Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ފުޓުބޯޅަ ޓީމު

ސިމާއޯ ކޮސްޓާ ދެކޭ ގޮތުގައި ޤައުމީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަކީ މެޗު ނުކުޅުމުގެ މައްސަލަ

މުބާރާތުގެ ރާއްޖެ އިން އެކުވެރިކަމުގެ މެޗެެއް ކުޅުނީ ހަމައެކަނި ޕާކިސްތާނާ ދެކޮޅަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖޫން 2023 | އަންގާރަ 09:32
ޤައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓު ކޯޗު ސިމާއޯ ކޮސްޓާ

ޤައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓު ކޯޗު ސިމާއޯ ކޮސްޓާ

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ، މުބާރާތުގެ ކުރިން މެޗުތަކެއް ކުޅެފައި ނެތް ކަމުގެ މައްސަލަ ކަމަށް ޤައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ ބުނެފި އެވެ.

މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވި ނަމަވެސް، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވެ ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބުދަ ދުވަހު ރާއްޖެ އިން ނުކުންނާނީ ލެބަނަންނާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 20 އަހަރު ދުވަހަށް ފަހު އެވެ.

ރާއްޖެ އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސިމާއޯ ބުނީ، ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ވާދަވެރި މެޗުތަކެއް ކުޅެފައި ނެތް މައްސަލަ ކަމަށެވެ. އޭނާ ބުނީ ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އޭރު ވެސް އެކުވެރި ކަމުގެ މެޗުތައް ކުޅެން އިސްކަން ދިނުމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ގާތު އެދެމުން އައި ކަމަށެވެ. ނަމަވެސް އެކަމަށް އޭރު ވެސް ކޯޗު މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމުގައި އޭނާ ވަނީ ބުނެފަ އެވެ. ސިމާއޯ ބުނީ އެކުވެރި ކަމުގެ މެޗުތަކެއް ހަމަޖެއްސުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަސައްކަތް ކުރި ނަމަވެސް، އެކަމަށް މޮރިއޭރޯ ކޮންމެ ވެސް "ބަހަނާއެއް" ދައްކާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ އެކުވެރިކަމުގެ މެޗުތަކުން ނަތީޖާ ނުނެރެވިއްޖެ ނަމަ، މަގާމުން ވަކި ކުރުމުގެ ބިރު މޮރިއޭރޯ އަށް އޮތުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ލެބެނާން އަކީ މުބާރާތުގައި އޮތް ވަރުގަދަ ޓީމެއް ކަމަށެވެ. ރާއްޖެ އިން ބޫޓާންއާ ދެކޮޅަށް ދެއްކި ކުޅުމާއި، ބަންގްލަދޭޝް މެޗުގެ ނަތީޖާއާއެކު ޓީމުގެ ކޮންފިޑެންސް ގެއްލިފައިވާނެ ކަމަށް އޭނާ ދެކެ އެވެ. އޭނާ ބުނީ އެކަން އެގޮތަށް ދިމާވަނީ ކޯޗު ވެސް ކުޅުންތެރިންނަށް އެ ކޮންފިޑެންސް ނުދައްކާތީ ކަމަށެވެ. ނަމަވެސް އޭނާ ދެކޭ ގޮތުގައި ލެބެނާން ބަލިކުރެވޭ ފެންވަރުގެ ކުޅުންތެރިން ޤައުމީ ޓީމުގައި އެބަ ތިއްބެވެ.

މުބާރާތުގައި ރާއްޖެ އިން ލެބެނާންއާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.

ގައުމީ ހޭންޑްބޯލް ޓީމުސާފް ޗެމްޕިއަންޝިޕް 2023ސިމާއޯ ކޮސްޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

ފިލިޕީންސް އަތުންވެސް ބަލިވެ، ރާއްޖެ ސުން ޕޮއިންޓާއެކު ގުރޫޕުގެ ފުލުގައި

18 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

ބޭރުން ކޯޗުން ގެނެސްގެން ރަނގަޅު ނަތީޖާއެއް ނުނެރެވޭ: މޯހަން

26 އޮކްޓޯބަރު 2025
ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

ފީފާ ރޭންކިންގައި ރާއްޖެ އަށް ދެ ދަރަޖައިގެ ވެއްޓުމެއް

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު