Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދު

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

ސަމިޓުގެ އިސްވެރިޔަކީ ރައީސް ނަޝީދު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2017 | ބުރާސްފަތި 10:04
ރައީސް ނަޝީދު: ސަމިޓް އިންތިޒާމް ކުރާ ފަރާތުން ބުނާ ގޮތުގައި އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ

ރައީސް ނަޝީދު: ސަމިޓް އިންތިޒާމް ކުރާ ފަރާތުން ބުނާ ގޮތުގައި އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ

ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިތްވަރުފުޅުގަދަކަން ފާހަގަކޮށް، އެމަނިކުފާނަށް އެވޯޑެއް ދިނުމަށް ޖެނީވާ ސަމިޓުން ނިންމައިިފި އެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ނަޝީދަށް "ޖެނީވާ ސަމިޓް 2017 ކަރޭޖަސް އެވޯޑް" ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ސްވިޒަލޭންޑުގެ ޖެނީވާގައި ބާއްވާ "ޖެނީވާ ސަމިޓް 2017" ގައެވެ.

ޖެނީވާ ސަމިޓަކީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓެވެ. މިއަހަރުގެ ސަމިޓުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނީ އިސްވެރިއެއްގެ ގޮތުގައެވެ.

އިނގިރޭސީވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު ޖެނީވާ ސަމިޓަށް ފުރާވަޑައިގަންނަވާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގެ ކުރިން ޖެނީވާގައި ބާއްވާ މި ސަމިޓް އިންތިޒާމް ކުރަނީ ޔޫއެން ވޮޗު ކިޔާ ޖަމާއަތަކުންނެވެ. އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކަށް ވާހަކަ ދައްކައި ޚިޔާލު ބަދަލުކުރަން ބާއްވާ މި ސަމިޓް އިންތިޒާމް ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު 20 ޖަމިއްޔާއެއް ބައިވެރިވެއެވެ.

އެ ސަމިޓް އިންތިޒާމްކުރާ ފަރާތުން ޑިސެމްބަރު މަހުގެ ތެރޭގައި ނެރުނު ބަޔާނެއްގައި ވަނީ މިއަހަރުގެ ސަމިޓްގެ އިސްވެރިއެއްގެ ގޮތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާނުކޮށްފައެވެ.

މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ސަމިޓް ނިމޭތާ ހަފްތާއެއް ފަހުން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް މި އަހަރަށް އިފްތިތާހު ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ޖެނީވާ އަށް ޖަމާވާނެއެވެ.

ޖެނީވާ ސަމިޓުގައި ކޮންމެ އަހަރަކު ވެސް ނޫސްވެރިންނާއި ގައުމުތަކުގެ ކުރީގެ ވެރިންނާއި ސިޔާސީ ގޮތުން ޖަލު ހުކުމްތައް ތަންފީޒްކުރައްވަން ޖެހިވަޑައިގަތް ސިޔާސީ ވެރިންގެ އިތުރުން އިންސާނީ ހައްގުތަކުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތައް ބައިވެރިވެއެވެ.

މިއަހަރުގެ ސަމިޓު ހާއްސަކުރެވިފައިވާ މައުޟޫތަކަކީ، އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުމާއި، ނޫސްވެރިން ޖަލަށްލުމާއި، އިންޓަނެޓުގެ މިނިވަންކަމާއި، ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމާއި، އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނަށް ކުރާ އަނިޔާތަކުގެ އިތުރުން ޖަލުތަކުގެ ހާލަތެވެ.

މި ސަމިޓުގައި ރައީސް ނަޝީދުގެ އިތުރުން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ދިފާއުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވާނެ އެވެ.

އެގޮތުން، ރަޝިޔާގެ ރައީސް ވްލަޑްމިއާ ޕުޓިންއަށް ފާޅުގައި ފާޑުކިޔަމުންދަނިކޮށް 2015 ވަނަ އަހަރު އަވަހާރަކޮށްލި ސިޔާސީ ލީޑަރު ބޮރިސް ނެމްސޯވްގެ ދަރިކަނބަލުން އަދި ރަޝިޔާގެ ނޫސްވެރިޔާ ޒާނާ ނެމްސޯވާ ވެސް ސަމިޓުގައި ތަގުރީރު ކުރައްވާނެ އެވެ. އަދި ސިޔާސީ ގޮތުން އިއްވުނު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަނިކޮށް އަވަހާރަވި ޓިބެޓްގެ ދީނީ ލީޑަރު ޓެންޒިން ޑިލެކް އަށް ބޮޑުބޭބޭ ވިދާޅުވާ ނިއޭމާ ލަމާއޯ ވެސް ސަމިޓުގައި ތަގުރީރު ކުރައްވާނެ އެވެ.

މީގެ އިތުރުން ތުރުކީގެ މަޝްހޫރު ނޫސްވެރިޔާ ކޭން ޑުންޑާ ވެސް އެ ސަމިޓުގައި ތަގުރީރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. ޑުންޑާ މަޝްހޫރު ވެގެންދިޔައީ ތުރުކީގެ އިންޓެލިޖެންސް އިދާރާއިން ސީރިއާގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދޭ ވީޑިއޯއެއް ލީކުކޮށްލުމުންނެވެ. އެކަމާ ގުޅިގެން އޭނާ ހައްޔަރުކުރި އިރު، އޭނާ މަރާލުމަށް ވެސް މަސައްކަތް ކޮށްފައި ވެއެވެ. އެ ކަންތައްތަކާ ގުޅިގެން އޭނާ ވަނީ ޖަރުމަނުން ހިމާޔަތް ހޯދައި އެގައުމަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު