Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

ލަންކާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 14:39
ކާވާ ވޮލީބޯޅަ ޗެލެންޖު ކަޕްގައި ރާއްޖެއާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން

ކާވާ ވޮލީބޯޅަ ޗެލެންޖު ކަޕްގައި ރާއްޖެއާއި ލަންކާ ކުޅުނު މެޗުގެ ތެރެއިން

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގެ ތިންވަނަ މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ސީދާ ތިން މެޗުން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.

ގްރޫޕް ބީގެ ފަހު މެޗަށް ނިކުތްއިރު ދެ ޓީމުވެސް ވަނީ މުބާރާތުން ކަޓާފައެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައި އޮތުމުންނެވެ. އެހެންކަމުން މޮޅަކުން މުބާރާތް ނިންމާލަން ދެ ޓީމަށްވެސް މި މެޗު ވަރަށް ބޭނުންތެރިއެވެ.

ބުދަ ދުވަހުގެ ހަވީރު ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސް ވޮލީ ކޯޓުގައި ކުޅުނު މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ސްރީލަންކާއެވެ. ނަމަވެސް ވަކި ހިސާބަކުން ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް، ޕޮއިންޓުގެ ފަރަގު ކުޑަކޮށްފައެވެ. އެހެންނަމަވެސް ލަންކާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ލަންކާއިން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-18ންނެވެ. ދެވަނަ ސެޓު ފަށައިގެންވެސް ކުރީގައި އޮތީ ލަންކާއެވެ. ނަމަވެސް ރާއްޖެއިން މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަދެ، ޕޮއިންޓަކަށް ފަރަގު ކުޑަކުރިއެވެ. ނަމަވެސް މި ސެޓުގައި ރާއްޖެއަށް ވަނީ ގިނަ ގޯސްތަކެއް ހެދިފައެވެ. އެކަމުގެ ފައިދާ ނަގައި ލަންކާއިން ދިޔައީ އެ ޓީމުގެ ފަރަގު ބޮޑުކުރަމުންނެވެ. ލަންކާއިން ދެވަނަ ސެޓު ކާމިޔާބުކުރީ 25-13ންނެވެ.

ފުރަތަމަ ދެ ސެޓާ އެއްގޮތަށް ތިންވަނަ ސެޓުގައިވެސް ލީޑުކުރަމުން ދިޔައީ ލަންކާއިންނެވެ. ނަމަވެސް ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް، އެއްވަރުކޮށް، ލީޑުވެސް ނަގާފައެވެ. މި ސެޓުގައި ރާއްޖޭގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)ގެ ބާރު ހަމަލާތައް ވަނީ ފެނިފައެވެ. މީގެ އިތުރުން މި ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ ޑިފެންސްގައިވެސް ރަނގަޅު މަސައްކަތެއް ކޮށްފައެވެ. މި ސެޓުގައި ރާއްޖެއިން ރަނގަޅު އެޓޭކުތަކެއް ކުރިނަަަމަވެސް، ލަންކާގެ ޑިފެންސްގައި ކުޅުންތެރިން ވަނީ ހުޝިޔާރުކަން ދައްކާފައެވެ. ވާދަވެރިކޮށް ދިޔަ ތިންވަނަ ސެޓުގައި ރާއްޖެއިން ވަނީ ދެ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ލަންކާއިން ވަނީ ފަހަތުން އަރައި އެއްވަރުކޮށް، ލީޑު ނަގާފައެވެ. އޭގެ ފަހުން ރާއްޖެއިން ކުޅުން ރަނގަޅުކޮށް، ސެޓުގެ ލީޑު އަލުން ހޯދިއެވެ. އެ ރޫހުގައި ރާއްޖެއިން ގޭމް ޕޮއިންޓު ހޯދައި ސެޓު ނިންމުމާ ގާތަށް ޖެހިލިއެވެ. ނަމަވެސް ލަންކާއިން ވަނީ ފަހު ވަގުތު އެއްވަރުކޮށް، ސެޓު ކާމިޔާބުކޮށްފައެވެ. ތިންވަނަ ސެޓު ލަންކާއިން ކާމިޔާބުކުރީ 26-24ންނެވެ.

ރާއްޖެއަށް މުބާރާތުގައި ބާކީ ދެން އޮތީ ރޭންކިންގ މެޗުތަކެވެ. ރޭންކިންގގެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ނިކުންނާނީ ކިރިގިސްތާނާ ދެކޮޅަށެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު