންގުންތެރިކަމުގައި ވެސް ފިޔަޖަހާލި ފޯވަޑެއް
23 ސެޕްޓެމްބަރު 2021

ދިވެހި ޕްރިމިއާ ލީގުގެ މަސައްކަތަށް ޝާހް އެފްއޭއެމަށް

23 ސެޕްޓެމްބަރު 2021
ދިވެހި ޕްރިމިއާ ލީގުގެ މަސައްކަތަށް ޝާހް އެފްއޭއެމަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު