Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީގެ ބަޔާން

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވަނީ ބުރާސްފަތި ދުވަހު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2017 | އާދީއްތަ 13:20
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު

ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒާ މަރިޔަމް ވަހީދު ރާއްޖޭގެ އެއްވެސް ކޯޓެއްގައި ގާޒީކަން ކުރެއްވުމުގެ ހައިސިއްޔަތު ސުޕްރީމް ކޯޓުން ނިގުޅައިގަނެފައިވުމަކީ ރާއްޖޭގައި މުސްތަގިއްލުކަމާއެކު ފަނޑިޔާރުކަންކުރައްވާ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއްކަމަށް އެމްޑީޕީން ބުނެފި އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒާ މަރިޔަމް ވަހީދު ރާއްޖޭގެ އެއްވެސް ކޯޓެއްގައި ގާޒީކަން ކުރެއްވުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅޭ ގޮތުން އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ، ސުޕްރީމް ކޯޓުން އަމަލުކޮށްފައިވާ ގޮތަކީ ރާއްޖޭގައި މިހާތަނަށް އަމަލުކޮށްފައިނުވާ ގޮތަކަށް ކަމަށެވެ. އެމްޑީޕީން ބުނީ ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ އިންސާފާއި ތަހުޒީބުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ޤައުމެއްގައި، އަމަލުކުރާ އުސޫލުން ނޫން ކަމަށެވެ.

Advertisement - newsAdvertisement

މިއީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ބައިނަލްއަޤުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ފަނޑިޔާރަކާމެދު އަޅާފައިވާ ފިޔަވަޅެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ކަންބޮޑުވުން ފާޅުކުރައްވާ އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ، ގާޒީ މަރިޔަމް ވަހީދަށް ކޯޓުތަކުގައި ގާޒީކަން ކުރުމުގެ ހައިސިއްޔަތު ނެތް ކަން ކަނޑައަޅާފައިވަނީ ބޮޑުމޮހޮރާގެ މައްސަލާގައި އޭނާ ކުރެއްވި ތަންފީޒީ ޙުކުމެއްގެ ސަބަބުންކަމަށެވެ.

އެމްޑީޕީން ވަނީ ގާޒީ މަރިޔަމް ވަހީދާމެދު އެފަދަ ހަރުކަށި ފިޔަވަޅެއް އެޅިގެން ނުވާނޭކަން ހަމާކުރުމުގެ ގޮތުން ހަ ނުކުތާއެއް ފާހަގަކޮށްފަ އެވެ. އެގޮތުން އޭނާ ގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގާފައި ނުވާކަމަށާއި، އޭނާއާ މެދު ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޖުޑިޝަލް ސަރވިސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލިސްގެ އެއްވެސް ދައުރެއްނެތި، އެފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމާފައިވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.

އަދި ސިވިލް ކޯޓުން އިއްވި ހުކުމުގެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމަށްފަހު ދައުލަތުން އެ މައްސަލަ އަނބުރާ ގެންގޮސްފައިވާއިރު، އެ ކޯޓުން އެންމެ ފުރަތަމަ ނިންމި ތަންފީޒީ މައްސަލަ ވެސް ދައުލަތުން ހައިކޯޓަށް ހުށަހެޅުމަށްފަހު އަނބުރާ ގެންގޮސްފައިވާކަން އެނގެން އޮތް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ، މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނެގީ، ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ " ވ. ބޮޑުމޮހޮރާ ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް " ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވަނިކޮށް، ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ބުރާސްފަތި ދުވަހު ހުކުމް ކުރައްވާފައިވާތީ ކަމަށެވެ.

މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ރާއްޖޭގައި ފަނޑިޔާރަކާމެދު ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު