Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ރާއްޖެ ބަލިކޮށް، އުޒްބަކިސްތާން ސެމީ ފައިނަލަށް

މުބާރާތުގައި ރާއްޖެއަށް ދެން އޮތީ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މެއި 2023 | އަންގާރަ 14:52
ރާއްޖެއާއި އުޒްބަކިސްތާން ކުޅުނު މެޗުގެ ތެރެއިން

ރާއްޖެއާއި އުޒްބަކިސްތާން ކުޅުނު މެޗުގެ ތެރެއިން

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި ސީދާ ތިން ސެޓުން ދިވެހި ރާއްޖެ ބަލިކޮށް އުޒްބަކިސްތާން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސް ވޮލީ ކޯޓުގައި ކުޅުނު މެޗަށް ދެ ޓީމު ނިކުތްއިރު، އުޒްބަކިސްތާނު ވަނީ ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާއާ ވާދަކޮށް މޮޅުވެފައެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ވަނީ ކަޒަކިސްތާނު އަތުން ބަލިވެފައެވެ. އެހެންކަމުން މުބާރާތުގައި ދެމިއޮތުމަށް ރާއްޖެއަށް ކޮންމެހެންވެސް މި މެޗުން މޮޅުވުން އޮތީ މަޖުބޫރުވެފައެވެ. އުޒްބަކިސްތާނާ ދެކޮޅަށް ކުޅެން ރާއްޖެއިން ފުރަތަމަ ނެރުނު ހަ ކުޅުންތެރިންނަކީ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، ނަރީމާ އިދުރީސް (ނަންނި)، ފާތިމަތު ޖޫޒާން ޒަރީރު، އާމިނަތު ޝަހާ ޝާމިން، އާމިނަތު ރިޔާޝާ އަދި މަރިޔަމް އަޒުމާއެވެ. ފުރަތަމަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން މި މެޗުގައި އާއިޝަތު މާޖިދާއަށް ކުޅެވޭގޮތެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ލީޑުގައި އޮވެ ކުޅެމުން ދިޔައީ އުޒްބަކިސްތާނެވެ. ނަމަވެސް ރާއްޖެއިން ވަނީ މަޑުމަޑުން ކުޅުން ރަނގަޅުކޮށް، ސެޓުގެ މެދުތެރެއިން ނަތީޖާ ހަމަހަމަކޮށްފައެވެ. ރާއްޖޭގެ ހައްވައާއި ޝަހާ ޝާމިންގެ ހަމަލާތަކުން ރާއްޖެއިން ވަނީ ސެޓުގައި ކުރިވެސް ހޯދައިފައެވެ. ނަމަވެސް ރާއްޖެއަށް ލިބުނު ލީޑު ހިފެހެއްޓޭގޮތެއް ނުވިއެވެ. ދެވަނަ ފަހަރަށް އުޒްބަކިސްތާނުން ސެޓުގައި ކުރިހޯދައި، ލީޑު ދެމެހެއްޓިއެވެ. އެ ލީޑުގައި އޮވެ އުޒްބަކިސްތާނުން ސެޓު ކާމިޔާބުކުރީ 25-18ންނެވެ. ފުރަތަމަ ސެޓުގެ ވަކި ހިސާބަކުން އަޒުމާގެ ބަދަލުގައި ޒުވާން ކުޅުންތެރިޔާ ފާތިމަތު ޝަމްހާއަށް ވަނީ ފުރުސަތު ދީފައެވެ.

ދެވަނަ ސެޓު ފަށައިގެން ލީޑުގައި އޮވެ ކުޅެމުން ދިޔައީ އުޒްބަކިސްތާނުންނެވެ. ނަމަވެސް ރާއްޖެއިން ވަނީ ކުޅުން ރަނގަޅުކޮށް، ޕޮއިންޓަކަށް ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އުޒްބަކިސްތާނުން ވަނީ ވަކި ހިސާބަކުން އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ސެޓުގައި ރާއްޖެއިން ވަނީ ނަންނިގެ ބަދަލުގައި ހައްވާ ޝަޚާ، އަދި ޖޫޒާގެ ބަދަލުގައި ހައިފާ އިމާދު ކުޅެން އަރުވައިފައެވެ. ފުރަތަމަ ސެޓާ ޚިލާފަށް ދެވަނަ ސެޓު އުޒްބަކިސްތާނުން ކާމިޔާބުކުރީ 25-14ންނެވެ. ފުރަތަމަ ދެ ސެޓާ ޚިލާފަށް ތިންވަނަ ސެޓު ފަށައިގެން އުޒްބަކިސްތާނުން ވަނީ ބޮޑު ލީޑެއް ނަގައިފައެވެ. ސެޓުގެ މެދާ ހަަމައަށް ދިޔައިރު އުޒްބަކިސްތާނުން ވަނީ 12 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އެ ލީޑު ދަމަހައްޓައި، އުޒްބަކިސްތާނުން ތިންވަނަ ސެޓު ނިންމާލީ 25-4ންނެވެ. މި ނަތީޖާއާއެކު ރާއްޖެ ވަނީ މުބާރާތުން ކަަޓައިފައެވެ.

މި ގްރޫޕުގައި އަންގާރަ ދުވަހު ކަޒަކިސްތާނުން ވަނީ ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މި ގްރޫޕުގައި ބާކީ ދެން އޮތީ ދެ މެޗެވެ. އެއީ އުޒްބަކިސްތާނާއި ކަޒަކިސްތާނު ބައްދަލުކުރާ މެޗާއި، ސްރީލަންކާއާއި ރާއްޖެ ބައްދަލުކުރާ މެޗެވެ. ގްރޫޕްގެ އެއްވަނަ ޓީމު ކަނޑައެޅޭނީ އުޒްބަކިސްތާނާއި ކަޒަކިސްތާން ބައްދަލުކުރާ މެޗުންނެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު