Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް ޗެމްޕިއަންޝިޕް

ލަދުވެތި ބައްޔެއް، ރާއްޖެ ބަންގްލަދޭޝް އަތްދަށުވެ ނޭވާ ހޮޅިއަށް!

25 ޖޫން 2023 | އާދީއްތަ 13:03

މިއީ 20 އަހަރު ފަހުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރު

ރާއްޖެ އެމްވީ | 25 ޖޫން 2023 | އާދީއްތަ 13:03
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު މެޗު ފަހަތުން އަރާ 3-1 ން ބަންގްލަދޭޝް ކާމިޔާބުކޮށްފިއެވެ.

މިއީ 20 އަހަރު ފަހުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. މި ބައްޔާއެކު، ސެމީ ފައިނަލްގެ ޖާގަ ހޯދުމަށް ރާއްޖެއަށް ވަނީ ފުރުސަތު ހަނިވެފައެވެ. ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވި ނަމަވެސް، ގުރޫޕު ސްޓޭޖްގެ ފަހު މެޗުގައި ރާއްޖެއިން ލެބަނަން ކައިރިން ރަނގަޅު ނަތީޖާއެއް ހޯދަން މަޖުބޫރު ވާނެއެވެ. ލެބަނަން އަކީ ގުރޫޕު ބީ ގައި ހިމެނޭ އެންމެ ވަރުގަދަ ޓީމެވެ. އެ ޓީމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކައިރިން 2-0 އިން މޮޅުވެފައެވެ.

ރާއްޖެއިން ބަންގްލަދޭޝް މެޗަށް ނިކުމެފައިވަނީ ދެ ބަދަލަކާއެކުއެވެ. ފުރަތަމަ މެޗުގައި ބޫޓާން އާ ދެކޮޅަށް ކުޅުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒް ހަސަން (ދާދު) އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ކުރިހޯދީ ރާއްޖެއިންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ރާއްޖެއިން ލީޑު ނެގިނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަަހައްޓައިގެން ހަމަލާތައް ފޮނުވާފައިވަނީ ބަންގްލަދޭޝް އިންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބަންގްލަދޭޝްގެ ރަކީބް ހުސެއިން ވަނީ ލަނޑެއް ޖަހާ، ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ.

ދެވަނަ ހާފު ފެށިގެންވެސް މޮޅަށް ކުޅެފައިވަނީ ބަންގްލަދޭޝް އިންނެވެ. މެޗުގެ 66 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ތާރިގް ކާޒީ ވަނީ ލަނޑެއް ޖަހާ، މެޗުގައި ފުރަތަމަ ފަހަރަށް ބަންގްލަދޭޝް އަށް ލީޑު ނަގައިދީފައެވެ. މެޗުގެ އިތުރު ވަގުތުގައި ބަންގްލަދޭޝްގެ ތިން ވަނަ ލަނޑު ޖަހައިދިނީ މޮރްސަލިންއެވެ.

ގުރޫޕް ސްޓޭޖް ފަހު މެޗުގައި ރާއްޖެ ނިކުންނާނީ ގުރޫޕުގެ އެންމެ ވަރުގަދަ ޓިމު ކަމަށްވާ ލެބަނަން އާ ދެކޮޅަށެވެ. ބަންގްލަދޭޝް ނިކުންނާނީ ރާއްޖެ އަތުން ބަލިވި ބޫޓާން އާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕް 2023ގައުމީ ހޭންޑްބޯލް ޓީމު

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
18 ނޮވެމްބަރު 2025

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
26 އޮކްޓޯބަރު 2025

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް
12 އޮކްޓޯބަރު 2025

"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

12 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް"، ޤައުމީ ޓީމުގެ މެޗަށް ޚާއްސަ ހަރަކާތެއް ބާއްވައިފި
11 އޮކްޓޯބަރު 2025

ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ

11 އޮކްޓޯބަރު 2025
ފީފާގެ މިއުޒިއަމްގައި ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ
06 އޮކްޓޯބަރު 2025

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި

06 އޮކްޓޯބަރު 2025
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅެން ޤައުމީ ޓީމު ފުރައިފި
04 އޮކްޓޯބަރު 2025

ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް

04 އޮކްޓޯބަރު 2025
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
23 ސެޕްޓެމްބަރު 2025

ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާހު އަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި

23 ސެޕްޓެމްބަރު 2025
ޤައުމީ ޓީމުގެ ކުރީގެ ކީޕަރު އިފްރާހު އަށް ސްޓްރޯކެއް ޖެހި އައިސީޔޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް