Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކާވާ ވޮލީބޯޅަ ޗެލެންޖް ކަޕް

ފުރަތަމަ މެޗުގައި ކަޒަކިސްތާނު އަތުން ރާއްޖެއަށް ނާކާމިޔާބު

މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މެއި 2023 | ހޯމަ 15:37
ކާވާ ވޮލީބޯޅަ ޗެލެންޖު ކަޕްގައި ރާއްޖެއާއި ކަޒަކިސްތާން ކުޅުނު މެޗުގެ ތެރެއިން

ކާވާ ވޮލީބޯޅަ ޗެލެންޖު ކަޕްގައި ރާއްޖެއާއި ކަޒަކިސްތާން ކުޅުނު މެޗުގެ ތެރެއިން

ނޭޕާލުގައި އާދިއްތަ ދުވަހު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކަޒަކިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ހުންނަ ދަޝަރަތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖެއިން ފުރަތަމަ ކުޅެން އެރި ހަ ކުޅުންތެރިންނަކީ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، ނަރީމާ އިދުރީސް (ނަންނި)، ފާތިމަތު ޖޫޒާން ޒަރީރު، އާމިނަތު ރިޔާޝާ، އާއިޝަތު މާޖިދާ އަދި އާމިނަތު ޝަހާ ޝާމިނެވެ. ފުރަތަމަ ސެޓު ފަށައިގެން ރާއްޖެއިން ވަނީ ލީޑު ނަގައިފައެވެ. ކަޒަކިސްތާނުގެ ކުޅުންތެރިންގެ ޝޮޓުތައް ބްލޮކްކޮށް، ރާއްޖެއިން ވަނީ ރަނގަޅަށް އެޓޭކުވެސް ކޮށްފައެވެ. ނަމަވެސް ކަޒަކިސްތާނުން ނަތީޖާ ހަމަހަމަކުރީ ރާއްޖެއަށް ހެދުނު ގޯސްތަކަކުންނެވެ. ސެޓުގެ މެދާ ހަމައިން އަލުން ކުޅުން ރަނގަޅުކޮށް ރާއްޖެއިން ލީޑު ނެގިނަމަވެސް، އަމިއްލަ ގޯސްތަކުން ރާއްޖެއަށް ވަނީ ލީޑު ގެއްލިފައެވެ. ސެޓުގެ މެދާ ހަމައިން ނެގި ލީޑާއެކު ކަޒަކިސްތާނުން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-16ންނެވެ.

ދެވަނަ ސެޓު ފަށައިގެން ލީޑުގައި ކުޅެމުން ދިޔައީ ކަޒަކިސްތާނުންނެވެ. ފުރަތަމަ ސެޓާ ޚިލާފަށް މި ސެޓުގެ މެދާ ހަމައަށް ދިޔައިރުވެސް ކަޒަކިސްތާނުން ވަނީ ލީޑު ހިފަހައްޓައިފައެވެ. ސެޓުގެ މެދު ތެރެއިން ރާއްޖޭގެ މާޖީގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. މާޖީގެ ބަދަލުގައި ކުޅެން ނިކުތީ ޒުވާން ކުޅުންތެރިޔާ މާޔާ ހުސައިން ސަލާހެވެ. އޭގެފަހުން ރާއްޖެއިން ވަނީ ޝަހާ ޝާމިންގެ ބަދަލުގައި ފާތިމަތު ޝަމްހާ ކުޅެން އަރުވައިފައެވެ. ރާއްޖޭގެ ފަރާތުން އެދެވޭ ފެންވަރުގެ ކުޅުމެއް ނުދެއްކުނު ދެވަނަ ސެޓު ކަޒަކިސްތާނުން ކާމިޔާބުކުރީ 25-14ންނެވެ. ތިންވަނަ ސެޓުގައިވެސް ލީޑުކުރަމުން ދިޔައީ ކަޒަކިސްތާނުންނެވެ. ސެޓު ފަށައިގެން ލީޑުކުރަމުން ގޮސް އެ ޓީމުން ތިންވަނަ ސެޓު ނިންމައިލީ 26-6ގެ ބޮޑު ތަފާތަކުންނެވެ.

ރާއްޖޭގެ ދެވަނަ މެޗުގައި އަންގާރަ ދުވަހު ނިކުންނާނީ އުޒްބަކިސްތާނާ ދެކޮޅަށެވެ. ގްރޫޕް ބީގައި އުޒްބަކިސްތާނު ކުޅުނު ފުރަތަމަ މެޗުގައި ވަނީ ސްރީ ލަންކާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފައެވެ. ގްރޫޕްގެ ފަހު މެޗުގައި ބުދަ ދުވަހު ރާއްޖެ ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ.

ކާވާ ވިމަންސް ވޮލީބޯޅަ ޗެލެންޖް ކަޕް 2023ގައުމީ އަންހެން ވޮލީބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

ފަހަތުން އަރާ ރާއްޖެއިން ބަންގްލަދޭޝް ބަލިކޮށްފި

27 މެއި 2023
ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

ކޯޗުގެ ކަންބޮޑުވުމަކީ ޓީމެއްގެގޮތުގައި ނުކުޅެވުން

27 މެއި 2023
ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

ރޭންކިންގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުން ރާއްޖެ ބަލިކޮށްފި

25 މެއި 2023
ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

ކާވާ މުބާރާތުގައި ފަސްޓް ރެފްރީއެއްގެ ގޮތުގައި ރާއްޖޭގެ ރެފްރީ ޒުހުރީ އިންސާފުކޮށްފި

25 މެއި 2023
ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ރާއްޖެ ބަލިވެއްޖެ

24 މެއި 2023

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު