Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ސީރިޔާ ހަނގުރާމަ: ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން މިއަހަރު އެބައިމީހުންގެ ގެދޮރަށް އައިސްފި

ސިރިޔާ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 ޖޫން 2017 | ހުކުރު 14:57
ސީިރިޔާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެތައް ހާސް އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައި

ސީިރިޔާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ އެތައް ހާސް އިމާރާތްތަކެއް ވަނީ ބިމާ ހަމަވެފައި

ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުންގެ ތެރެއިން 500،000 މީހުން، މިއަހަރު މިހާތަނަށް އެބައިމީހުންގެ ގެދޮރަށް އައިސްފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ. ގެ ރެފިއުޖީންނާއި ބެހޭ އެޖެންސީ ކަމަށްވާ ޔޫއެންއެޗްސީއާރް އިން ބުނީ ސީރިޔާގެ ތެރޭގައި، ގެދޮރު ދޫކޮށް އެގައުމުގެ އެހެން ތަނަކަށް ބަދަލުވާން ޖެހުނު 440،000 މީހަކާއި އަދި ސީރިޔާ ދޫކޮށް ގައުމުން ބޭރަށް ދާން ޖެހުނު 31،000 އެއްހާ މީހުން އެނބުރި ގެދޮރަށް އައިސްފައިވާ ކަމަށެެވެ.

ޔޫއެންއެޗްސީއާރް އިން ބުނީ ގެދޮރު ދޫކޮށް ދިޔަ މީހުންގެ ތެރެއިން ގިނަ މީހުން އައީ އަލެއްޕޯ، ހަމަ، ހޮމްސް އަދި ޑަމަސްކަސް ސިޓީ އަށް ކަމަށާއި، އެނބުރި އައި މީހުން އައީ އެމީހުންގެ ގެދޮރުގެ ހާލަތު ބެލުމަށާއި އަދި އާއިލާގެ މީހުންގެ ހާލު ބެލުމަށް ކަމަށެވެ. އެހެން ނަމަވެސް އެނބުރި އައި މީހުންނަށް ރައްކާތެރި ހާލަތެއް ގާއިމުވެފައި ނުވާ ކަމަށް ޔޫއެންއެޗްސީއާރް އިން ބުނެއެވެ.

ޔޫއެންއެޗްސީއާރްގެ ތަރުޖަމާނު އެންޑްރެޖް މަހެސިކް ހުކުރު ދުވަހު ވިދާޅުވީ 2015 އިން ފެށިގެން މިހާތަނަށް 260،000 ސީރިޔާ ރެފިއުޖީން އެނބުރި ގައުމަށް އައިސްފައިވާ ކަމަަށެވެ. އޭގެތެރެއިން ގިނަ މީހުން އައީ ތުރުކީން ކަމަށް އޭނާ ވިދާޅުވިއެވެ.

ދާދިފަހުން ޔޫންއެޗްސީއާރް އިން ބުނެފައި ވަނީ 2016 ވަނަ އަހަރު 200،000 މީހުން ސީރިޔާ ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރު ސީރިޔާ ހަނގުރާމަ ފެށުނު ފަހުން 5.5 މިލިޔަން މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި ސީރިޔާ ތެރޭގައި އެމީހުންގެ ގެދޮރު ދޫކޮށް އެގައުމުގެ އެހެންތަންތަނަށް 6.3 މިލިޔަން މީހުން ބަދަލުވާން ޖެހިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު