Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

ސެޓުގެ އެންމެ ޕްރެޝަރު ވަގުތުގައި ރާއްޖެ އަތުން ލީޑު ގެއްލެމުން ދަނީ ކުޅުންތެރިންނަށް ހެދޭ ގޯސްތައް ގިނަވުމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 މެއި 2023 | ހޮނިހިރު 04:24
ގައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ކޯޗު

ގައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ކޯޗު

ގައުމީ އަންހެން ވޮލީ ޓީމަށް ދިމާވާ މައްސަލައަކީ ޓީމެއްގެގޮތުގައި ނުކުޅެވުންކަމަށް، ޓީމުގެ ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފިއެވެ.

އޭނާ މިހެން ބުނީ ނޭޕާލުގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި މިހާތަނަށް ރާއްޖެއިން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައިވާތީއެވެ. މުބާރާތުގައި ރާއްޖެ ހިމެނުނު ގްރޫޕް ބީގައި ކަޒަކިސްތާން، އުޒްބަކިސްތާން އަދި ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. ގްރޫޕް ސްޓޭޖަށްފަހު ދެން ރާއްޖެއިން ކުޅުނީ ރޭންކިންގެ ފުރަތަމަ މެޗެވެ. އެ މެޗުގައި ކިރްގިސްތާނާ ވާދަކޮށްވެސް ރާއްޖެ ވަނީ ބަލިވެފައެވެ.

ކޯޗު ބުނީ، މެޗު ފަށައިގެން ރާއްޖެއިން ރަނގަޅަށް ކުޅެމުން އަންނަކަމަށާއި، ނަމަވެސް ވަކި ހިސާބުން ލިބިފައި އޮންނަ ލީޑު ގެއްލެނީ ކަމަށެވެ. ޚާއްސަކޮށް ސެޓުގެ އެންމެ ޕްރެޝަރު ވަގުތުގައި ރާއްޖެ އަތުން ލީޑު ގެއްލެމުން ދަނީ ކުޅުންތެރިންނަށް ހެދޭ ގޯސްތައް ގިނަވުމުން ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ. އެކަން ފާހަގަކޮށް ކޯޗު ބުނީ، ކުޅުންތެރިންގެ ފޯކަސް މުޅި މެޗަށް ބަހައްޓަންޖެހޭ ކަމަށާއި، އެންމެ މުހިންމީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ކަމަށެވެ. ޚާއްސަކޮށް މެޗުގައި އެ އަންނަ ޕްރެޝަރު ވަގުތުގައި އެކަން ކުރަންޖެހޭކަމަށް ކޯޗު ބުންޏެވެ. އެ ކަންބޮޑުވުން ފާޅުކޮށް ކޯޗު ބުނީ އެއީ ވަރަށް ބޮޑަށް ރަނގަޅުކުރަން ޖެހޭ ކަމެއް ކަމަށެވެ.

މުބާރާތުގައި ބާކީ ރާއްޖެއަށް އޮތީ ރޭންކިންގެ ފަހު މެޗެވެ. އެ މެޗުގައި ރާއްޖެއިން ހޮނިހިރު ދުވަހު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝްވެސް ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ރޭންކިންގެ ހަތްވަނަ ލިބޭއިރު، ބަލިވާ ޓީމެއް ދާނީ ފުލަށެވެ.

މުބާރާތަށް ރާއްޖެއިން ކުރިމަތިލީއިރުވެސް ޓީމުގައި އަނިޔާގެ މައްސަލަތައް އުޅުނެވެ. އެގޮތުން ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) މުޅިން ފިޓު ނޫންއިރު، މުބާރާތުގެ ތެރެއިން އާއިޝަތު މާޖިދާއަށް ލިބުނު އަނިޔާގެ ސަބަބުން ހުންނަން ޖެހުނީ ކުޅުމާ ދުރުގައެވެ. އަނެއްކޮޅުން އެންމެ ފަހުން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ލިބަރޯ، ފައިހާ މުހައްމަދުވެސް ކުޅެފައެއްނުވެއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 8 ޓީމެއް ވަނީ ވާދަކޮށްފައެވެ. މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ވަނީ ހުކުރު ދުވަހު ކުޅެފައެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ އިންޑިއާއާއި އުޒްބަކިސްތާނެވެ. އިންޑިއާއިން ފައިނަލަށް ދަތުރުކުރީ ސެމީގައި ކަޒަކިސްތާނުގެ މައްޗަށް ކުރިހޯދައިގެންނެވެ. އުޒްބެކިސްތާނުން ފައިނަލަށް ދަތުރުކުރީ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލުގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުއެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމު

އިތުރަށް ކިޔާލަން

27 މެއި 2023

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި
25 މެއި 2023

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި
25 މެއި 2023

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި
24 މެއި 2023

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ
24 މެއި 2023

ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި

24 މެއި 2023
ޓީމަށް އުނދަގޫވީ ލީޑު ހިފަހައްޓަން: ނަންނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު