Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެނީވާ ސަމިޓް

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

އެވޯޑާ ހަވާލުވުމަށްފަހު ރައީސް ނަޝީދު ވަނީ ތަގްރީރު ކުރައްވާފަ

ލީވާން އަލީ
ލީވާން އަލީ | 21 ފެބުރުއަރީ 2017 | އަންގާރަ 19:37
ރައީސް ނަޝީދާ އެވޯޑު ހަވާލުކޮށްދެއްވަނީ

ރައީސް ނަޝީދާ އެވޯޑު ހަވާލުކޮށްދެއްވަނީ

ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިތްވަރުފުޅުގަދަކަން ފާހަގަކޮށް، ޖެނީވާ ސަމިޓްގައި އެ މަނިކުފާނަށް މިއަދު އެވޯޑެއް ދެއްވައިފި އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓް ކަމުގައިވާ ޖެނީވާ ސަމިޓްގައި، ހިތްވަރުގަދަ ކަމުގެ އެވޯޑާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ވަނީ ތަގްރީރު ވެސް ކުރައްވައިފަ އެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގެ ކުރިން ޖެނީވާގައި ބާއްވާ މި ސަމިޓް އިންތިޒާމް ކުރަނީ ޔޫއެން ވޮޗު ކިޔާ ޖަމާއަތަކުންނެވެ. އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކަށް ވާހަކަ ދައްކައި ޚިޔާލު ބަދަލުކުރަން ބާއްވާ މި ސަމިޓް އިންތިޒާމް ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު 20 ޖަމިއްޔާއެއް ބައިވެރިވެއެވެ.

މި ސަމިޓް ނިމޭތާ ހަފްތާއެއް ފަހުން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް މި އަހަރަށް އިފްތިތާހު ކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ފޮރިން މިނިސްޓަރުން ޖެނީވާ އަށް ވަޑައިގަންނަވާނެއެވެ.

ޖެނީވާ ސަމިޓުގައި ކޮންމެ އަހަރަކު ވެސް ނޫސްވެރިންނާއި ގައުމުތަކުގެ ކުރީގެ ވެރިންނާއި ސިޔާސީ ގޮތުން ޖަލު ހުކުމްތައް އައިސްފައިވާ ސިޔާސީ ފަރާތްތަކުގެ އިތުރުން އިންސާނީ ހައްގުތަކުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތައް ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު