Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

ކައުންސިލް އިންތިހާބުގެ ކެމްޕޭން ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވެފުދެއް އދ އަތޮޅަށް

މަހިބަދޫ ދާއިރާ އަދި މާމިގިލި ދާއިރާގެ ރަށްތަކަށް ދަތުރުކުރާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 19 ފެބުރުއަރީ 2017 | އާދީއްތަ 12:30
އެމްޑީޕީގެ ވަފުދަށް މަހިބަދޫން މަރުހަބާ ކިޔަނީ

އެމްޑީޕީގެ ވަފުދަށް މަހިބަދޫން މަރުހަބާ ކިޔަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އދ އަތޮޅުގެ ކެމްޕޭން ހަރަކާތަށް ވަރުގަދަ ކުރުމަށް އެމްޑީޕީގެ ވަފުދެއް އެތޮޅުގެ ރަށްތަކަށް ދަތުރުކުރަން ފަށައިފިއެވެ.

މި ދަތުރުގައި އދ. އަތޮޅުގެ މަހިބަދޫ ދާއިރާ އަދި މާމިގިލި ދާއިރާގެ ރަށްތަކަށް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ފަލާހް ގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން މި ދަތުރުގައި ބައިވެރިވަޑައިގަންނަވެއެވެ.

ހޮނިހިރު ދުވަހު ހަވީރު ވަނީ އެމްޑީޕީގެ ވަފުދު ވަނީ މަހިބަދޫ އަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެމްބަރުނާއި ބައްދަލުކުރައްވާފައެވެ. ކައުންސިލް އިންތިހާބުގައި މަހިބަދޫ ދާއިރާގެ ރަށްތަކުގެ ގޮނޑިތަށް އެދާއިރާގެ ފަރާތުން ވާދަކުރާ ކުނޑިޑޭޓުން ބައިވެރި މި ބައްދަލުވުމުގައި ކައުންސިލް އިންތިހާބުގައި ކެމްޕޭން ހަރަކާތަށް ކުރިއަށް ގެންދާނެ ގޮތާއި މެދު ވަނީ މަޝްވަރާކޮށްފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ މިދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށެވެ.

މިއަދުގެ ވަގުތެއްގައި މާމިގިލީ ދާއިރާގެ ރަށްތަކަށް އެމްޑީޕީގެ ވަފުދު ވަޑައިގަތުމަށް ވަނި ހަމަޖެހިފައެވެ.

ޖެނުއަރީ މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސިވިލްކޯޓުން އަމުރުކުރުމުން އިލެކްޝަން ކޮމިޝަނުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބާއްވާން އިއުލާން ކުރުމަށް ފަހު އެކޮމިޝަނުން ވަނީ އެ މަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައެވެ. ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ތައާރަފްކޮށް އެޕާޓީން ވަނީ މިހާރު ރަސްމީކޮށް ކެމްޕޭން ފަށާފައެވެ. ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް އެމްޑީޕީން ފަށާފައި ނުވިނަމަވެސް އެޕާޓީން ދަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމަށެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު