Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާގު ބޯޓެއްގެ މައްސަލަ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓު ރާއްޖެއައިސްފައިވަނީ މީގެ ފަސް އަހަރުކުރިން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2017 | ހޯމަ 00:07
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މުސްތަފާ ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މުސްތަފާ ވާހަކަދައްކަވަނީ

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ މަސްލަހަތު އޮންނަ އާގު ބޯޓެއްގެ މިލްކުވެރިން ހޯދުމަށް އިއުލާންކުރީ، ސިޔާސީ ގޮތުން ދަތިކުރުމަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މީގެ ފަސް އަހަރުކުރިން ރާއްޖެ އައި، ވެއިޓްނާމްގެ އެގްރި ބޭންކުގެ އާގު ބޯޓްގެ ކްރޫއިންގެ މެދުގައި މައްސަލަތަކެއްޖެހި، އެ މީހުން ހާލުގައި ޖެހުމުން އެ ބޯޓާއި ހަވާލުވެފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ. އެގޮތުން ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުތަކުގެ ދަށުން އެ ދުވަސްވަރު ބޯޓުގެ "ފަސްޓް ޕްރައިއޯރިޓީ ޕާޓްނާރ" އެއްގެގޮތުގައި ހަމަޖައްސާފައިވަނީވެސް މުސްތަފާ އެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން މުސްތަފާ ވިދާޅުވީ އެ ބޯޓާއި ހަވާލުވެ ކުރި ހަރަދުގެ ބަދަލުދޭނެ ކަމަށް ވެއިޓްނާމްގެ އެގްރި ބޭންކުން ފުރަތަމަ ބުނި ކަމަށެވެ. އަދި 2012 ވަނަ އަހަރު އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާދޭންޖެހޭ ކަމަށް ކޯޓުން ކަނޑައެޅި ކަމަށް އޭނާ ވިދާޅުވި އެވެ. ކޯޓުގެ އެ ނިންމުން ގަބޫލުކުރާކަން އެގްރި ބޭންކުގެ އޮފިޝަލުން ހާމަކުރި ކަމަށާއި، އަދި ފައިސާ ނުދެއްކެއްޖިނަމަ ބޯޓް ވިއްކާލާނެ ކަމަށްވެސް އެ މީހުން ބުނި ކަމަށް މުސްތަފާ ވިދާޅުވި އެވެ. ނަމަވެސް އެ ފައިސާ ނުދެއްކި އުޅެނިކޮށް، ބޯޓު ނަގިލި ކަނޑައިގެން ގޮސް ހިނގި ކަންތައްތަކުގައި އެ ބޯޓު އެކިތަންތަނުގައި ބަނދަރުކުރުވިކަމަށް މުސްތަފާ ވިދަޅުވި އެވެ. އަދި މިހާރު އޮތްތަނަށް ބޯޓު ގެންދިޔައީ 2013 ވަނަ އަހަރުކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލަ ހައްލެއް ނުވޭ. ހުކުމަކަށް ފައިސާއެއް ނުލިބޭ. މިތާ ކޯޓަކުން ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި،" މުސްތަފާ ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާގެ މަސްލަހަތު އޮންނަ އާގު ބޯޓު ތިލަފުށީ ބަނދަރުގައި -- ފޮޓޯ: ޓުވިޓަރ

މުސްތަފާ ވިދާޅުވީ ބޯޓާމެދު ކަންތައްތައް ކުރާނެ ގޮތަކާމެދު މަޝްވަރާކުރުމުގެ ކަންތައްތައް ކުރިއަށްގެންދަނިކޮށް، ބޯޓުގެ މިލްކުވެރިޔަކު ހޯދުމަށް ކުއްލިއަކަށް ދައުލަތުން އިއުލާންކުރި ކަމަށެވެ. އެއީ މިލްކުވެރިޔަކު ނެތި އުޅޭ ބޯޓެއް ނޫން ކަމަށާއި، ތިލަފުށީ ކޯޕަރޭޝަންގެ ބޭފުޅުންނަށްވެސް އެ ބޯޓަކީ މުސްތަފާ މަސްލަހަތު އޮންނަ ބޯޓެއް ކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މުސްތަފާ ވިދާޅުވީ ބޯޓުގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރިއިރު، ބޯޓުގައި އަބަދުވެސް ފަޅުވެރިންވެސް ތިބޭނެ ކަމަށެވެ. އެހެންކަމުން ބޯޓުގެ މިލްކުވެރިޔަކު ހޯދަންޖެހޭ ސަބަބެއް ސާފުނުވާކަމަށް މުސްތަފާ ވިދާޅުވި އެވެ.

"އަޅަގަނޑަށް ލަފާކުރެވެނީ މިއީ ތިލަފުށި ކޯޕަރޭޝަނުން ޖައްސައިގެން އުޅޭ ގޭމެއް ކަމަށް. ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި ތިއްބަވާ ވެރިންނަކީ ވަރަށް ހަނިކޮށް ވިސްނާ ބައެއް." މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ސިޔާސީ ގޮތުން އޭނާގެ ވިޔަފާރިއަށް ފިޔަވަޅު އެޅުމަށް ސަރުކަރުން ނިންމި ނަމަވެސް، އެކަން ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު