Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ޒުވާން ކުޅުންތެރިން ކުޅެން ނުކުތުމަކީ ޓީމަށް ލިބޭ ހިތްވަރެއް: ފައިސަލް

ޒުވާން ކުޅުންތެެރިންނަށް ލިބެމުން މި އަންނަ ފުރުސަތަކީ އެ ކުޅުންތެރިން ކުރިއަށް ދިޔުމަށް ވެސް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށް ވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 04:03
ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ފައިސަލް

ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ފައިސަލް

ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ޤައުމީ ޓީމަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެ ކަމަށް ޤައުމީ އަންހެން ޓީމުގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ފައިސަލް ބުނެފި އެވެ.

ފައިސަލް މިހެން ބުނީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި އުޒްބަކިސްތާނު އަތުން ރާއްޖެ ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ފައިސަލް ބުނީ، ޒުވާން ކުޅުންތެރިން ކުޅެން ނުކުތުމަކީ ޓީމަށް ލިބޭނެ އިތުރު ކުރިއެރުމެއް އަދި ހިތްވަރަކަށް ވާނެ ކަމަށެވެ. އެގޮތުން އުޒްބަކިސްތާނު މެޗުގައި ކުޅުނު ދެ ވަނަ ލިބަރޯ މައިހާ އަލީގެ ކުޅުން ފައިސަލް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ކުރިން ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅުނުއިރު، ޒުވާން ކުޅުންތެރިޔާ މާޔާ ޙުސެއިން ޞަލާހު ވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ފައިސަލް ބުންޏެވެ. އެހެންކަމުން ޒުވާން ކުޅުންތެެރިންނަށް ލިބެމުން މި އަންނަ ފުރުސަތަކީ އެ ކުޅުންތެރިން ކުރިއަށް ދިޔުމަށް ވެސް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށް ވާނެ ކަމަށް ފައިސަލް ދެކެ އެވެ.

އުޒްބަކިސްތާނު މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފައިސަލް ބުނީ، ރާއްޖެ އަށް އެންމެ ބޮޑަށް ދިމާވީ އަނިޔާގެ މައްސަލަ ކަމަށެވެ. ޚާއްސަކޮށް އެންމެ މުހިންމު އެއް ކުޅުންތެރިޔާ އައިޝަތު މާޖިދާ އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުނުކަން އޭނާ ފާހަގަކުރި އެވެ. އެއާއެކު މާޖިދާގެ ބަދަލުގައި ހިމެނި ކުޅުންތެރިންނާއެކު މެޗު ފަށައިގެން ރާއްޖެ އިން ރަނގަޅަށް ކުޅެމުން ދިޔަ ކަމަށާއި، ވަކި ހިސާބަކުން ކޮންޓްރޯލް ގެއްލެނީ އެންމެ ފުރިހަމަ އަށް ނިންމާ ނުލެވިގެން ކަމަށް ފައިސަލް ބުންޏެވެ. ޚާއްސަކޮށް ލީޑުގައި އޮވެ ފުރަތަމަ ސެޓު ގެއްލުނީ ޓީމުގެ އެޓޭކު ދަށްވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ކުރިއަށް އޮތް ސްރީ ލަންކާ މެޗާ ގުޅޭ ގޮތުން ފައިސަލް ބުނީ، އުންމީދަކީ އެ ޓީމު އަތުން މޮޅުވުން ކަމަށެވެ. އެހެންކަމުން ރާއްޖެ އިން ކުޅުނު ދެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ކުރިއަށް އޮތް މެޗުން މޮޅުވަން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ. ލަންކާ އަތުން މޮޅުވާން ބޭނުންނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ފައިސަލް ފާހަގަ ކުރީ އިތުބާރާއެކު އެޓޭކު ކުރުމެވެ. އެޓޭކު ކުރާ ވަގުތުގައި އިދިކޮޅުން ބްލޮކް ކުރާ ނަމަ، ޓަޗް އައުޓަށް ޖެހުމަށް ވިސްނަން ޖެހޭނެ ކަމަށް ވެސް ފައިސަލް ބުންޏެވެ. އޭނާ ބުނީ ދަނޑު ބޭރުގައި ތިބިގެން ކޯޗިން ސްޓާފުން އެކަން ބުނެދެމުން އަންނަ ކަމަށާއި، ބްލޮކް ކުރާ ވަގުތުގައި ކަންތައް ކުރާނެ ގޮތް ވެސް ބުނެދެމުން އަންނަ ކަމަށެވެ. ފައިސަލް ފާހަގަ ކުރި ގޮތުގައި ރާއްޖޭގެ ކެޕްޓަން ޙައްވާ ރާޝިދާ (ޙައްވަ) ގެ ފަރާތުން ފެނުނީ ވަރަށް އިތުބާރު ކުޅުމެކެވެ. ނަމަވެސް އެހެން ކުޅުންތެރިންގެ ފަރާތުން އެކަން ނުފެންނަނީ އެވަރުގެ ތަޖުރިބާއެއް ނެތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޤައުމީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން އަންނަ ކަމަށް ކޯޗު ވެސް ވަނީ ފާހަގަކޮށްފަ އެވެ. ފުރަތަމަ މެޗަށްފަހު ކޯޗު ބުނީ ޒުވާން ކުޅުންތެރިން މި ފެންވަރުގެ މުބާރާތަކަށް އައު ކަމަށާއި، މިކަހަލަ މުބާރާތްތައް ނުވަތަ މެޗުތައް ކުޅުމަށް ގިނައިން ލިބޭ ވަރަކަށް އެ ކުޅުންތެރިންގެ ކުޅުން ރަނގަޅުވެ، ހުނަރު ތަރައްޤީވާނެ ކަމަށެވެ.

މުބާރާތުގާއި ރާއްޖެ އަށް ދެން އޮތީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. ދެ ޓީމު ވެސް ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެހެންކަމުން ދެ ޓީމު ވެސް ބޭނުންވާނީ މޮޅަކުން މުބާރާތް ނިންމާލުމަށެވެ. ބުދަ ދުވަހު ރާއްޖެ އިން ލަންކާއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭ ގަޑިން ހަވީރު 16:45 ގައެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމުމުޙައްމަދު ފައިސަލް (ވޮލީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު