Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މީރާ

މީރާގެ ވެރިޔަކު އެކައުންޓެންޓުންނަށް ވަރުގަދަ އިންޒާރެއް!

މިގޮތަށް ވިސްނާކަމަށް ވިދާޅުވީ އޮޑިޓަރުންތަކެއް މީރާގެ އުސޫލްތަކަށް ފާޑުކިޔުމުން

ރާއްޖެ އެމްވީ | 29 ޖޫން 2017 | ބުރާސްފަތި 10:34
މިރާގެ އޮފީސް

މިރާގެ އޮފީސް

ޓެކްސް ބަޔާންތަކާ އެކު ހުށައަޅާ ފައިނޭންޝަލް ސްޓޭޓްމަންޓްތައް އޮޑިޓްނުކުރާ ގޮތަށް ހަމަޖައްސަން ވިސްނާ ކަމަށް ބުނެ މީރާގެ އިސް ވެރިޔަކު އެކައުންޓެންޓުންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ފައިނޭންޝަލް ސްޓޭޓްމަންޓް ހުށަހަޅަން ނުޖެހޭ ގޮތަށް އުސޫލް ބަދަލު ކުރެވިދާނެ ކަމަށް، މީރާގެ އޮފިޝަލް ވިދާޅުވީ މީރާގެ ރަޖިސްޓާޑް އޮޑިޓަރުންނާއި، ޓެކްސް އޭޖެންޓުން ތިއްބަވާ "އެކައުންޓެންޓްސް އޮފް މޯލްޑިވްސް" ވައިބަރ ގްރޫޕްގަ އެވެ.

Advertisement - newsAdvertisement

އިންޒާރުގެ އެ މެސެޖުގައި ވަނީ މީރާއިން އެކައުންޓިން އާއި އޮޑިޓްގެ ފަންނު ހަލާކުކުރާ ކަމަށް ތުހުމަތު ކުރަމުން ދާތީ އޮޑިޓްކޮށްފައިވާ ފައިނޭންޝަލް ސްޓޭޓްމަންޓްތަކާ ނުލައި މީރާއިން ޓެކްސް ބަޔާންތައް ގަބޫލުކުރަން ވިސްނާކަމުގައެވެ. އެއީ ޓެކްސް ދައްކާ ފަރާތްތަކުން އުފާވާނެ ކަމެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އަނެއް މެސެޖުގައި ވަނީ، އޮޑިޓްކޮށްފައިވާ ފައިނޭންޝަލް ސްޓޭޓްމަންޓްތަކާ ނުލައި ޓެކްސް ބަޔާންތައް ހުށައަޅާ ގޮތަށް ނިންމުމުން ޓެކްސް އޭޖެންޓުންނާއި އޮޑިޓަރުންނަށް ކުރާނެ އަސަރާ މެދު ވިސްނަމުން ގެންދާކަމުގައެވެ.

މި ގޮތަށް އޮފިޝަލް ވިދާޅުވުމުން، ބައެއް އޮޑިޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީރާގެ އިސް އޮފިޝަލަކު މިގޮތަށް އިންޒާރު ދެއްވީ އޮޑިޓް އަދި އެކައުންޓިންގެ ފަންނަށް ދަތިވާ ގޮތަށް މީރާއިން އަމަލުކުރާ ކަމަށް، "އެކައުންޓެންޓްސް އޮފް މޯލްޑިވްސް" ވައިބާ ގްރޫޕެއްގައި އޮޑިޓަރުންތަކެއް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

އޮޑިޓް ނުކުރާ ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއިން ގަބޫލުކުރަން ފަށައިފި ނަމަ، އެ ބަޔާންތަކުގެ ސައްހަކަން ބެލުމަށްޓަކައި މީރާގެ އޮޑިޓަރުން އަލުން އޮޑިޓް ކުރަންޖެހޭނެ ކަމަށް، ބައެއް އޮޑިޓަރުން ވިދާޅުވި އެވެ.

މިހާރު އޮންނަ އުސޫލުން ނަމަ، އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކުން ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއިން ގަބޫލުކުރާ އޮޑިޓަރަކު ލައްވާ އޮޑިޓް ކުރުމަށް ފަހު ޓެކްސް ބަޔާނާ އެކު ހުށައަޅަންޖެހެއެވެ. މިއީ އޮޑިޓަރުންނަށް އާމްދަނީ ލިބޭ ވަރަށް ބޮޑު ވަސީލަތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

19 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު