Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

މާޖިދާ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުނު ހިސާބުން ގޭމު އެނބުރުނު: އަދީލް

ބަދަލުގައި އެރުވި ޒުވާން ކުޅުންތެރިންނަށް މި ފެންވަރުގައ ކުޅުމަށް އިތުރު މެޗުތަކެއް ބޭނުންވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މެއި 2023 | އަންގާރަ 06:00
ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓު ކޯޗު އަޙުމަދު އަދީލް (ބޭބެ ކޯޗު)

ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓު ކޯޗު އަޙުމަދު އަދީލް (ބޭބެ ކޯޗު)

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގެ ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ސެޓުގައި ރާއްޖޭގެ އައިޝަތު މާޖިދާ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުނު ހިސާބުން ގޭމު އެނބުރު ކަމަށް ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު އަޙުމަދު އަދީލް (ބޭބެ ކޯޗު) ބުނެފި އެވެ.

ކަޒަކިސްތާނު މެޗަށްފަހު ވާހަކަ ދައްކަމުން އަދީލް ބުނީ، ފުރަތަމަ ދެ ސެޓުގައި ރާއްޖެ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން މާޖިދާ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުމުން ގޭމު ކޮންމެވެސް ވަރަކަށް އެނބުރުނު ކަމަށް އަދީލް ބުންޏެވެ. އޭނާ ބުނީ ބަދަލުގައި އެރުވި ޒުވާން ކުޅުންތެރިންނަށް މި ފެންވަރުގައ ކުޅުމަށް އިތުރު މެޗުތަކެއް ބޭނުންވާނެ ކަމަށެވެ. ބޮޑު މުބާރާތެއްގެ ޒުވާން ކުޅުންތެރިންތަކެއް އަލަށް، ކުއްލިއަކަށް މެޗަށް އަރުވަން ޖެހުމުން އެކަމުގެ އުނދަގޫ ތަކެއް ވެސް ކުރިމަތިވި ކަމަށް އަދީލް ދެކެ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ކުޅުން ރަނގަޅު ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ރާއްޖެ އިން ޤަބޫލު ކުރާ ދެ ޓީމަކީ ކަޒަކިސްތާނު އަދި އިންޑިއާ ކަމަށެވެ. އަނެއްކޮޅު ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އުޒްބަކިސްތާނަކީ ވެސް ފޭވަރިޓުންގެ ގޮތުގައި ދެކޭ ޓީމެއް ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތް އުޒްބަކިސްތާނު މެޗުގައި ރާއްޖެ އިން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަަމަށާއި، ރަނގަޅޫ ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އަދީލް ބުންޏެވެ.

ހަމައެއާއެކު އަދީލް ބުނީ ގާތް ގާތުގައި މެޗުތަކެއް ކުޅެން ޖެހުމުން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. ޚާއްސަކޮށް ކުޅުންތެރިންގެ ރިކަވަރީ އަށް ވަގުތު ބޭނުންވާނެ ކަމަށެވެ. އަދީލް ބުނީ ކުރިއަށް އޮތް މެޗަށް ކުޅުންތެރިން މެންޓަލީ ފިޓުކޮށްގެން ނެރެ، މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށެވެ.

މުބާރާތުގައި ރާއްޖެގެ ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ރާއްޖެ ގަޑިން 17:45 ގައި ނިކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމުއަޙުމަދު އަދީލް (ބޭބެ ކޯޗު)

އިތުރަށް ކިޔާލަން

27 މެއި 2023

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި
27 މެއި 2023

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން
25 މެއި 2023

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި
25 މެއި 2023

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި
24 މެއި 2023

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު