Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

މުބާރާތުގައި ރާއްޖެއިން ކުޅޭ ރޭންކިންގެ ފަހު މެޗު އޮންނާނީ ހޮނިހިރު ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2023 | ބުރާސްފަތި 11:28
ކާވާ މުބާރާތުގައި ރާއްޖެއާއި ކިރްގިސްތާން ކުޅުނު މެޗުގެ ތެރެއިން

ކާވާ މުބާރާތުގައި ރާއްޖެއާއި ކިރްގިސްތާން ކުޅުނު މެޗުގެ ތެރެއިން

ނޭޕާލުގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގެ ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނާ ވާދަކޮށް، ސީދާ ތިން ސެޓުން ދިވެހި ރާއްޖެ ބަލިވެއްޖެއެވެ.

ރާއްޖެއިން ރޭންކިން މެޗުތައް ކުޅެންޖެހުނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވެގެންނެވެ. ރާއްޖެ ހިމެނުނު ގްރޫޕް ބީން ރާއްޖެ ދިޔައީ ފުލަށެވެ. ތިންވަނައަށް ދިޔައީ ބުދަ ދުވަހު ރާއްޖޭގެ މައްޗަށް ކުރިހޯދި ސްރީލަންކާއެވެ. މި ގްރޫޕްގެ އެއްވަނަ ހޯދީ ކަޒަކިސްތާނުންނެވެ. އެއީ ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ. ދެ މެޗުން މޮޅުވި އުޒްބަކިސްތާނަށް ލިބުނީ ދެވަނައެވެ.

ކިރްގިސްތާނާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ދެ ޓީމުންވެސް ފެނުނީ ދާދި އެއްވަރުގެ ކުޅުމެކެވެ. ފުރަތަމަ ސެޓުގައި ދެ ފަހަރެއްގެ މަތިން ރާއްޖެއިން ވަނީ ދެ ޕޮއިންޓުގެ ލީޑުވެސް ނަގައިފައެވެ. ނަމަވެސް ރާއްޖެއަށް ލިބުނު ލީޑު ހިފެހެއްޓުމުގައި ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ. ރާއްޖެއިން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި އެއްވަރުކޮށް، ކިރްގިސްތާނުން ވަނީ ސެޓުގައި ކުރިހޯދައިފައެވެ. ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-20ންނެވެ.

ދެވަނަ ސެޓުގެ ކުޅުން ފަށައިގެންވެސް ރާއްޖެއިން ލީޑު ނެގިއެވެ. މި ސެޓުގައި ކިރްގިސްތާނުން ކުރިހޯދާފައި ވަނިކޮށް ރާއްޖެއިން ވަނީ އެއްވަރުކޮށް ލީޑު ނަގައިފައެވެ. އެއީ ރާއްޖޭގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރުގެ ސަރވިސް ރިސީވްކުރުމަށް އެ ޓީމަށް އުނދަގޫވެގެންނެވެ. އޭގެފަހުން ރާއްޖެއަށް ރަނގަޅަށް ނުކުޅެވި ކިރްގިސްތާނުން ސެޓުގެ ލީޑު އަލުން ހޯދިއެވެ. ރާއްޖެއިން މަޑުމަޑުން ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރިނަމަވެސް، ކިރްގިސްތާނުން ވަނީ އެ ޓީމުގެ ލީޑު ހަ ޕޮއިންޓަށް ފުޅާކޮށްފައެވެ. ޖޫޒާންގެ ސަރވިންއިން ރާއްޖެއިން ދެ ޕޮއިންޓު ހޯދިނަމަވެސް، 25-20ން ސެޓު ކާމިޔާބުކުރީ ކިރްގިސްތާނެވެ.

ތިންވަނަ ސެޓުގައިވެސް ރާއްޖޭގެ ޑިފެންސް ވަރަށް ބޮޑަށް ދަށްވިއެވެ. ސެޓުގެ މެދާ ހަމައަށް ދިޔައިރު ކިރްގިސްތާނުން ވަނީ ހަތަރު ޕޮއިންޓުގެ ލީޑެެއް ނަގައިފައެވެ. އެ ލީޑުގައި އޮވެ ކިރްގިސްތާނުން ދިޔައީ ލީޑު ފުޅާކުރަމުންނެވެ. ފުރަތަމަ ދެ ސެޓާ ޚިލާފަށް މި ސެޓުގައި ކިރްގިސްތާނުން ބޮޑު ލީޑެއް ނެގިއެވެ. އަނެއްކޮޅުން ފުރަތަމަ ދެ ސެޓަށްވުރެ މި ސެޓުގައި ރާއްޖޭގެ ކުޅުން ދަށްވިއެވެ. ކިރްގިސްތާނުން ތިންވަނަ ސެޓު 25-15ން ނިންމާލީވެސް ރާއްޖެއަށް ރިސީވް ނުކުރެވިގެންނެވެ. މުޅި މެޗުގައިވެސް ރާއްޖެއަށް ވަނީ ޓީމެއްގެ ގޮތުގައި ކުޅުމަށް އުނދަގޫވެފައެވެ.

މުބާރާތުގައި ރާއްޖެއިން ކުޅޭ ރޭންކިންގެ ފަހު މެޗު އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެ މެޗުގައި ރާއްޖެއިން ނިކުންނަން ޖެހޭނީ ސްރީލަންކާ އަދި ބަންގްލަދޭޝް ބައްދަލުކުރާ މެޗުން ބަލިވާ ޓީމަކާއެކުއެވެ. މުބާރާތުގައި ހުކުރު ދުވަހު ކުރިއަށް ދާނީ ސެމީ ފައިނަލް މެޗުތަކުގެ ކުޅުމެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

27 މެއި 2023

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި
27 މެއި 2023

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން
25 މެއި 2023

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި
24 މެއި 2023

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ
24 މެއި 2023

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު