Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

އެމްޑީޕީ މިވަގުތު އެންމެ ބޮޑު އަމާޒަކީ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުން: ހަސަން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2017 | ހޮނިހިރު 01:50
ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފު ވާހަކަ ދައްކަވަނީ

ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ހަސަން ލަތީފު ވާހަކަ ދައްކަވަނީ

ޗެއާޕާސަން ކަމަށް ކުރައްވާ ކެމްޕެއިން މަސައްކަތަކީ މުޅި ޕާޓީ ކުރިއަރުވައި، އާއްމު މެންބަރުންނާއި ސިދާކޮށް ބައްދަލުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، މިހާރު ފަށައިގެން އުޅޭ ކެމްޕެއިންގެ މަސައްކަތަކީ، އާއްމު ރައްޔިތުންނާއި ބައްދަލުކޮށް އާއްމު މެންބަރުންގެ ހިޔާލުތައް އަޑު އެހުން ކަމަށެވެ. މިކަމަކީ އާއްމު މެންބަރުންނާއި ޕާޓީގެ އިސްބޭފުޅުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެމްޑީޕީގެ ކެމްޕެއިންތައް ރޭވުމުގައާއި ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތައް އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޗެއާޕާސަންގެ މަޤާމަށް ބޭނުންވަނީ އާއްމު މެންބަރުންގެ ދިހަ ޕަސެންޓް. މިއީ މިފަދަ ބޮޑު ޕާޓީއަކަށް ހޯދުމަށް އެހާ އުނދަގޫ އަދަދެއް ނޫން. ސަބަބަކީ އެ އަދަދު ހަމަކުރުމަށް ބޭނުންވަނީ 5000 މީހުންގެ ވޯޓު. އެހެން ނަމަވެސް އަޅުގަނޑު ބޭނުންވަނީ އާއްމު ރައްޔިތުންގެ އެންމެ މަދުވެގެން 15000 ވޯޓު" ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ، ޕާޓީ އެތެރޭގެ ވޯޓު ލުމެއްގެ ތެރެއިން ޕާޓީ އިތުރަށް ހަރަކާތްތެރިވުމަށް މަގުފަހިވާ އިރު މިފަދަ ވޯޓެއްގެ ސަބަބުން އެހެން ފަރާތްތަކަށް އެމްޑީޕީގެ ވަރުގަދަ ކަމާއި ތާއީދު ލިބިގެންދާނެ ކަމަށެވެ. އެމްޑޕީއަށް އޮތް ތާއީދާއި ބާރު މިފަދަ ވޯޓުތަކުގެ ޒަރިއްޔާއިން ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް ވަރަށް ބޮޑު ތައްޔާރީތަކެއް ވެފައިވާ އިރު ކުރިއަށް އޮތް ތަނުގައިވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ކެންޑިޑޭޓުން ޕްރޮމޯޓް ކުރުމަށް ކަމަށެވެ.

ހަސަން ވަނީ މިކުރެވޭ މަސައްކަތަކީ މުޅި އެމްޑީޕީ ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް އާއްމު މެންބަރުންނާ ގާތުން މަސައްކަތް ކުރުމުގެ ހަރަކާތްތައް އޮތް ކަން ހާމަކުރައްވާފަ އެވެ.

އެމްޑީޕީގެ ވިސްނުމަކީ ކޮންމެ ރަށެއްގައި ދިރިއުޅޭ މީހުންނަށްވެސް އަބުރުވެރި ފަސޭހަ ދިރިއުޅުމެއް ހޯދައި ދިނުން ކަމަށާއި އެގޮތުން ކޮންމެ ރަށެއްގައި ތިބެ އެރަށެއްގެ ރައްޔިތުންނަށް ފެންވަރު ރަގަޅު ތައުލީމާއި ސިއްހީ ހިދުމަތުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައްޔިތުންނަށް ހޯދައިދޭން ބޭނުންވާ ދިރިއުޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދުގެ ސަރުކާރުން މަސައްކަތް ކުރަނީ ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި މޭރުމުން ވާހަކަދައްކަވާ ހަސަން ލަތީފު ވަނީ ހުޅުމާލޭގާ ބިނާ ކުރާ ޔޫތް ސިޓީގެ ތެރެއިން އަތޮޅު ތަކުގައި ދިރިއުޅޭ ރައްޔިތުން ހުޅުމާލެއަށް ބަދަލުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު