Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ފުރަތަމަ ސެޓުގެ ކުޅުން ރަނގަޅު، ކުޅުން ގޯސްވީ ޑިފެންސް ދަށްވުމުން: ކޯޗު

ކަޒަކިސްތާނުން މެޗުގެ ކޮންޓްރޯލް ނެގުމުން ރާއްޖެ އަށް ގޯސްތަކެއް ހެދުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މެއި 2023 | އަންގާރަ 05:16
ޤައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ކޯޗު

ޤައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ކޯޗު

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގެ ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި، ނަމަވެސް ކުޅުން ގޯސްވީ ޓީމުގެ ޑިފެންސް ދަށްވުމުން ކަމަށް ޤައުމީ އަންހެން ޓީމުގެ ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފި އެވެ.

ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެ އިން ރަނގަޅަށް ފެށި ނަމަވެސް، އަމިއްލަ ގޯސްތަކެއް ހެދި މެޗުގެ ކޮންޓްރޯލް ގެއްލުނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ ފުރަތަމަ ސެޓުގެ ކުޅުން ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި ރާއްޖެ އިން ފެށީ ވެސް ވަރަށް ރަނގަޅަށް ކަމަށާއި، ރަނގަޅަށް އެޓޭކުކޮށް، އިދިކޮޅު ޓީމުގެ އެޓޭކުތައް ބްލޮކް ވެސް ކުރި ކަމަށެވެ. ނަމަވެސް މެޗުގެ މެދާ ހަމައިން ވަރަށް ފަސޭހަ ތިން ބޯޅައެއް ދޫކޮށްލެވުނު ކަމަށާއި، ފުރަތަމަ ސެޓު ގެއްލުނީ އެ ހިސާބުން ކަމަށް ކޯޗު ބުންޏެވެ. އެކަން ފާހަގަކޮށް ކޯޗު ބުނީ ވަކި ހިސާބަކުން ކުޅުންތެރިންނަށް ބޯޅަ އަށް މަސައްކަތް ކުރުމަށް ވެސް އުނދަގޫވެފައި ތިބި ކަމަށެވެ. އެހެންކަމުން ކަޒަކިސްތާނުން އެކަމުގެ ފައިދާ ވަރަށް ބޮޑަށް ނެގި ކަމަށް ވެސް ކޯޗު ބުންޏެވެ.

މެޗުގެ ދެ ވަނަ ސެޓުގެ ވަކި ހިސާބަކުން ރާއްޖޭގެ އައިޝަތު މާޖިދާ އަށް އަނިޔާވެ ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. ކޯޗު ބުނީ އެއާއެކު ދެން އަރުވަން ޖެހުނު ކުޅުންތެރިންނަކީ މި ފެންވަރުގައި ކުޅެން އެހާ ގިނަ ތަޖުރިބާ ލިބިފައި ނެތް ކުޅުންތެރިން ކަމަށާއި، އޭނާ ޤަބޫލު ކުރާ ގޮތުގައި ގިނަ މެޗުތަކެއް ކުޅޭ ވަރަކަށް އެކަންކަން ރަނގަޅު ވެގެންދާނެ ކަމަށެވެ. އަދި މެޗުގެ ފުރަތަމަ ސެޓުގެ ކުޅުން ރަނގަޅު ކަމަށް ބުނެވިދާނެ ކަމަށާއި، އެހެން ނަމަވެސް ދެ ވަނަ ސެޓާއި ތިން ވަނަ ސެޓުގެ ކުޅުން ރަނގަޅު ނޫން ކަމަށެވެ. ފުރަތަމަ މެޗުގައި ޓީމުގެ ފަރާތުން އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކި މެޗުން ބަލިވުމުން ކޯޗު ވަނީ މައާފަށް ވެސް އެދިފަ އެވެ. ކޯޗު ބުނީ ކުރިއަށް އޮތް މެޗުގައި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ކޯޗު ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނު މަސައްކަތް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް މެޗު މެނޭޖުކުރަން ދަސްކުރަން ޖެހޭ ކަމަށެވެ. އެކަމުގެ ތެރެއިން ކަޒަކިސްތާނުން މެޗުގެ ކޮންޓްރޯލް ނެގުމުން ރާއްޖެ އަށް ގޯސްތަކެއް ހެދެމުން ދިޔަކަމަށް ކޯޗު ބުންޏެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ވަނަ މެޗުގައި އަންގާރަ ދުވަހު ނުކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. އުޒްބަކިސްތާނު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. މުބާރާތުގައި ދެމި އޮތުމަށް ރާއްޖެ އަށް އުޒްބަކިސްތާނު އަތުން މޮޅުވުން މުހިންމެވެ. ރާއްޖެއިން އުޒްބަކިސްތާނާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:45 ގައެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު