Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

ޒުހުރީ ރެފްރީ ކަމުގެ ކޯސް ފުރިހަމަ ކޮށްފައި ވަނީ 2014 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މެއި 2023 | ބުރާސްފަތި 04:15
ކާވާ މުބާރާތުގެ ފަސްޓް ރެފްރީއެއްގެ ގޮތުގައި ޒުހުރީ އިންސާފު ކުރަނީ

ކާވާ މުބާރާތުގެ ފަސްޓް ރެފްރީއެއްގެ ގޮތުގައި ޒުހުރީ އިންސާފު ކުރަނީ

ނޭޕާލުގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގެ ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ވޮލީބޯޅަ ރެފްރީ ޢަބްދުﷲ ޒުހުރީ އިންސާފުކޮށްފި އެވެ.

މުބާރާތުގެ ފަސްޓް ރެފްރީގެ ގޮތުގައި ޒުހުރީ ވަނީ ދެ މެޗެއްގައި މިހާތަނަށް އިންސާފުކޮށްފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގެ ދެ މެޗެވެ. ފުރަތަމަ މެޗަކަށް އޭނާ އިންސާފުކޮށްފައި ވަނީ އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގަ އެވެ. ދެ ވަނަ މެޗަކަށް އޭނާ އިންސާފު ކޮށްފައި ވަނީ ނޭޕާލް އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގަ އެވެ. މީގެ އިތުރުން ޒުހުރީ ވަނީ މިހާތަނަށް އެއް މެޗުގައި ސެކަންޑް ރެފްރީގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއީ ބުދަ ދުވަހު އިންޑިއާ އާއި ނޭޕާލް ބައްދަލު ކުރި މެޗުގަ އެވެ.

ޒުހުރީ ރެފްރީ ކަމުގެ ކޯސް ފުރިހަމަ ކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ އަންނަނީ ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކާއި، އެހެނިހެން މުބާރާތްތަކުގައި ވެސް ރެފްރީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. މިއީ ބައިނަލްއަޤުވަމީ ފެންވަރުގައި ޒުހުރީ އިންސާފު ކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ރާއްޖެ އިން ކުޅުނު ބައިނަލްއަޤުވާމީ ދެ މެޗެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއީ ރާއްޖެ އިން ސްރީ ލަންކާ އަދި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެ ފަހުން މިއަހަރު ރާއްޖެ އިން ބޭއްވި ބައިނަލްއަޤުވާމީ މުބާރާތް، ފޯ ނޭޝަންސް ކަޕްގައި ވެސް ޒުހުރީ ވަނީ މަސައްކަތް ކޮށްފަ އެވެ.

ކާވާ މުބާރާތުގައި ޒުހުރީ އިންސާފު ކުރީ އޭވީސީ ރެފްރީ ބެޖު ހޯދުމަށެވެ. އޭގެ ކުރިން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޒުހުރީ ވަނީ އޭވީސީ ކެންޑިޑޭޓު ކޯސް ފުރިހަމަ ކޮށްފަ އެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު