Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ރާއްޖެއަށް ލިބުނީ މުބާރާތުން 7 ވަނަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 މެއި 2023 | ހޮނިހިރު 13:11
ކާވާ ވޮލީބޯޅަ ޗެލެންޖު ކަޕްގައި ރާއްޖެގައި ކުޅުނު މެޗްގެ ތެރެއިން

ކާވާ ވޮލީބޯޅަ ޗެލެންޖު ކަޕްގައި ރާއްޖެގައި ކުޅުނު މެޗްގެ ތެރެއިން

ނޭޕާލުގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގެ ރޭންކިންގެ ފަހު މެޗުގައި ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފިއެވެ.

މެޗަށް ނިކުތްއިރު ރާއްޖެ އާއި ބަންގްލަދޭޝް ވެސް ވަނީ ކުރިން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. އަށް ޓީމު ވާދަކުރާ މުބާރާތުގެ ހަތް ވަނަ ލިބެނީ މި މެޗުން މޮޅުވާ ޓީމަކަށެވެ. ނޭޕާލުގެ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގެ ވޮލީ ކޯޓުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ލީޑު ކުރަމުން ދިޔައީ ބަންގްލަދޭޝް އެވެ. ނަމަވެސް ރާއްޖެ އިން ވަނީ މަޑު މަޑުން ކުޅުމުގެ ތެރެއަށް ވަދެ ޕޮއިންޓުގެ ފަރަގު ކުޑަކޮށްފަ އެވެ. ބަންގްލަދޭޝް އިން ފަސް ޕޮއިންޓުގެ ލީޑު ނަގައިގެން ކުޅުނު ނަމަވެސް، ރާއްޖެ އިން ދެ ޕޮއިންޓަށް ފަރަގު ކުޑަކުރި އެވެ. ސެޓުގެ ފަހު ވަގުތު ބަންގްލަދޭޝް އިން ކުރި ހޯދީ މުހިންމު ވަގުތެއްގައި ރާއްޖެ އިން ސާވިސް ތަކެއް ގެއްލުވާލައި، ރިސީވް ކުރުމުގެ ގޯސްތަކެއް ހަދައިގެންނެވެ. ފުރަތަމަ ސެޓު ބަންގްލަދޭޝް އިން ކާމިޔާބު ކުރީ 25-21 އިންނެވެ.

ފުރަތަމަ ސެޓާ ޚިލާފަށް ދެ ވަނަ ސެޓުގައި ރާއްޖެ އިން ފެށީ ރަނގަޅަށެވެ. ސެޓު ފަށައިގެން ރާއްޖެ އިން ލީޑު ކުރަމުން ދަނިކޮށް، ބަންގްލަދޭޝް އިން އެއްވަރު ކުރި އެވެ. ނަމަވެސް އަލުން ރާއްޖެ އިން ވަނީ ސެޓުގައި ލީޑު ހޯދައިފަ އެވެ. އަދި ރާއްޖެ އިން ވަނީ ހޯދި ލީޑު ހަތް ޕޮއިންޓަށް ފުޅާ ކޮށްފަ އެވެ. އެއީ ރާއްޖޭގެ އެޓޭކަރު ޙައްވާ ރާޝިދާ (ޙައްވަ) އަދި އައިމިނަތު ޝަހާ ޝާމިންގެ ހަމަލާތަކުންނެވެ. އަނެއްކޮޅުން މި ސެޓުގައި ރާއްޖޭގެ ފާތިމަތު ޖޫޒާން ޒަރީރު އާއި ނަރީމާ އިދުރީސް (ނަންނި)ގެ މޮޅު ބްލޮކު ވެސް ވަނީ ފެނިފަ އެވެ. މި ސެޓުގައި ރާއްޖެ އިން ލީޑު ނެގި ފަހުން ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ލީޑުގައި އޮވެ ރާއްޖެ އިން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 14-25 އިންނެވެ.

އެ ރޫހުގައި ނިކުމެ ރާއްޖެ އިން ތިން ވަނަ ސެޓުގެ ފެށުން ވެސް ރަނގަޅު ކުރި އެވެ. ސެޓު ފަށައިގެން މެދާ ހަމަ އަށް ދިޔަ އިރު ރާއްޖެ އިން ވަނީ އަށް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބޮޑު ލީޑެއްގައި އޮވެ ރާއްޖެ އިން ކުޅެމުން ދިޔަ ނަމަވެސް، ސެޓުގެ ފަހު ވަގުތާ ހަމަ އަށް ދިޔައިރު، ބަންގްލަދޭޝް އިން ވަނީ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އެއާއެކު ރާއްޖެ އިން ވަނީ ޓައިމް އައުޓެއް ނަގައިފަ އެވެ. ޓައިމް އައުޓަށްފަހު ރާއްޖޭގެ ޙައްވަ ބެކް ކޯޓުން ފޮނުވާލި ހަމަލާ ބޭރަށް ދިޔުމުން ފަރަގު އެއް ޕޮއިންޓަށް ކުޑަވި އެވެ. 22-23 ގައި ނަތީޖާ އޮއްވާ ރާއްޖެ އަށް ގޭމް ޕޮއިންޓު ހޯދައިދިނީ ޝަހާ އެވެ. މި ސެޓުގައި ރާއްޖެއިން މަސައްކަތް ކުރި ބޯޅައެއް ބިމުގައި ޖެހުނު ކަމަށް ފަސްޓް ރެފްރީ ނިންމުމުން ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެ ޕޮއިންޓު ބަންގްލަދޭޝް އަށް ދިނުމަށް ރެފްރީ ނިންމުމުން ނަތީޖާ 23-24 އަށް ބަދަލުވި އެވެ. ރާއްޖެ އިން ތިން ވަނަ ސެޓު 23-25 އިން ކާމިޔާބު ކުރީ ޝަހާ ފޮނުވާލި ހަމަލާއެއް ބަންގްލަދޭޝް ބްލޮކަރުގެ އަތުގައި ޖެހި ބޭރަށް ދިޔުމުންނެވެ.

ތިން ވަނަ ސެޓުގެ ވާދަވެރި ކުޅުމަށްފަހު ހަތަރު ވަނަ ސެޓު ފަށައިގެން ވެސް ރާއްޖެ އިން ދިޔައީ ލީޑުގައި އޮވެ ކުޅެމުންނެވެ. ބަންގްލަދޭޝް އިން ސެޓުގެ ފުރަތަމަ ޓައިމް އައުޓް ނެގިއިރު ރާއްޖެ އިން ދިޔައީ 3-10 އިން ލީޑު ކުރަމުންނެވެ. މި ސެޓުގައި ބަންގްލަދޭޝް އަށް ރާއްޖެ ކައިރީގައި އެއްވެސް ކަމެއް ކުރެވޭ ގޮތެއް ނުވި އެވެ. ރަނގަޅު ރޫޙުގައި އޮވެ ރާއްޖެ އިން މި ސެޓުގައި ދިޔައީ 4-18 އިން ލީޑު ކުރަމުންނެވެ. މި ސެޓުގައި ބަންގްލަދޭޝް އަށް ގިނައިން ޕޮއިންޓު ލިބިފައި ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ރިސީވް އަދި ޑިފެންސްގައި ހެދުނު ގޯސްތަކުންނެވެ. މި ސެޓުގައި ބަންގްލަދޭޝް އިން ޕޮއިންޓު ތަކެއް ހޯދި ނަމަވެސް ރާއްޖެ އިން ލީޑު ހިފަހައްޓައި ސެޓު ނިންމާލީ 15-25 އިންނެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ވެސް ރާއްޖޭގެ އެޓޭކަރު އައިޝަތު މާޖިދާ (މާޖީ) އަދި ލިބަރޯ ފައިޙާ މުޙައްމަދު ކުޅެފައެއް ނުވެއެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު