Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

އުޒްބަކިސްތާނު މެޗު ފަށައިގެން ވެސް ފުރަތަމަ ސެޓުގައި ވަރަށް ރަނގަޅު ފައިޓެއް ދެމުން އައި، ނަމަވެސް ވަކި ހިސާބަކުން އަތުން ދޫވެގެން ދިޔައީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 04:45
ޤައުމީ އަންހެން ވޮލީ ޓީމުގެ ފަރިތަކުރުމުގައި ޒުވާން ކުޅުންތެރިޔާ ނަންނި

ޤައުމީ އަންހެން ވޮލީ ޓީމުގެ ފަރިތަކުރުމުގައި ޒުވާން ކުޅުންތެރިޔާ ނަންނި

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި ރާއްޖެއިން ކުޅުނު ދެ މެޗުގައި ވެސް ކުޅުންތެރިންނަށް އުނދަގޫވީ ލީޑު ހިފަހައްޓަން ކަމަށް ޤައުމީ އަންހެން ޓީމުގެ ޒުވާން ކުޅުންތެރިޔާ ނަރީމާ އިދުރީސް (ނަންނި) ބުނެފި އެވެ.

މުބާރާތުގައި ރާއްޖެ ހިމެނުނު ގްރޫޕް ބީ ގައި އުޒްބަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ރާއްޖެ އަށް ވަނީ ސެމީ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ވާދަކޮށް ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި އުޒްބަކިސްތާނު އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ނަންނި ބުނީ، ދެ މެޗުގެ ވެސް ކުރީކޮޅު ޓީމުން ރަނގަޅު ފައިޓެއް ދީފައިވާ ކަމަށާއި، ލީޑު ވެސް ލިބޭ ކަމަށެވެ. ނަމަވެސް ސެޓުގެ މެދާ ހަަމައިން ދެ ޕޮއިންޓު ނުވަތަ ތިން ޕޮއިންޓު ގެއްލޭ އިރަށް ޓީމު ވަރަށް ބޮޑަށް ދަށްވާ ކަމަށް ވެސް ނަންނި ބުންޏެވެ. ހަމައެއާއެކު ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ދިޔައީ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ވަރަށް ދަށްކޮށް ކަމަށާއި، ކުޅުންތެރިން ލާން ޖެހޭ ހިތްވަރު ނުލައި ދޫކޮށްލެވުނީ ކަމަށް ނަންނި ވަނީ ބުނެފަ އެވެ.

އިތުރަށް ނަންނި ބުނީ އުޒްބަކިސްތާނު މެޗު ފަށައިގެން ވެސް ފުރަތަމަ ސެޓުގައި ވަރަށް ރަނގަޅު ފައިޓެއް ދެމުން އައި ކަމަށާއި، ނަމަވެސް ވަކި ހިސާބަކުން އަތުން ދޫވެގެން ދިޔައީ ކަމަށެވެ. މެޗުގެ ފަހު ސެޓުގައި ރާއްޖޭގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަށް އިޝާރާތްކޮށް ނަންނި ބުނީ އެ ސެޓުގައި ޓީމަށް ދިމާވީ ކޮންކަމެއްކަން ބުނަން އުނދަގޫ ކަމަށެވެ. އެހެން ނަމަވެސް ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން އަނިޔާގައި ތިބިކަން ނަންނި ވަނީ ފާހަގަކޮށްފަ އެވެ. އުޒްބަކިސްތާނާ ދެކޮޅަށް ރާއްޖެ އިން ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން އައިޝަތު މާޖިދާ ކުޅެފައެއް ނުވެ އެވެ. އަނެއްކޮޅުން ކެޕްޓަން ޙައްވާ ރާޝިދާ (ޙައްވަ) ހުރީ މުޅިން ފިޓުކޮށެއް ނޫނެވެ.

ރާއްޖެ އަށް ދެން ބާކީ އޮތީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ. ލަންކާ ވެސް ވަނީ ކުޅުނު ދެ މެޗުން ބަލިވެ ކަޓައިފަ އެވެ. އެހެންކަމުން ފަހު މެޗުގައި ދެ ޓީމު ވެސް ނިކުންނާނީ މޮޅެއް ހޯދުމަށް ކަމަށެވެ. މިހާތަނަށް ލަންކާ އިން ދައްކާފައި ކުޅުމާ އަޅާ ބަލާއިރު، އަދި ރާއްޖެ އިން ކުޅުނު ދެ މެޗުގެ ފުރަތަމަ ސެޓުގައި ދެއްކި ކުޅުމަށް ބަލާއިރު، ލަންކާ އަތުން މޮޅުވެވޭނެ ކަމަށް ނަންނި ޤަބޫލު ކުރެ އެވެ. ނަންނި ބުނީ ރާއްޖެ އަށް އެކަން ކުރެވޭނީ ދެ މެޗުގައި ދިނަ ފައިޓު ދީގެން އަދި ލީޑު ހިފަހައްޓައިގެން ކުޅެފި ނަމަ އެވެ.

މީގެ އިތުރުން ނަންނި ބުނީ ޤައުމީ ޓީމުގައި މިހާރު ތިބި ސީނިއާ ކުޅުންތެރިންނަކީ ވަރަށް މޮޅު ބައެއް ކަމަށެވެ. އޭގެ އިތުރުން ޓީމުގައި މިހާރު ތިބި ޒުވާން ދެ ކުޅުންތެރިން ވެސް ވަރަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށް ނަންނި ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ޓީމުގެ ފަރިތަކުރުންތަކުގައި ކުޅެމުން އަންނައިރު ވެސް އެ ދެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު ބަދަލެއް ފެންނަމުން އަންނަ ކަމަށް ނަންނި ބުންޏެވެ.

ނަންނި އަކީ މިވަގުތު ޤައުމީ ޓީމުގެ ފުރަތަމަ ހައެއްގައި ހިމެނޭ އެންމެ އުންމީދީ އެއް ކުޅުންތެރިޔާ އެވެ. ނަންނި އެންމެ ބޮޑަށް ފާހަގަވެފައި ވަނީ މިއަހަރު ރާއްޖޭގައި ބޭއްވި ފޯ ނޭޝަންސް ކަޕް މުބާރާތުންނެވެ. އެ މުބާރާތުގައި ނަންނި ދެއްކި ކުޅުމަށް ރާއްޖޭގެ ކޯޗުން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ފުޓްބޯޅަ ޓީމުނަރީމާ އިދުރީސް (ނަންނި)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

ޒާހިޔާ، ޤައުމީ އަންހެން ޓީމުން ރިޓަޔާ ކޮށްފި

26 އޮކްޓޯބަރު 2024
ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

ނޭޕާލް އިން ރާއްޖެ ކޮޅަށް 11 ލަނޑު ޖަހައިފި

22 އޮކްޓޯބަރު 2024
ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އަންހެން ޤައުމީ ޓީމު ނޭޕާލަށް

14 އޮކްޓޯބަރު 2024
ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު